ހިރިމަރަދުއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ރައްޔިތުން ނަންނޯޓުކުރަން ހުޅުވާލައިފި

ހިރިމަރަދޫ ކައުންސިލް އިދާރާ -- ފޮޓޯ/ މުހައްމަދު ވަހީދު

ހދ. ހިރިމަރަދޫއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަންނޯޓުކުރުމުގެ ފުރުޞަތު ހަނިމާދޫ ކައުންސިލުން ހުޅުވާލައިފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ނިމުނު މޭ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވައިފައެވެ. އެއަށްފަހު ހިރިމަރަދޫ ރައްޔިތުން ވަނީ ހަނިމާދޫ ކައުންސިލްގެ ދަށަށް ބަދަލުކޮށްފައެވެ.

ހަނިމާދޫ ކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ހޯރަފުށީ ކައުންސިލުން ރަސްމީކޮށް އެ ދައުވަތު ދީފައިވާކަމަށެވެ.

https://sun.mv/202076

އެހެންކަމުން ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަންނޯޓުކުރުމަށް ހަނިމާދޫ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

އެހެންކަމުން ޝައުގުވެރިވާ ފަރާތްތަކުން ހަނިމާދޫ އަވަށު އޮފީސް ނުވަތަ ކުރީގެ ހިރިމަރަދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލް ނުވަތަ އެ ކައުންސިލްގެ ނަންބަރު 4002064 އަށް ގުޅައި ނަންނޯޓުކުރުމަށް ހަނިމާދޫ ކައުންސިލުން ވަނީ އެދިފައެވެ.

ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން އެ ރަށު ކައުންސިލުން ސަރުކާރުގައި އެދިފައިވަނިކޮށް އެ ރަށުގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމީ ނިމުނު 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހުގައެވެ.

https://sun.mv/216052

އެއަށްފަހު އެ ރަށުން ހަނިމާދޫއަށް ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ދޮޅު އަހަރުތެރޭ ގާއިމުކޮށް ތަޅުދަނޑި ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެރުއްވިއެވެ. އަދި އެރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު ސަރުކާރުން ދޭންޖެހޭ އަސާސީ ޚިދުމަތްތައް ޤާއިމުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެއަށްފަހު 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ރައީސް ވަނީ އެ ރަށު މީހުން ހަނިމާދުއަށް ބަދަލުކުރުމަށް ޤަރާރު ނެރެފައެވެ.

ހދ. ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމަށްފަހު، އެ ރަށުގެ ރައްޔިތުންވަނީ ހަނިމާދޫ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރެވިފައެވެ. މިގޮތުން، ހޯރަފުށީ ކައުންސިލްގެ ރަސްމީ ދައުވަތާއެކު، ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ދިރިއުޅުން ބަދަލުކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރުވަނީ ފަހިކޮށްދެވިފައެވެ. މީގެކުރިން ސަރުކާރުން ނިންމަވާފައިވަނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށެވެ. އަދި އެކަމަށް ބޭނުންވާ ބޯހިޔާވަހިކަން ދޮޅު އަހަރުގެ ތެރޭގައި ޤާއިމުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ދެއްވާފައެވެ. ނަމަވެސް މިހާރު ހުޅުވާލެވިފައިވާ ފުރުޞަތަކީ ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

  • ހިރިމަރަދޫ ރައްޔިތުންނަށް ހޯރަފުއްޓަށް ބަދަލުވުމުގެ ރަސްމީ ދައުވަތު ހޯރަފުށީ ކައުންސިލުންވަނީ ދީފައެވެ.
  • ޝައުޤުވެރިވާ ފަރާތްތަކުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ނަންނޯޓުކުރަން ޖެހޭނެއެވެ.
  • ނަންނޯޓުކުރުން ކުރިއަށްދާނީ ހަނިމާދޫ އަވަށު އޮފީހުންނާއި، ކުރީގެ ހިރިމަރަދޫ ކައުންސިލް އިދާރާއިންނާއި، އީމެއިލް އަދި ކައުންސިލްގެ ނަންބަރު 4002064 މެދުވެރިކޮށެވެ.
  • ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްކަމަށް ސަރުކާރުންވަނީ ރަސްމީކޮށް ކަނޑައަޅުއްވާފައެވެ.
  • ހަނިމާދޫއަށް ބަދަލުވާން ބޭނުންވާ ފަރާތްތަކުގެ ބޯހިޔާވަހިކަން ދޮޅު އަހަރުތެރޭގައި ހަމަޖައްސައިދެއްވާނެކަމަށް ސަރުކާރުންވަނީ ވަޢުދުވެވަޑައިގެންފައެވެ.
comment ކޮމެންޓް