ސްރީލަންކާގެ ޖަލެއްގައި ހިނގި މާރާމާރީ އެއްގައި 25 މީހުން މަރުވެ 100 މީހުން ޒަޚަމްވެއްޖެ

ސިފައިންގެ ފައުޖެއް ނިގަންބޯ ޖަލު ސަރަހައްދުގައި

ކޮލަންބޯ (7 ޖުލައި 2026) : ސްރީލަންކާގެ ނިގަންބޯ ގައި ހުންނަ ޖަލެއްގައި ގައިދީންގެ މެދުގައި ހިނގި ތަޅާފޮޅުމާއި ބަޑިން ބަދަލުކުރި ހަމަލާތަކެއްގައި 26 މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވެއްޖެކަން އެގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.

ނިގަންބޯ އަކީ ވެރިރަށް ކޮލަންބޯގެ އުުތުރުން ސްރީލަންކާގެ މައި އެއާޕޯޓާ ކައިރީގައިވާ ސަރަހައްދެކެވެ.

ސްރީލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާ ބުނާގޮތުން ޖަލު މީހުންގެ މެދުގައި ފެށުނު މިތަޅާފޮޅުން ދެދުވަހަށް ދެމިގެން ދިޔައެވެ. ފުލުހުން ބުނާގޮތުން ނިގަންބޯ ޖަލުގައި ތަޅާފޮޅުން (މާރާމާރީ) ފެށުނީ އެތަނުގައި ގައިދީންގެ ގޮތުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހުންނާއި ހުކުމް ކުރުމުގެ ކުރިން ވަގުތީގޮތުން ބަންދުކޮށްފައިވާ ބަޔަކާ ދެމެދުގައެވެ.

ވަގުތީ ގޮތުން ބަންދުކުރާ މީހުން އާންމުގޮތެއްގައި ތިބެނީ ޖަލުގެ ވަކި ސަރަހައްދެގައެވެ. އެއީ ރިމާންޑް ސެންޓަރުގެ ގޮތުގައި އިންވަކިކޮށްފައިވާ ސަރަހައްދެކެވެ. ނަމަވެސް ނިގަންބޯ ޖަލުގައި ހުކުމް ތަންފީޒުކުރާ ގައިދީންނާއި ހުކުމް ނުކޮށް ތަހުގީގަށްޓަކައި ވަގުތީ ގޮތުން ބަންދުކުރާ މީހުން ވެސް ތިބޭކަމަށްވަނީ އެއް ތަނެއްގައެވެ. އެ ދެބައިމީހުން ތިބޭ ތަނުގެ އިން އެއްބަޔަކު ތިބޭތަނަށް އަނެއްބަޔަކަށް ނުވަދެވޭގޮތަށް ވަކިކޮށްފައިނުވާކަމަށް ވެއެވެ.

ދެދުވަހަށް ދެމިގެންދިޔަ ތަޅާފޮޅުމާއި ހަމަނުޖެހުންތަކުގައި އިސްވެ ހަރަކާތްތެރިވި މީހުންވަނީ ޖަލުގެ ގާޑުންގެ އަތުގައިވާ ހަތިޔާރުތައް ފޭރިގަނެ އެއިން ހަމަލާދީފައެވެ. ގިނަ ބަޔަކު މަރުވީ ހަތިޔާރުން ދިން ހަމަލާތަކުގައެވެ. މި ހަމަލާތަކުގައި ގާޑުންގެ ތެރެއިން ވެސް ހަތް މީހަކު މަރުވިއެވެ. ތަޅާފޮޅުންތައް ހުއްޓުވީ ފުލުހުން ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށްގެންނެވެ.

ނިގަންބޯ ޖަލުގެ މީހުން ފުލުހުންނާއި ސިފައިންގެ ބެލުމުގެ ދަށުން އެހެން ތަނަކަށް ގެންދަނީ

މާރާމާރީގައި ޖަލުގެ ގާޑުންގެ ހަތް މީހަކާއި 19 ޖަލުމީހުން މަރުވެފައިވާއިރު އަނެއްބަޔަކަށް އެކިއެއްޗެހިން ހަމަލާދިނުމުން ބޮޑެތި ޒަޚަމްތަކެއްވަނީ ވެފައެވެ. އަދި ޖަލުގެ ތަންތަނަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެތެރޭގައި ޖަލުގައިވާ އިމާރާތެއްގެ ސީލިން އެތަށް ބައެއްގެ ބޮލަށް ވެއްޓުންވެސް ހިމެނެއެވެ. މި ތަޅާފޮޅުންތަކުގައި 26 މީހުން މަރުވުމުގެ އިތުރުން 100 އަށް ވުރެގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަން ސްރީލަންކާގެ ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ. ޒަޚަމްވި 100 އަށް ވުރެގިނަ މީހުންގެ ތެރޭގައި ޖަލު މީހުން ނުވަތަ ގައިދީންގެ އިތުރުން ޖަލުގެ އޮފިސަރުންގެ 23 މީހަކު ވެސް ހިމެނެއެވެ.

މި ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބު ސާފުކޮށްދިނުމަށް ސްރީލަންކާގެ ފުހުލުންވަނީ ފަސްޖެހިފައެވެ. ރިޕޯޓްތައް ބުނާގޮތުން ފުރަތަމަ ފެށުނީ ތަޅާފޮޅުމެވެ. މާރާމާރީއެވެ. މިކަން ފެށިކަމަށްވަނީ ޖަލުގައިތިބި ޑްރަގް ދެ ގޭންގަކަށް ނިސްބަތްވާ މީހުންގެ މެދުގައެވެ. ގޭންގް މީހުން ވަނީ ޖަލުގެ ގާޑުންގެ އަތުން ބަޑި އަތުލައި ބަޑިން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ހަމަޖެހުން ގާއިމް ކުރެވުނީ ފުލުހުން ބާރުގެ ބޭނުންކޮށްގެން ވަރަށް މަސައްކަތުންނެވެ. މަސްރަހު ހަމައަކަށް އެޅުވުމަށް ޓަކައި ސިފައިންގެ ފައުޖެއް ވެސް ހާޒިރުވިކަމަށް ވެއެވެ.

ހަނުޖެހުން ފެށުނީ ކޮން ސަބަބަކާ ގުޅިގެންކަން އަދި ސާފުވެފައެއް ނުވެއެވެ. އަނިޔާވި ބައެއް މީހުންނަށް އެތަނުން ފަރުވާދީފައިވާއިރު ބޮޑަށް ޒަޚަމްވި މީހުންނަށް ފަރުވާދިނުމަށް އެމީހުންވަނީ ކޮލަންބޯގެ ނެޝަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ސްރީލަންކާގެ މީޑިއާތައް ބުނާގޮތުން ނިގަންބޯ ޖަލު ވަށައިގެން ވާ ސަހައްދު އަދިވެސްވަނީ ބަންދުކޮށްފައެވެ. އެސަރަހައްދުގައި، ގިނަ އަދަދެއްގެ ފުލުހުން އަދިވެސް ޙަރަކާތްތެރިވަމުން ދެއެވެ.

comment ކޮމެންޓް