ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ކުރިޔަސް އެކަށީގެންވާ ޚިދުމަތެއް ނުލިބޭ: ކައުންސިލަރު ޣާލިބު

ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޣާލިބު: އޭނާ ވަނީ ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ކުރިޔަސް އެކަށީގެންވާ ޚިދުމަތްތައް ނުލިބޭ ކަމަށް ވިދާޅުވެފައި --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

ހުޅުމާލެ ހޮސްޕިޓަލް މި ސަރުކާރުން ޓާޝަރީކޮށްފައިވީ ނަމަވެސް، އެކަށީގެންވާ ޚިދުމަތެއް ނުލިބޭ ކަމަށް ވިދާޅުވެ، ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޣާލިބު އެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކައުންސިލަރު ވިދާޅުވީ، ޓާޝަރީ ހޮސްޕިޓަލަށް ބަދަލު ކުރިޔަސް ނުފުދޭ ކަމަށާއި އެ ފެންވަރުގެ ޚިދުމަތެއް އެ ހޮސްޕިޓަލުން ނުލިބޭ ކަމަށެވެ.

ހުޅުމާލޭގައި އާބާދީ ބޮޑުވަމުން އަންނައިރު، އެކަށީގެންވާ ޚިދުމަތެއް އެ ތަނުގައި ދިނުމަށް ސަރުކާރުން ތައްޔާރުވެފައި ނެތް ކަމަށް ޣާލިބު ވިދާޅުވިއެވެ. ނަމަވެސް، އެ ކަމުގައި ހުޅުމާލެ ހޮސްޕިޓަލުގެ މެނޭޖުމަންޓްގެ ކުށެއް ނެތް ކަމަށާއި ޚިދުމަތްތައް ދިނުމުގައި އެ ބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާކަން ކައުންސިލަރު ފާހަގަކުރެއްވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އެންއައިސީޔޫގެ އެތެރެ --- ފޮޓޯ/ ރައީސް އޮފީސް

"ޓާޝަރީ ހޮސްޕިޓަލެއް ގޮތަށް އެ ތަނުގެ ނަން ބޯޑު ބަދަލުވީ. ޚިދުމަތަކަށް ބަދަލެއް ނާދޭ" ކައުންސިލަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ހުޅުމާލޭގައި ގިނަ އަދަދަކަށް މީހުން އާބާދުވަމުން އަންނައިރު، ސިއްހީ ނިޒާމު އެ ތަނުގައި ހަރުދަނާކުރުމަށް ވިސްނަން ވެއްޖެ ކަމަށެވެ. އަދި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލެއް ނެތީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

https://sun.mv/221374

ކައުންސިލަރު އެ ފަދައިން ވާހަކަދެއްކެވިއިރު، 150،000 އެއްހާ މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ ހުޅުމާލޭގައި ޚިދުމަތް ދޭން ހުރި ހަމައެކަނި ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލެވެ. ނަމަވެސް، އެއީ ކުޅުދުއްފުށީ ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ވުރެ ވެސް ކުޑަ ތަނެކެވެ.

އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހުޅުވީ ނޮވެންބަރު 16، 2024ގައި ކަމަށްވާއިރު، ޚިދުމަތްތައް ލަސްވާތީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ކަންބޮޑުވުން ފާޅުކުރެއެވެ.

އޭރު ހޮސްޕިޓަލަށް އަލަށް ތައާރަފު ކުރި ޚިދުމަތްތަކުގެ ތެރޭގައި ޚާއްސަ އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސްއެއް ހިމެނެއެވެ. އެ ކޮމްޕްލެކްސް ތަރައްގީކޮށްފައި ވަނީ ހަތަރު އޮޕަރޭޝަން ތިއޭޓަރާ އެކުގައެވެ. އެއީ ކަށީގެ ބަލިތަކާއި ލޮލުގެ ބަލިތަކާއި އަންހެނުންނަށް ޚާއްސަ އަދި އާންމު ބަލިތަކަށް ޚާއްސަ އޮޕަރޭޝަން ތިއޭޓަރެކެވެ. މީގެ ކުރިން އެ ހޮސްޕިޓަލުގައި ހުންނަނީ އެންމެ އޮޕަރޭޝަން ތިއޭޓަރެކެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޣާލިބު ވަނީ، ސަރުކާރުން ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކޮށްފައިވީ ނަމަވެސް، އެ ފެންވަރުގެ ޚިދުމަތެއް ރައްޔިތުންނަށް ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުން ދިޔަސް، އެކަށީގެންވާ ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން އެކަށީގެންވާ ތައްޔާރީތަކެއް ވެފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލައިގައި ހޮސްޕިޓަލުގެ މެނޭޖުމަންޓުގެ އެއްވެސް ކުށެއް ނެތްކަމާއި، އެ ފަރާތްތަކުން ޒިންމާ ފުރިހަމައަށް އަދާކުރާކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ. މީގެ އިތުރުން، އެއްލައްކަ ފަންސާސް ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށް ހުޅުމާލޭގައި ހުރީ ނިސްބަތުން ކުޑަ އެންމެ ހޮސްޕިޓަލެއްކަމާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލެއް ގާއިމުކޮށްފައި ނެތްކަން ކައުންސިލަރު ފާހަގަކުރެއްވިއެވެ. ދެހާސް ސައުވީސް ވަނަ އަހަރުގެ ނޮވެންބަރު މަހު ހަތަރު އޮޕަރޭޝަން ތިއޭޓަރާއެކު ޓާޝަރީ ފެންވަރުގައި ހޮސްޕިޓަލް ހުޅުވި ނަމަވެސް، ޚިދުމަތްތައް ލަސްވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ޝަކުވާ ވަނީ އިންތިހާއަށް އިތުރުވެފައެވެ.

  • ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރިޔަސް، ޚިދުމަތުގެ ފެންވަރަށް އެދެވޭ ކުރިއެރުމެއް އައިސްފައި ނުވުން.
  • ހުޅުމާލޭގެ ބޮޑު އާބާދީއާ ބަލާއިރު، ސިއްހީ ނިޒާމު އެކަށީގެންވާ ވަރަށް ތަރައްގީކުރެވިފައި ނެތުން އަދި ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލެއް ނެތުން.
  • އާ އޮޕަރޭޝަން ތިއޭޓަރުތަކެއް ހުޅުވި ނަމަވެސް، ޚިދުމަތްތައް ލަސްވުމުގެ ސަބަބުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރުން.
  • ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ހޮސްޕިޓަލުގެ މެނޭޖުމަންޓުގެ އިހުމާލެއް ނެތްކަން ކައުންސިލަރު ޔަގީންކޮށްދެއްވުން.
  • "ސެންޓިމެންޓް": {
  • "އޯވަރޯލް": "ނެގެޓިވް",
  • "ސްކޯ": 0.85,
  • "އިމޯޝަންސް": [
  • "ކަންބޮޑުވުން",
  • "މާޔޫސްކަން"
  • ],
  • "ކީވޯޑްސް": [
  • "ހުޅުމާލެ",
  • "ހޮސްޕިޓަލް",
  • "ޓާޝަރީ",
  • "ސިއްހީ"
  • ]
  • }
comment ކޮމެންޓް