އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ ޒިޔަތު އިސްތިއުފާދެއްވައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހީމް ޒިޔަތު: އޭނާ ވަނީ އިސްތިއުފާ ދެއްވައިފައި --- ސަން ފައިލް ފޮޓޯ / މުހައްމަދު އަފްރާހް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ ސީއީއޯ އިބްރާހީމް ޒިޔަތު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ޒިޔަތު އިސްތިއުފާދެއްވިކަން, އެމްޕީއެލްއިން 'ސަން'އަށް ވަނީ ކަށަވަރު ކޮށްދީފައެވެ. އޭނާ އިސްތިއުފާދެއްވިތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ޒިޔަތު އިސްތިއުފާ ދެއްވި ސަބަބެއް ސީދާ ސާފެއް ނުވެއެވެ.

ނަމަވެސް "ސަން" އަށް އެނގިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ, މިދިޔަ މާރިޗު މަހުގެ 16ވަނަ ދުވަހު އެ ކުންފުނީގެ ބޯޑުގެ އެގްޒެކުޓިވް މެންބަރުކަމުގެ މަގާމުން ވަކިކޮށް, ހަމަ އެކަނި ޑެޕިއުޓީ ސީއީއޯއަކަށް އައްޔަން ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެއެވެ.

ޒިޔަތުގެ ބަދަލުގައި އެ ބޯޑަށް އެމްއޭސީއެލްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ލަމްޢާން ވަނީ އައްޔަން ކުރައްވައިފައެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލްކުރެއްވި ޒިޔަތު ވަނީ ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯކަން ކުރައްވައިފައެވެ. އޭގެ އިތުރުން، އެސްޓީއޯއަށް 15 އަހަރުވަންދެން ޚިދުމަތްކުރައްވައިފައިވެއެވެ.

އޭނާއަކީ ކުރީގެ އޮޑިޓަރު ޖެނެރަލް ޙަސަން ޒިޔަތާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ އެއްބަނޑުއެއްބަފާ ބޭފުޅެކެވެ.

އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ޒިޔަތު ހުންނެވިއިރު، އޭނާގެ މައްޗަށް މީގެ ކުރިން ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް ކުރެވުނެވެ.

https://sun.mv/157942

އެގޮތުން، މީގެ ކުރިން އެމްޓީސީސީގެ ސައިޓުތަކުގައި މަސައްކަތްކުރަން ބިދޭސީ މަސައްކަތްތެރިން ރެކްރޫޓްކުރުމުގައި ކޮރަޕްޝަން ހިންގައިފައިވާ ކަމަށް މީގެ ކުރިން އޮތީ ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި ޒިޔަތުގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީން 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުނެވެ.

https://sun.mv/221380

އެމްޕީއެލް ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ދެން ތިއްބަނީ މުޙައްމަދު މުޢީނާއި ޢަލީ ހާޝިމެވެ.

މީގެ ކުރިން ލަމްޢާން ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފައެވެ. އަދި، ސަރުކާރު މަސް ކުންފުނި މިފްކޯގެ ޗީފް ހިއުމަން ރިސޯސް އޮފިސަރުގެ މަގާމާއި، ޗީފް ޕްރޮކިއުމަންޓް އޮފިސަރުގެ މަގާމު ފުރުއްވިއެވެ.

އޭނާއަކީ ކޯޕަރޭޓް ގަވާނަންސް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ލީޑާޝިޕްގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ލަމްޢާން ވަނީ ޔުނިވާސިޓީ އޮފް ކޮލަމްބޯއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، މެނޭޖްމަންޓާއި ލީޑާޝިޕްގެ ދާއިރާއިން ގިނަ އަދަދެއްގެ ފަންނީ ތަމުރީނު ޕްރޮގްރާމުތައް ފުރިހަމަކުރައްވައިފައި ވެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހީމް ޒިޔަތު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ. އޭނާ އިސްތިއުފާދެއްވި ސަބަބު ސީދާ ކަށަވަރުނުވި ނަމަވެސް، މި ނިންމެވުން ނިންމަވައިފައިވަނީ މިދިޔަ މާރިޗު މަހުގެ 16 ވަނަ ދުވަހު އެ ކުންފުނީގެ ބޯޑުގެ އެގްޒެކުޓިވް މެންބަރުކަމުން އޭނާ ވަކިކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ޒިޔަތުގެ ބަދަލުގައި އެމްޕީއެލްގެ ބޯޑަށް މިހާރު ވަނީ އެމްއޭސީއެލްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ލަމްޢާން އައްޔަންކުރައްވައިފައެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯކަން ވެސް ކުރެއްވި ޒިޔަތުގެ މައްޗަށް މީގެ ކުރިން ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވެއެވެ.

  • ޒިޔަތު މަގާމުން އިސްތިއުފާދެއްވިކަން އެމްޕީއެލްއިން ވަނީ ކަށަވަރުކޮށްދީފައެވެ.
  • އޭނާ ވަނީ މީގެ ކުރިން އެސްޓީއޯގައި 15 އަހަރު ދުވަހު ޚިދުމަތްކުރައްވައިފައެވެ.
  • އެމްޓީސީސީގައި ހުންނެވިއިރު ބިދޭސީން ރެކްރޫޓްކުރުމުގައި ކޮރަޕްޝަން ހިންގިކަމަށް ތުހުމަތުކޮށް، އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް 2021 ވަނަ އަހަރު އޭސީސީން އެދިފައިވެއެވެ.
  • ޒިޔަތުގެ ބަދަލުގައި ބޯޑަށް އައްޔަންކުރެއްވި ލަމްޢާން އަކީ ފެނަކަ އަދި މިފްކޯގައި އިސް މަގާމުތަކެއް ފުރުއްވައިފައިވާ، ވިޔަފާރީގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.
  • ޒިޔަތު އިސްތިއުފާދެއްވީ ބޯޑުގެ އެގްޒެކުޓިވް މެންބަރުކަމުން ވަކިކުރެއްވިތާ ކުރު މުއްދަތެއްގެ ތެރޭގައެވެ.
  • އެމްޕީއެލް ބޯޑުގެ ހުސްވި ގޮނޑިއަށް މުޙައްމަދު ލަމްޢާން ވަނީ އައްޔަންކުރައްވައިފައެވެ.
  • އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ދެން ތިއްބަވަނީ މުޙައްމަދު މުޢީނާއި ޢަލީ ހާޝިމެވެ.
comment ކޮމެންޓް