އައްޑޫ މީދޫގެ ދަނޑުވެރިން ބާރުވެރިކުރުމަށް "ގްރޯ ވިތު އުރީދޫ"ގެ ޚާއްސަ ހަރަކާތްތަކެއް

އައްޑޫ މީދޫގެ ދަނޑުވެރިން ބާރުވެރިކުރަން އުރީދޫން ބޭއްވި "ގްރޯ ވިތް އުރީދޫ" ގެ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން.... ފޮޓޯ/ އުރީދޫ

ގައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްގެ "ގްރޯ ވިތު އުރީދޫ" އިސްނެގުމުގެ ދަށުން މިދިޔަ ބުރާސްފައްޗާއި ހުކުރު ދުވަހު އައްޑޫގެ މީދޫގައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތްތަކުގެ ތެރޭގައި މީދޫގެ ދަނޑުވެރިކަން އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް އެހީތެރިވުމުގެ އިތުރުން، ދަނޑުވެރިންނަށް ބޭނުންވާ މުހިންމު ވަސީލަތްތައް ފޯރުކޮށްދިނުމާއި، ގަސް އިންދުމުގެ ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.

އައްޑޫ މީދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި މި ރަސްމިއްޔާތުގައި، އެ ރަށުގެ ނާސަރީ އާއި، ދަނޑުވެރިންގެ މާރުކޭޓުގެ އިތުރުން، ދަނޑުވެރިން ނަމާދުކުރުމަށް ޚާއްޞަކޮށް ބިނާކުރި ގެ ވަނީ ރަސްމީކޮށް އިފުތިތާޙުކޮށްފައެވެ.

އައްޑޫ މީދޫގެ ދަނޑުވެރިން ބާރުވެރިކުރަން އުރީދޫން ބޭއްވި "ގްރޯ ވިތް އުރީދޫ" ގެ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން.... ފޮޓޯ/ އުރީދޫ

މި ޙަފުލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަ އޮފު ފިޝަރީޒް، އެގްރިކަލްޗަ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމެވެ.

މި ހަރަކާތުގެ ތެރެއިން މީދޫގައި އަލަށް ހުޅުވި ނާސަރީއަށް އުރީދޫ މޯލްޑިވްސްއިން ވަނީ މޭވާ އަޅާ ގަސް ހަދިޔާކޮށްފައެވެ. އަދި އައްޑޫގައި ތިބި އުރީދޫގެ މުވައްޒަފުންނާއި މީދޫގެ ރައްޔިތުން ގުޅިގެން އެ ނާސަރީގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންދިޔައިރު، ދަނޑުވެރިން މަސައްކަތުގައި އުޅޭ ވަގުތުތަކުގައި ފަސޭހަކަމާއެކު އަޅުކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެ ނާސަރީގައި ނަމާދުކުރާ ގެ ބިނާކުރުމަށް ވެސް އުރީދޫއިން ވަނީ އެހީތެރިކަން ދީފައެވެ.

މި ރަސްމިއްޔާތުގައި "ގްރޯ ވިތު އުރީދޫ" ގެ ބްރޭންޑް އެމްބަސެޑަރު އަދި އައްޑޫގެ ފާހަގަކޮށްލެވޭ ދަނޑުވެރިޔާ ޢަބްދުﷲ ރަމްޒީ ބައިވެރިވިއެވެ.

އައްޑޫ މީދޫގެ ދަނޑުވެރިން ބާރުވެރިކުރަން އުރީދޫން ބޭއްވި "ގްރޯ ވިތް އުރީދޫ" ގެ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން.... ފޮޓޯ/ އުރީދޫ

ރަމްޒީ ބުނީ ދަނޑުވެރިކަމަކީ އަބަދުވެސް އައްޑޫގެ ދިރިއުޅުމާ ގުޅިފައިވާ މުހިންމު މަސައްކަތެއް ކަމަށާއި، ދަނޑުވެރިންގެ ކުރިއެރުމަށް މިފަދަ ގިނަ ފަރާތްތަކެއް އެކުވެގެން އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"އަލަށް ހުޅުވުނު ނާސަރީއާއެކު ގާއިމްކުރެވުނު ނަމާދުކުރާ ގެއަކީ ކޮންމެ ދުވަހަކު މި ތަނުގައި މަސައްކަތްކުރާ ދަނޑުވެރިން ފަސޭހަކަމާއެކު ނަމާދުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް. އުންމީދަކީ މިފަދަ ހަރަކާތްތަކުގެ ސަބަބުން، ދަނޑުވެރިކަމުގެ މުހިންމުކަން ދަނެގަނެ، އަމިއްލައަށް ގަސް ހައްދައި، މި ދާއިރާއަށް އިތުރު ޒުވާނުންނަށް ނުކުތުމަށް ހިތްވަރު ލިބިގެންދިއުން،" ރަމްޒީ ފާހަގަކުރިއެވެ.

އައްޑޫ މީދޫގެ ދަނޑުވެރިން ބާރުވެރިކުރަން އުރީދޫން ބޭއްވި "ގްރޯ ވިތް އުރީދޫ" ގެ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން.... ފޮޓޯ/ އުރީދޫ

'ގްރޯ ވިތު އުރީދޫ' އަކީ ދެމެހެއްޓެނިވި ދިރިއުޅުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަށް ބާރުއެޅުމުގެ މަގުޞަދުގައި، އުރީދޫ މޯލްޑިވްސްގެ އިޖުތިމާޢީ ޒިންމާގެ ދަށުން މުޅި ރާއްޖޭގައި ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.

އުރީދޫން ބުނި ގޮތުގައި، މީދޫގެ އިޖުތިމާޢީ ވަސީލަތްތައް ހަރުދަނާކުރުމަށާއި ރަށް ފެހިކުރުމުގެ އިތުރުން ދަނޑުވެރިންނަށް ދިން އެހީތެރިކަމަކީ، ޚިދުމަތްދޭ މުޖުތަމަޢުތަކުގެ ތަރައްގީއަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.

comment ކޮމެންޓް