ހަދަމުން ދިޔަ އިމާރާތަކުން ބަޔަކު ވެއްޓުން: އިހުމާލުވި މީހުން 5،000 ރުފިޔާއިން ޖޫރިމަނާކޮށްފި

މަސައްކަތުގައި އުޅެނިކޮށް ދެ މީހަކު ވެއްޓުނު އިމާރާތް: އެ ކަމުގައި އިހުމާލުވި މީހުން 5،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލޭގެ މަޖީދީމަގުގައި ހަދަމުން ދިޔަ އިމާރާތަކުން ބަޔަކު އިއްޔެ ވެއްޓިފައިވާއިރު، އެ ކަމުގައި އިހުމާލުވި މީހުން 5،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

މި ހާދިސާގައި ދެ މީހަކަށް އަނިޔާވިއިރު، އެ މީހުންނަށް ފަރުވާ ދިނުމަށް ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެއީ، 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގަލްދޭޝް ފިރިހެނެކެވެ. އޭގެތެރެއިން، އެކަކު މިހާރު ދޫކޮށްލާފައިވާއިރު، ދެވަނަ މީހާ މިހާރު އޮތީ ވޯޑުގައެވެ.

https://sun.mv/223965

މި މައްސަލައިގައި ސިޓީ ކައުންސިލުން މިއަދު ބުނީ، އެ ހާދިސާ ހިނގީ އިމާރާތުގައި މަސައްކަތްކުރިއިރު، ސަލާމަތީ ފިޔަވަޅުތައް ރަނގަޅަށް ނާޅައި މަސައްކަތް ކުރުމުން ކަމަށެވެ.

ދެ މީހަކު ވެއްޓުނު އިމާރާތް މިހާރު ހުރި ގޮތް: މި މައްސަލައިގައި 5،000 ރުފިޔާއިން އިހުމާލުވި މީހުން ވަނީ ޖޫރިމަނާކޮށްފައި ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

އެހެންވެ، މި ކަމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅައި، ޖޫރިމަނާކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ޖޫރިމަނާކުރި ޗިޓުން އެނގޭ ގޮތުގައި، މި ކަމުގައި އިހުމާލުވި މީހުން ޖޫރިމަނާކުރީ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ނާޅާ މަސައްކަތް ކުރުމުންނެވެ.

'ސަން'އިން ސުވާލުކުރުމުން، ސިޓީ ކައުންސިލުން ބުނީ، މި މައްސަލައިގައި ޖޫރިމަނާކުރީ 5،000 ރުފިޔާއިން ކަމަށެވެ.

ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

މާލޭގެ މަޖީދީމަގުގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ދެ މީހަކު ވެއްޓުނު ހާދިސާއާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވާތީ އެ ކަމުގައި އިހުމާލުވި ފަރާތްތައް މާލެ ސިޓީ ކައުންސިލުން ވަނީ 5000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކަށާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ. މި ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވާއިރު، އެކަކު މިހާރު ދޫކޮށްލާފައިވީނަމަވެސް އަނެކަކަށް އަންނަނީ ހޮސްޕިޓަލުގެ ވޯޑުގައި ފަރުވާދެމުންނެވެ. ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައިގައި ޖޫރިމަނާކޮށްފައިވަނީ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތް ކުރުމުގެ ސަބަބުންނެވެ. މީގެ އިތުރުން މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުންވެސް އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

  • މަޖީދީމަގުގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓި ދެ ބިދޭސީ މަސައްކަތްތެރިންނަށް އަނިޔާވުން.
  • އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތްކުރި މައްސަލައިގައި 5000 ރުފިޔާއިން ޖޫރިމަނާކުރުން.
  • އަނިޔާވި މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު އެކަކު ދޫކޮށްލާފައިވުން.
  • މާލެ ސިޓީ ކައުންސިލްގެ އިތުރުން ދިވެހި ފުލުހުންވެސް މި މައްސަލަ ބަލަމުންދިއުން.
comment ކޮމެންޓް