40 މިލިއަން ރުފިޔާގެ ޓްރާންޗެއް ދިނަފުން ތައާރަފުކޮށްފި

ދިނަފުން 40 މިލިއަން ރުފިޔާގެ އާ ޓްރާންޗެއް ތައާރަފުކުރި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ކުރު މުއްދަތުގެ އިންވެސްޓުމަންޓުތަކަށް ޚާއްސަކޮށް ރާއްޖޭގައި އުފެއްދި ފުރަތަމަ އިންވެސްޓްމަންޓު ފަންޑު، ދިނަފުން 40 މިލިއަން ރުފިޔާގެ އާ ޓްރާންޗެއް ތައާރަފުކޮށްފިއެވެ.

ދިނަފަކީ، ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގައި ރަޖިސްޓްރީކޮށްގެން ހިންގާ އިންވެސްޓުމަންޓު ފަންޑެކެވެ. ޝަރުތުހަމަވާ އިންވެސްޓަރުންނަށް އަމާޒުކޮށް، ހިންގާ މި ފަންޑުން ޕްރައިވެޓް އިންވެސްޓުމަންޓުތަކުން ވާދަވެރި މަންފާއެއް ހޯދައިދީ ޕްރައިވެޓް ކެޕިޓަލް މާކެޓު ފުޅާކުރުމަށް މަގުފަހިކޮށްދެއެވެ.

ދިނަފުން މައިގަނޑު ގޮތެއްގައި އިންވެސްޓު ކުރަނީ، ރިއަލް އެސްޓޭޓާއި ޓްރޭޑް ފައިނޭންސާއި ފަތުރުވެރިކަމާއި އިންފްރާންސްޓަކްޗާގެ ދާއިރާތަކުން ފަސް އަހަރަށް ވުރެ ކުރު މުއްދަތުގެ މަޝްރޫއުތަކަށެވެ.

ދިނަފުން 40 މިލިއަން ރުފިޔާގެ ޓްރާންޗެއް ތައާރަފުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ފަންޑުގެ މެނޭޖަރު ކަމަށްވާ ދިވެހި އިންވެސްޓުމަންޓް ޕާޓްނާސްއިން ބުނި ގޮތުގައި، ފުރަތަމަ 20 މިލިއަން ރުފިޔާގެ ޓްރާންޗެއް ނިންމާލެވެމުން އެނގެނީ، މުއައްސަސާތަކާއި އިންވެސްޓަރުންގެ މެދުގައި އިންވެސްޓުމަންޓު ފުރުސަތުތަކަށް އޮތް ޑިމާންޑު އިތުރުވަމުންދާ ކަމެވެ.

އާންމުކޮށް އިންވެސްޓުކުރަން ދަތި ދާއިރާތަކަށް މަގުފަހިކޮށްދީ، ފަންނީ ގޮތުން މެނޭޖުކުރާ ފަންޑުތަކަށް އިންވެސްޓަރުންގެ މެދުގައި އޮންނަ އިތުބާރު ބޮޑުވަމުން އަންނަކަން އެ ފަންޑުން ފާހަގަކުރިއެވެ.

ދިނަފުން އަލަށް ތައާރަފުކުރި 40 މިލިއަން ރުފިޔާގެ އިންވެސްޓުމަންޓުގައި ފަސް ފުރުސަތެއް ވަނީ ދީފައެވެ. އެއީ:

  • ހަ މަހުގެ މުއްދަތަށް: އަހަރަކު 10.50 އިންސައްތަ
  • 12 މަސް ދުވަހުގެ މުއްދަތަށް: އަހަރަކު 11 އިންސައްތަ
  • ދެ އަހަރުގެ މުއްދަތަށް: އަހަރަކު 11.50 އިންސައްތަ
  • ތިން އަހަރުގެ މުއްދަތަށް: އަހަރަކު 12 އިންސައްތަ
  • ހަތަރު އަހަރުގެ މުއްދަތަށް އަހަރަކު 12.25 އިންސައްތަ

ދިނަފުން 40 މިލިއަން ރުފިޔާގެ ޓްރާންޗެއް ތައާރަފުކުރި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

މި ޓްރާންޗުގައި މުއައްސަސާތަކާއި ޝަރުތުހަމަވާ އިންވެސްޓަރުން ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން، އެންމެ މަދުވެގެން އިންވެސްޓު ކުރެވެނީ 50،000 ރުފިޔާ ކަމަށްވާއިރު، އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް [email protected] ނުވަތަ [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ދިނަފް ފަންޑުން ވަނީ ކުރު މުއްދަތުގެ އިންވެސްޓްމަންޓްތަކަށް ޚާއްސަކޮށްގެން 40 މިލިއަން ރުފިޔާގެ އާ ޓްރާންޗެއް ތައާރަފުކޮށްފައެވެ. މިއީ ރާއްޖޭގައި އުފެއްދި މިފަދަ ފުރަތަމަ އިންވެސްޓްމަންޓް ފަންޑެވެ. މި ފަންޑުގެ މައިގަނޑު އަމާޒަކީ ރިއަލް އެސްޓޭޓް، ޓްރޭޑް ފައިނޭންސް، ފަތުރުވެރިކަން އަދި އުމްރާނީ ތަރައްގީ ފަދަ މުހިންމު ދާއިރާތަކުން ފަސް އަހަރަށްވުރެ ކުރު މުއްދަތުގެ މަޝްރޫއުތަކަށް އިންވެސްޓްކުރުމެވެ. ފަންޑު މެނޭޖްކުރާ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްއިން ހާމަކުރާ ގޮތުގައި، ކުރިން ތައާރަފުކުރި 20 މިލިއަން ރުފިޔާގެ ޓްރާންޗަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އަދި އާންމުކޮށް އިންވެސްޓްކުރަން ދަތި ދާއިރާތަކަށް ފަސޭހައިން އިންވެސްޓްކުރެވޭނެ މަގު ތަނަވަސްކޮށްދިނުމުން، އިންވެސްޓަރުންގެ އިތުބާރު މި ފަންޑަށް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

  • މި ޓްރާންޗުގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 50،000 ރުފިޔާއެވެ.
  • ހަ މަހުން ފެށިގެން ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް އިންވެސްޓްކުރުމުގެ ފަސް ފުރުސަތެއް ވަނީ ހުޅުވާލާފައެވެ.
  • އިންވެސްޓްކުރާ މުއްދަތަށް ބަލައި އަހަރަކު 10.50 އިންސައްތައިން ފެށިގެން 12.25 އިންސައްތައާ ދެމެދުގެ ފައިދާއެއް ލިބޭނެއެވެ.
  • ޝަރުތުހަމަވާ އިންވެސްޓަރުންނާއި މުއައްސަސާތަކަށް މި ފަންޑުގައި ބައިވެރިވުމަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެއެވެ.
  • ކުރު މުއްދަތުގެ މަޝްރޫއުތަކަށް އަމާޒުކޮށް 40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތު ހުޅުވާލުން.
  • ތަފާތު މުހިންމު ދާއިރާތަކުން ވާދަވެރި މަންފާއެއް ހޯދައިދީ، ޕްރައިވެޓް ކެޕިޓަލް މާކެޓް ފުޅާކުރުން.
  • މަދުވެގެން 50،000 ރުފިޔާއިން އިންވެސްޓްކުރަން ފެށުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުން.
ގުޅޭ ޓެގު
comment ކޮމެންޓް