ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކުރި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން.. ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެއް....

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ކުޑަކުދިންނާ ގުޅޭ ޖުމްލަ 81 މައްސަލައެއް މިދިޔަ މެއި މަހު ވަނީ ރިޕޯޓްކޮށްފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފަ...

މިދިޔަ މަހު ރިޕޯޓްކުރި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައިގެ ތެރޭގައި ހިމެނެނީ 19 އަންހެން ކުއްޖަކަށާއި ހަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހުށަހެޅި މައްސަލަތަކެވެ.

މިއީ މިދިޔަ މަހު ރިޕޯޓްކުރި ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ހުށަހެޅުނު މައްސަލަތައް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގެ އިތުރުން، ކުދިންނަށް އަޅާނުލުމުގެ 18 މައްސަލައަކާއި، ނަފުސާނީ އަނިޔާ ދިނުމުގެ 12 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ޖިސްމާނީ އަނިޔާގެ އަށް މައްސަލައެއްގެ އިތުރުން، ބުލީގެ ހަތް މައްސަލައަކާއި ސައިބާ ބުލީގެ ހަތަރު މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފަ...

ކުދިންގެ އަހުލާގާ ގުޅޭ 44 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ސްކޫލަށް ދާން އިންކާރު ކުރުމާ ގުޅޭ އަށް މައްސަލައެއް ހިމެނެއެވެ. މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހު 1412 ހެލްޕްލައިނަށް 1,379 ކޯލް ލިބިފައިވާއިރު، 1421 އަށް 626 ކޯލް ވަނީ ލިބިފައެވެ.

މި މައްސަލަތަކާ ގުޅިގެން މިނިސްޓްރީން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 161 ކައުންސެލިން ސެޝަނެއް ބާއްވާފައެވެ. މީގެ އިތުރުން 44 މީހަކަށް ސައިކޯސޯޝިއަލް ސަޕޯޓް ފޯރުކޮށްދީފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދެއްކިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރާއްޖޭގައި ވަރަށް ގިނައިރު، އެފަދަ ހުރިހާ މައްސަލައެއް ކަމާ ގުޅުންހުރި އިދާރާތަކަށް ރިޕޯޓުނުކުރާ ކަމުގެ ކަންބޮޑުވުންތައް އޮވެއެވެ.

މިދިޔަ މެއި މަހު ކުޑަކުދިންނާ ގުޅޭ 81 މައްސަލައެއް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީއަށް ވަނީ ހުށަހެޅިފައެވެ. މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކެވެ. އެގޮތުން 19 އަންހެން ކުދިންނާއި 6 ފިރިހެން ކުދިންނަށް އަމާޒުކޮށްގެން ހިންގާފައިވާ 25 މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން އަޅާނުލުމާއި، އަނިޔާކުރުމާއި، ގަނާކުރުން ފަދަ މައްސަލަތައްވެސް ހިމެނެއެވެ. މިކަންކަމަށް ހައްލު ހޯދައިދިނުމަށް މިނިސްޓްރީން ވަނީ ގިނަ ކައުންސެލިންގ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ.

  • މިދިޔަ މެއި މަހުގެ ނިޔަލަށް ކުޑަކުދިންނާ ގުޅުންހުރި އެކި ބާވަތުގެ ޖުމްލަ 81 މައްސަލައެއް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީއަށް ވަނީ ރިޕޯޓްކޮށްފައެވެ.
  • އެންމެ ގިނައިން ހުށަހެޅިފައިވަނީ ޖިންސީ ގޯނާގެ މައްސަލަތައް ކަމަށްވާއިރު، މީގެ ތެރޭގައި 19 އަންހެން ކުދިންނާއި 6 ފިރިހެން ކުދިންނަށް ކުރި ގޯނާގެ މައްސަލަތައް ހިމެނެއެވެ.
  • ކުދިންނަށް އަޅާނުލުމުގެ 18 މައްސަލައަކާއި، ނަފުސާނީ އަނިޔާ ދިނުމުގެ 12 މައްސަލައެއްގެ އިތުރުން ޖިސްމާނީ އަނިޔާގެ 8 މައްސަލައެއް ތަފާސްހިސާބުތަކުން ދައްކައެވެ.
  • ކުދިންނަށް ގަނާކުރުމުގެ މައްސަލަތަކަށް ބަލާއިރު، ބުލީކުރުމުގެ 7 މައްސަލައަކާއި ސައިބާ ބުލީގެ 4 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.
  • ކުދިންގެ އަހުލާގާ ގުޅޭ 44 މައްސަލައެއް ހުށަހެޅިފައިވާއިރު، މީގެ ތެރޭގައި ސްކޫލަށް ދާން އިންކާރުކުރުމާ ގުޅޭ 8 މައްސަލައެއް ހިމެނެއެވެ.
  • ކުދިންނާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 161 ކައުންސެލިން ސެޝަން ބާއްވައި، 44 މީހަކަށް ސައިކޯސޯޝިއަލް ސަޕޯޓް ވަނީ ފޯރުކޮށްދީފައެވެ.
  • ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ނިސްބަތުން އިތުރުވެފައިވުމަކީ މުޅި މުޖުތަމައު ސަމާލުވާންޖެހޭ ފަދަ ނުރައްކާތެރި އަދި ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.
  • ކަމާބެހޭ އިދާރާތަކަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދަށްވުރެ، މުޖުތަމައުގެ ތެރޭގައި ސިއްރުކުރެވިފައިވާ އަދި ރިޕޯޓްނުކުރެވޭ މައްސަލަތައް ގިނަކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.
  • ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަކީ މިފަދަ ހާދިސާތަކުގެ ޝިކާރައަކަށްވާ ކުދިންނަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ތަފާސްހިސާބުތަކުން ސާބިތުވެއެވެ.
comment ކޮމެންޓް