ހުޅުމާލެ ފުރަތަަމަ ފިޔަވަހީގެ 110ވަނަ ފުލެޓުގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓުގައި ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 01:10 ހާއިރު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔާ ސްޓޭޝަނަށް ކަމަށެވެ. އެއާއެކު ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކުރި ކަމަށް ސިފައިން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 01:23 ހާއިރެވެ.
ސިފައިން ބުނީ އެ ހާދިސާގައި، ދެ ކުޑަކުދީންނަށާއި ތިން މީހުންނަށް އަލިފާނުގެ ސަބަބުން އެކި ވަރުގެ އަސަރުކޮށްގެން، ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
ރޯވި ފުލެޓުގެ ފޮޓޯތަކެއް އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު، މުޅި އެޕާޓްމެންޓަށް ވެސް ބޮޑެތި ގެއްލުންތައް ވެފައިވާ މަންޒަރު ފެނެއެވެ.