ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ގުޅިގެން، ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާގެ ކުރޫޒް ލައިނާ "ވައިކިން ޔީދުން" އަށް މަރުޙަބާ ކިޔުމަށް މިއަދު ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މިއީ ޗައިނާގެ ކުރޫޒްލައިނާއެއް ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.
މި ކްރޫޒް ލައިނާއިން 732 ފަތުރުވެރިން ރާއްޖެ އައިއިރު، 486 ފަޅުވެރިން އެ ކްރޫޒްލައިނާގައި ތިއްބެވެ.
މާލޭގެ ރަސްމީ ފާލަން ސަރަހައްދުގައި މިއަދު ހެނދުނު 07:00 ގައި ބޭއްވި މި ރަސްމިއްޔާތަކީ، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ފުރިހަމަ މެހެމާންދާރީއާއި ސަގާފީ ރީތި އާދަކާދަތައް ދައްކުވައިދިނުމަށް އިންތިޒާމުކުރި ހަރަކާތެކެވެ.
މި އުޅަނދުން އައި ފަތުރުވެރިންނަށް މަރުޙަބާ ކިޔާފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ "އެސްޓޭޓް ބޮޑުބެރު ގްރޫޕް" ގެ ފޯރިގަދަ ހުށަހެޅުންތަކާއެކުގައެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާގެ ކުރޫޒް ލައިނާ "ވައިކިން ޔީދުން" އަށް މަރުޙަބާ ކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
މި ރަސްމިއްޔާތުގެ ތެރެއިން ވިޒިޓް މޯލްޑިވްސްގެ ޓީމުން ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރާ ތަކެއްޗާއި ބްރޭންޑް އައިޓަމްތައް ހިމެނޭ ޓޯޓް ބޭގް ފަތުރުވެރިންނަށް ހަދިޔާކޮށް، ރާއްޖެއާ ބެހޭ ފުރިހަމަ ތައާރަފެއް އަރުވާފައެވެ.
މި ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ސިންދަފާތުކުރުމަށާއި، ކުރޫޒް ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ތަރައްގީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާގެ ކުރޫޒް ލައިނާ "ވައިކިން ޔީދުން" އަށް މަރުޙަބާ ކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
މިއީ ރާއްޖޭގެ ޔޮޓް އަދި ކުރޫޒް ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މާޔާއާއެކު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފަށާފައިވާ ފުޅާ މަސައްކަތްތަކުގެ ބައެކެވެ. މީގެ މައިގަނޑު މަގުސަދަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ޔޮޓް އަދި ކުރޫޒް ފަތުރުވެރިކަމަށް އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިން އަންނަ ނިސްބަތް އިތުރުކުރުމެވެ.
ވިޒިޓް މޯލްޑިވްސް އާއި މާޔާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނީ ރާއްޖެއަށް ޒިޔާރަތްކުރާ ކުރޫޒް އަދި ޔޮޓް ފަތުރުވެރިންނަށް މަތީ ފަންތީގެ ޚިދުމަތްތަކާއި، ސަގާފަތް އަދި ގުދުރަތީ ރީތިކަމުގެ ތަފާތު ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ކަމަށް އެ ކޯޕަރޭޝަން

ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާގެ ކުރޫޒް ލައިނާ "ވައިކިން ޔީދުން" އަށް މަރުޙަބާ ކިޔުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން --
މިއީ ބައިނަލްއަގުވާމީ މާކެޓުގައި ރާއްޖެއަށް އޮތް މަގުބޫލުކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
"ވައިކިންގް ޔީދުން" ބޯޓު މާލޭގެ 1 ނަންބަރު ފާލަން ކައިރީ ބަނދަރުކޮށްފައި އޮތުމަށްފަހު، ފުރުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހަވީރު 18:00 ގައެވެ.