ވ. ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލުނު މައްސަލައިގައި އެމްޑީޕީން ކޯޓަށް

ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ: އޭނާ ވަނީ މަގާމުން ދުރުކޮށްފައި --- ފޮޓޯ/ އަދަދު

ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމި މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފައިވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ޕާޓީ ބަދަލުކުރި މައްސަލައިގައި ޝުޖާއުގެ މަގާމު ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ކަނޑައެޅީ މިދިޔަ ބުރާސްފަތި ދުވަހެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މައްސަލައާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ ޝުޖާއު ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެއީ އެމްޑީޕީގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އޭނާ ވަކިކުރީ ލާމަރުކަޒީ މަގާމުގެ މާއްދާއަކަށް ރިއާޔަތްކޮށްފައި ކަމަށްވީ ނަމަވެސް، އެ މާއްދާގެ ދަށުން އޭނާ ވަކިނުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންވީމާ އެކަމާ ގުޅިގެން ޕާޓީގެ ފަރާތުން ޝަރީއަތަށް ދިޔުމަށް މިހާރު ވަނީ ނިންމައިފައި އެހެންވީމަ ޕާޓީގެ ވަކީލުން މިހާރު އެކަމުގެ މަސައްކަތް ކުރަމުން އެބަގެންދޭ
އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު

ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ތިނަދޫގެ ރައީސަކަށް އިންތިޚާބުވި ޝުޖާއު އެމްޑީޕީއަށް ބަދަލުވުމުން، މީގެ މަހެއްހާ ދުވަސް ކުރިން އެލްޖީއޭއިން ވަނީ އޭނާ މަގާމުން އެކަހެރިކޮށްފައެވެ. އެހެންވެ، އެލްޖީއޭގެ ބޯޑުން ވަކި ގޮތެއް އަންގަންދެން ޝުޖާއު އެ މަގާމުން އެކަހެރިކޮށް، ގޭގައި މަޑުކުރަން ވަނީ އޭރު އަންގާފައެވެ.

https://sun.mv/224190

އޭގެ ފަހުން މިދިޔަ ހަފުތާގައި އޭނާގެ ގޮނޑި ގެއްލިފައިވަ ކަމަށް އެލްޖީއޭއިން ވަނީ ކަނޑައަޅައިފައެވެ. އަދި ތިނަދޫ ކައުންސިލްގެ ހިންގުން ވަނީ ވަގުތީ ގޮތުން ކައުންސިލްގެ ނައިބާ ހަވާލުކޮށްފައެވެ.

އެ މައްސަލައިގައި ޝުޖާއު، 'ސަން'އަށް ވިދާޅުވީ ދިމާވެގެން އުޅެނީ ގާނޫނުގައި ނެތް ހާލަތެއް ކަމަށާއި، އޭނާ މަގާމުން ވަކިކުރަން އެލްޖީއޭއިން ނިންމީ އިޖުރާއަތުތައް ފުރިހަމަނުކޮށް، ގާނޫނު ރަނގަޅަށް ނުބަލާ ކަމަށެވެ. ހަމަ އެހެންމެ، އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަނަށް ހުޅުވާލައިފިނަމަ އަލުން ވާދަކޮށް މަގާމު އަލުން ހޯދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދަ ޑިމޮކްރެޓްސްއިން އިންތިޚާބުވުމަށްފަހު އެމްޑީޕީއަށް ބަދަލުވުމުން ޝުޖާއުގެ ގޮނޑި ގެއްލިފައިވާކަމަށް އެލްޖީއޭއިން ކަނޑައެޅީ އިޖުރާއަތުތަކާ ޚިލާފަށްކަމަށް އޭނާއާއި އެމްޑީޕީން ވަނީ ބުނެފައެވެ. މި ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ފުށުއަރާ ނިންމުމެއްކަމަށް ބަޔާންކޮށް، އެމްޑީޕީގެ ވަކީލުން ޝަރީއަތަށް ދިޔުމުގެ މަސައްކަތް ފަށައިފައިވާއިރު، ކައުންސިލް ހިންގުން ވަގުތީގޮތުން ނައިބު ރައީސާ ވަނީ ހަވާލުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަނެއް ބާއްވައިފިނަމަ އަލުން ވާދަކުރައްވާނެކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

  • ޕާޓީ ބަދަލުކުރުމާ ގުޅިގެން ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެކަމަށް އެލްޖީއޭއިން ކަނޑައެޅުން.
  • މި ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ޚިލާފު ނިންމުމެއްކަމަށް އެމްޑީޕީން ބަޔާންކުރުން.
  • އެމްޑީޕީގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ވަކީލުން ފެށުން.
  • ބައި-އިލެކްޝަނެއް ބާއްވައިފިނަމަ އަލުން ވާދަކުރައްވާނެކަމަށް ޝުޖާއު ވިދާޅުވުން.
  • އެލްޖީއޭގެ ނިންމުން ކޯޓުގައި އިސްތިއުނާފުކުރުން.
  • ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް އަމަލުކުރުމަށް ގޮވައިލުން.
  • ކައުންސިލްގެ ހިންގުން ވަގުތީގޮތުން ނައިބު ރައީސާ ހަވާލުކުރުން.
comment ކޮމެންޓް