ފްލެޓަށް ފޯމްލީ މީހުންނަށް މި އަހަރު ތެރޭ، ލިބޭކަން އަންގާނެ: ރައީސް

29 ޖޫން 2026: ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ މީހުން ކަނޑައަޅައި، މި އަހަރުގެ ތެރޭގައި އެކަން އަންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވަޢުދު ކަމަށްވާތީ، އެ މަސައްކަތް ކުރިއަށް ގެންދަނީ ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކަމަށެވެ. އަދި މިކަމަކީ އެތައް ހާސް ރައްޔިތުންނެއްގެ ދިރިއުޅުމާ ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ، އެއްވެސް ކަހަލަ ނުފޫޒެއް މިކަމުގެ ތެރެއަށް ވަނަނުދީ ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

"އިރާދަކުރެއްވިއްޔާ މިސަރުކާރުންދޭ އެއްވެސް ބޯހިޔާވަހިކަމަކީ ވަކި މީހެއްގެ މީހަކަށް ވީތީވެ ލިބޭ އެއްޗަކަށް ނުވާނެ. އެ ޔަގީންކަން އަޅުގަނޑު ދެން. މިސަރުކާރުންދޭ ގޯއްޗެއް ވިޔަސް ފްލެޓެއް ވިޔަސް ދޭނީ އެމީހާއަށް ހައްގުވީމަ އެމީހާގެ ހައްގު އަދާކުރުމުގެ ގޮތުން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ތަފްސީލްތައް ރަނގަޅަށް ވެރިފައިކޮށް، ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޕޮއިންޓް ހަމަވާ ތަރުތީބުން ފްލެޓް ލިބޭނެ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު ނެރެ، ކޮންމެ މީހަކަށް ލިބެނީ ކޮން މަޝްރޫޢެއްގެ ދަށުން ކޮން ފްލެޓެއްކަންވެސް އެނގޭނެހެން ތަފްސީލުތައް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި އެޅޭ ފްލެޓްތަކުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޖުލައި މަހުގެ ތެރޭގައި ގިނަ އިމާރާތްތަކުގެ ކޮންކްރީޓް ފައުންޑޭޝަންގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ މޭ، ޖޫން ނުވަތަ ޖުލައި ހިސާބުގައި މާލޭ ސަރަހައްދުގައި އެޅޭ ހުރިހާ ފްލެޓެއް ނިމޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ނުފޫޒާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގައި ކަންކަން ހިނގާފައި އޮތް ގޮތާ ޚިލާފަށް، މިހާރު އެއްވެސް ވަޒީރަކަށް ނުވަތަ މަޖިލިސް މެންބަރަކަށްވެސް ފްލެޓް ދިނުމުގައި ނުފޫޒު ނުފޯރުވޭނެ ކަމަށެވެ.

"ވަރަށް ހަމަ ފުލް އިންޓެގްރިޓީއާ އެކީގަ މިކަން އަޅުގަނޑުމެން ކުރަނީ. ހަމަ ނަގަންޖެހޭ ވަގުތު ނަގައިގެން ރަނގަޅަށް ބަލައިގެން މިކަން ކުރަނީ،" ރައީސް ވިދާޅުވިއެވެ.

https://sun.mv/223467

މީގެ އިތުރުން ގޯތި ދިނުމުގެ މަޝްރޫޢާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ތެލުގެ އަގު ބޮޑުވުމާ ގުޅިގެން މަސައްކަތަށް ކުޑަ މަޑުޖެހުމެއް އައި ނަމަވެސް، މިހާރު އަނެއްކާވެސް މަސައްކަތް އަލުން ކުރަމުންދާ ކަމަށެވެ. އަދި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އެ މަސައްކަތްތައް ވެސް ނިންމާލުން ކަމަށް ރައީސް ހާމަކުރެއްވިއެވެ.

ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް ހުޅުވައިލި ތިން ސްކީމަކަށް މުއްދަތު ހަމަވިއިރު ޖުމްލަ 58،505 ،ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ސްކީމްތަކަށް ފޯމު ހުށަހަޅާފައިވާ ގޮތުގެ ތަފްސީލު:.

  • އާއިލީ ބޯހިޔާވަހިކަން: މި ސްކީމަށް ޖުމްލަ 45،644 ފޯމު ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35،818 ފޯމާއި ބިމަށް އެދި ހުށަހެޅި 9،826 ފޯމެވެ.
  • ގޯތިގެދޮރު ސްކީމް: މި ސްކީމަށް ޖުމްލަ 12،861 އެޕްލިކޭޝަން ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބިމަށް އެދި ހުށަހެޅި 12،749 ފޯމާއި ފްލެޓަށް އެދި ހުށަހެޅި 112 ފޯމެވެ.

މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދިފައިވާ ފަރާތްތަކަށް، ފްލެޓް ލިބޭކަން މިއަހަރުގެ ތެރޭގައި އަންގާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ. މި މަސައްކަތް ކުރިއަށްގެންދާނީ ފޯމުތައް ފުރިހަމައަށް ވެރިފައިކުރުމަށްފަހު، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ހަމައެކަނި ޕޮއިންޓް ލިބޭ ތަރުތީބުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މާލޭ ސަރަހައްދުގައި އިމާރާތްކުރާ ފްލެޓްތަކުގެ ފައުންޑޭޝަން މަސައްކަތް ޖުލައި މަހު ފެށޭނެއެވެ. އަދި އަމާޒަކީ 2028 ވަނަ އަހަރުގެ މެދުތެރޭގައި ހުރިހާ މަސައްކަތެއް ނިންމާލުމެވެ. މީގެ އިތުރުން، ގޯތި ދިނުމުގެ މަޝްރޫޢުގެ މަސައްކަތްތައްވެސް މިއަހަރުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

  • ފްލެޓް ލިބޭ ފަރާތްތަކާއި ލިބޭ ފްލެޓްގެ ތަފްސީލްތައް މިއަހަރު ތެރޭގައި ހާމަކުރާނެއެވެ.
  • ފްލެޓް ދޫކުރުމުގައި ވަޒީރަކަށް ނުވަތަ މަޖިލިސް މެންބަރަކަށްވެސް ނުފޫޒެއް ނުފޯރުވޭނެއެވެ.
  • މާލޭ ސަރަހައްދުގައި އެޅޭ ހުރިހާ ފްލެޓެއް 2028 ވަނަ އަހަރުގެ މޭ، ޖޫން ނުވަތަ ޖުލައި މަހަށް ނިންމާނެއެވެ.
  • ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ޖުމްލަ 58،505 ފޯމު ހުށަހަޅާފައިވާއިރު، ގޯތި ދޫކުރުމުގެ މަސައްކަތްވެސް މިއަހަރު ނިންމާނެއެވެ.
  • ފްލެޓްތައް ދޫކުރާނީ އެއްވެސް ނުފޫޒެއް ނެތި، ހައްޤުވާ ފަރާތްތަކަށެވެ.
  • މިއަހަރުގެ ތެރޭގައި ފްލެޓް ލިބޭ މީހުންގެ ލިސްޓު އިޢުލާނުކުރާނެއެވެ.
  • 2028 ވަނަ އަހަރުގެ ނިޔަލަށް މާލޭ ސަރަހައްދުގެ ފްލެޓްތައް އެއްކޮށް ނިންމާނެއެވެ.
  • ގޯތި ދޫކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
comment ކޮމެންޓް