ފީއަލީގައި އަނދައި ހުލިވި އައިސްޕްލާންޓުގެ މަސައްކަތް އަވަސްކުރުމަށް ކައުންސިލުން އެދިއްޖެ

ފީއަލީގައި އަނދައި ހުލިވި އައިސްޕްލާންޓް: އެ އައިސްޕްލާންޓުގެ މަސައްކަތް އަވަސްކުރުމަށް ކައުންސިލުން ވަނީ އެދިފައި -- ފޮޓޯ/ މިފްކޯ

ފ. ފީއަލީގައި މިދިޔަ އޭޕްރިލް މަހު ހިނގި އަލިފާނުގެ ހާދިސާގައި އަނދައި ހުލިވި އައިސްޕްލާންޓުގެ މަސައްކަތް އަވަސްކުރުމަށް ފީއަލީ ކައުންސިލުން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްގެ އަރިހުގައި އެދިއްޖެއެވެ.

މިދިޔަ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހު ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، އެ ސަރަހައްދުގައި އޮތް ތިން ދޯންޏަކަށް ވެސް ފެތުރުނެވެ. އަދި ރޯވި އުޅަނދާ 15 ވަރަކަށް ފޫޓު ދުރުގައި ހުރި އައިސްޕްލާންޓަށް ވެސް ހުޅުގަނޑު ފެތުރި، ބޭނުންނުކުރެވޭ ވަރަށް އެނދިއެވެ.

https://sun.mv/220375

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ، މިނިސްޓަރު ޝިޔާމް ފީއަލީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އަސްލަމާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ފީއަލީ ކައުންސިލުން ވަނީ އައިސްޕްލާންޓަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށާއި، އައިސްޕްލާންޓުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް އެދިފައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސްޕޯޓްސް ފިޝިންއަށް ޚާއްސަކޮށްގެން އެ ރަށުގައި ވަދުކަނދުފައްޗެއް އެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މިނިސްޓަރާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ފީއަލީ އައިސް ޕްލާންޓު އޮޕަރޭޝަނަށް ގެނެސްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. ފެނަކައިން އެ ތަން މިފްކޯއާ ހަވާލުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީ މީހަކު ވަރަށް ބޮޑަށް ފިހިގެން އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނައެވެ. ނަމަވެސް މިދިޔަ މަހުގެ ހަތްވަނަ ދުވަހު އޭނާ ވަނީ މަރުވެފައެވެ.

https://sun.mv/221653

ފީއަލީ ކައުންސިލުން މީގެ ކުރިން ފުލުހުންނާ ބައްދަލުކޮށް ވަނީ، މި ހާދިސާގެ ސަބަބުން އުޅަނދުފަހަރަށާއި ރަށުގެ އުމްރާނީ ވަސީލަތްތަކަށް ލިބުނު ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކުރާ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމުގެ މުހިންމު ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

މިދިޔަ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހު ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، އެ ރަށުގެ އައިސްޕްލާންޓް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މި ހާދިސާގައި އިތުރު ތިން ދޯންޏަކަށް ގެއްލުންވެ، ފިހުނު ބިދޭސީއަކު ވަނީ މަރުވެފައެވެ. މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއެކު ބޭއްވި ބައްދަލުވުމެއްގައި، ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ދާއިރާގެ މަޖިލިސް މެންބަރު ވަނީ އައިސްޕްލާންޓަށް ލިބުނު ގެއްލުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދިފައެވެ. މީގެ އިތުރުން، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރަށަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުންނާއި، ސްޕޯޓްސް ފިޝިންއަށް ޚާއްސަކޮށްގެން ވަދުކަނދުފައްޗެއް އެޅުމާ މެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. މިދިޔަ އަހަރުގެ ޖޫން މަހު އޮޕަރޭޝަނަށް ގެނައި މި އައިސްޕްލާންޓަކީ ރަށުގެ އިގުތިސާދާ ގުޅިފައިވާ މުހިންމު ތަނެކެވެ. ރަށުގެ އުމްރާނީ ވަސީލަތްތަކަށް ލިބުނު މި ބޮޑު ގެއްލުމުގެ ތަހުގީގު އަވަސްކުރުމަށް ކައުންސިލުން ވަނީ މީގެ ކުރިން ފުލުހުންނަށް ވެސް ގޮވާލާފައެވެ.

  • ފީއަލީ ކައުންސިލުން ފިޝަރީޒް މިނިސްޓަރާ ބައްދަލުކޮށް އައިސްޕްލާންޓުގެ މަސައްކަތް އަވަސްކުރުމަށް އެދިއްޖެ.
  • އޭޕްރިލް މަހު ހިނގި އަލިފާނުގެ ހާދިސާގައި އައިސްޕްލާންޓާއި ތިން ދޯންޏެއް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ.
  • މި ހާދިސާގައި ފިހުނު ބިދޭސީއަކަށް ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައި.
  • ސްޕޯޓްސް ފިޝިންއަށް ޚާއްސަ ވަދުކަނދުފައްޗެއް އެޅުމަށާއި މަސްވެރިކަމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު.
  • ހާދިސާގެ ތަހުގީގު ވީހާވެސް އަވަހަކަށް ނިންމުމުގެ މުހިންމުކަން ފާހަގަކޮށް ފުލުހުންނާވެސް ކައުންސިލުން ވަނީ ބައްދަލުކޮށްފައި.
comment ކޮމެންޓް