ބޭސް ލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓް ފާމާސްއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި

އާސަންދަ ބޭސް ފިހާރައެއް: ބޭސް ލިބުމުގައި ހުރި ދަތިތައް ބޭސް ކުންފުނިން ދެނެގަންނަނީ --

ބޭސް ލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ އެކަން ހައްލުކުރުމަށް ސްޓޭޓް ފާމާސްއިން މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ވަނީ މި މަސައްކަތް ފެށުމުގެ ގޮތުން ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރު ޝާހު މާހިރާއި ކުންފުނީގެ މެނޭޖްމެންޓުން ބ. އަތޮޅު އޭދެފުށީ ކައުންސިލާއި ބައްދަލުކޮށްފައިވާ ކަމަށް ބުނެފައެވެ.

މި ބައްދަލުވުމުގައި އޭދަފުށީ ކައުންސިލުން، ބޭސް ލިބުމުގަޔާއި ދާއިމީ ބައްޔަށް ބޭސްފަރުވާކުރާ ފަރާތްތަކަށް ބޭސް ލިބުމުގައި ދިމާވަމުންދާ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ކައުންސިލްތައް މެދުވެރިކޮށް ރަށުގެ ރައްޔިތުންނަށް އެ ކުންފުނިން ދޭ ޚިދުމަތްތަކާ ގުޅޭ މައުލޫމާތު އިތުރަށް ހިއްސާކޮށް އަހުލުވެރި ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ކުންފުނީގެ އެމްޑީ، ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުގެ ދަށުން އެ ކުންފުނިން ގެންގުޅޭ ޚާއްސަ ޕްލޭނާ ގުޅޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުންނަށް ކޮލެޓީ ރަނގަޅު ބޭސް ހަރުދަނާ ގޮތެއްގެ ދަށުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

https://sun.mv/224130

އެގޮތުން ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން މިވަނީ ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފައިވާ ކަމަށް ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ބޭސް ސިޓީއަށް ބޭސް ނުލިބޭ ކަމުގެ ޝަކުވާތައް ގިނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ޝަކުވާތައް ހުއްޓުވައި، މައްސަލަ ހައްލުކުރުމުގެ ނަމުގައި ބޭހަށް ޚާއްސަ ކުންފުންޏެއް ސަރުކާރުން އުފެއްދިއެވެ. އެކަމަކު، އެ ކުންފުނިން ބޭސް އެތެރެކުރަން ފެށިކަން އިއުލާނުކުރީ، ކުންފުނި އުފެއްދިތާ ހަ މަސް ފަހުން، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

ބޭސް ނުލިބުމުގެ ޝަކުވާއަކީ ވަރަށް ބޮޑަށް އާންމުން ކުރަމުން އަންނަ ޝަކުވާއެކެވެ. އެއް ބޭސް ފިހާރައިން އަނެއް ބޭސް ފިހާރައަށް ބޭހެއް ނުލިބިގެން ހިނގަންޖެހޭ ޖެހުމާއި، އާސަންދަ ކަވަރުނުކުރާނަމަ ބޭހެއް ގަންނަން އެތައް ގުނައެއް އިތުރަށް ޖީބުން ޚަރަދުކުރަން ޖެހޭތީ ވެސް އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނައެވެ.

comment ކޮމެންޓް