އެމްއައިބީއާއި ބުރުޒު ގުޅިގެން ކުރިއަށްގެންދާ ކެމްޕޭނުގެ ބޮޑު އިނާމަކަށް 75 އިންޗީގެ ސްމާޓް ޓީވީއެއް

އެމްއައިބީ ކާޑު ބޭނުންކޮށްގެން ފައިސާ ދައްކަނީ --- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ބުރުޒު އިންވެސްޓްމަންޓް ގުޅިގެން، ފީފާ ވޯލްޑް ކަޕް 2026 އާ ދިމާކޮށް ޚާއްސަ އިނާމުތަކެއް ލިބޭ "ޕޭ ވިތް އެމްއައިބީ. ޗިއާ އެންޑް ވިން!" ބުރުޒު ކެމްޕޭން ފަށައިފިއެވެ.

އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭނަކީ ވޯލްޑް ކަޕް ސީޒަނުގައި ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ހިންގާ ހަރަކާތެއް ކަމަށް އެމްއައިބީއިން ވަނީ ބުނެފައެވެ.

އެމްއައިބީން ބުނީ މި ކެމްޕޭނުގައި ބައިވެރިވެވޭނީ ބުރުޒުގެ އައުޓްލެޓްތަކުން ވިޔަފާރިކޮށް، އެމްއައިބީގެ ޕީއޯއެސް ޓާމިނަލްތައް ބޭނުންކޮށްގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ކަމަށެވެ. އެގޮތުން ޝަރުތު ހަމަވާ ކޮންމެ މުއާމަލާތަކަށް ކަސްޓަމަރުންނަށް ކޫޕަނެއް ލިބޭނެ ކަމަށާއި ކަސްޓަމަރުންނަށް އެ ކެމްޕޭނުގައި ބައިވެރިވެވޭނީ އެ ކޫޕަން މެދުވެރިކޮށް ވޯލްޑް ކަޕްގެ މެޗުތަކުން މޮޅުވާނެ ޓީމުތައް ދިމާކޮށްގެން ކަމަށް އެމްއައިބީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބުރުޒުގެ ކޮންމެ އައުޓްލެޓެއްގެ ލީޑާބޯޑުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 5,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށާއި އެމްއައިބީގެ ކާޑުތައް ބޭނުންކޮށްގެން އެމްއައިބީ ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދައްކާ ކަސްޓަމަރުންނަށް އިތުރު ދެ ބޯނަސް ޕޮއިންޓް ލިބޭނެ ކަމަށް އެމްއައިބީއިން ބުނެއެވެ.

އެމްއައިބީން ބުނީ މި ކެމްޕޭނުގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި ހުށަހެޅިފައިވަނީ 75 އިންޗީގެ ސްމާޓް ޓީވީއެއް ކަމަށެވެ. މުޅި ކެމްޕޭން ނިމުމުން ނަސީބުވެރި ދެ ފަރާތެއް ހޮވައި ކޮންމެ ފަރާތަކަށް 75 އިންޗީގެ ސްމާޓް ޓީވީއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއައިބީން ވަނީ ބުނެފައެވެ.

އެމްއައިބީން ވަނީ ހުރިހާ ކަސްޓަމަރުން ވެސް އެ ބޭންކުގެ ޕީއޯއެސްތައް މެދުވެރިކޮށް ފައިސާ ދައްކައި ފުޓުބޯޅަ އީދުގެ މި ފޯރިގަދަ ކެމްޕޭނުގައި ބައިވެރިވުމަށް ހިތްވަރު ދީފައެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ބުރުޒު އިންވެސްޓްމަންޓް ގުޅިގެން ފީފާ ވޯލްޑް ކަޕް 2026 އަށް އަމާޒުކޮށްގެން ވަނީ ޚާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ. ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭނުގައި ބައިވެރިވެވޭނީ ބުރުޒުގެ ފިހާރަތަކުން ވިޔަފާރިކޮށް، އެމްއައިބީގެ ޕީއޯއެސް މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކަށެވެ. މި ކެމްޕޭނުގެ ތެރެއިން މެޗުތަކުން މޮޅުވާނެ ޓީމުތައް ދިމާކޮށްގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން އެމްއައިބީ ކާޑު ބޭނުންކުރާ ފަރާތްތަކަށް އިތުރު ޕޮއިންޓުތަކެއް ލިބުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.

  • ކެމްޕޭނުގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި ދެ ނަސީބުވެރިއަކަށް 75 އިންޗީގެ ސްމާޓް ޓީވީއެއް ލިބޭނެއެވެ.
  • ކޮންމެ އައުޓްލެޓަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.
  • އެމްއައިބީ ޕީއޯއެސް މެދުވެރިކޮށް އެމްއައިބީ ކާޑުން ފައިސާ ދައްކާނަމަ އިތުރު 2 ބޯނަސް ޕޮއިންޓް ލިބޭނެއެވެ.
  • މޮޅުވާނެ ޓީމުތައް ދިމާކުރުމަށް ކަސްޓަމަރުންނަށް ޚާއްސަ ކޫޕަނެއް ދޫކުރެވޭނެއެވެ.
  • ޕްރޮމޯޝަން ކުރިއަށްދާނީ ޖުލައި 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
  • ބައިވެރިވެވޭނީ ބުރުޒު އައުޓްލެޓްތަކުން އެމްއައިބީ ޕީއޯއެސް ބޭނުންކޮށްގެންނެވެ.
  • ބޮޑު އިނާމުގެ ގޮތުގައި ހުށަހަޅާފައިވަނީ 75 އިންޗީގެ ޓީވީއެކެވެ.
comment ކޮމެންޓް