ފުޑް ކާނިވަލުގައި 15 އައުޓްލެޓަކުން 10 ޕަސެންޓް ޑިސްކައުންޓާއި، އެމްއައިބީ ފައިސާވެއާ ރިންގް ހޯދުމުގެ ފުރުސަތު

ފުޑް ކާނިވަލުގައި އެމްއައިބީ ސްޓޯލް --

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ފުޑް ކާނިވަލްގައި އެމްއައިބީން ކުރިޔަށްގެންދާ ''އެމްއައިބީ ޓްރިވިއާ ކުއިޒް''ގައި ބައިވެރިވެގެން "ފައިސާވެއާ" ރިންގެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއައިބީން ބުނި ގޮތުގައި މި ހަރަކާތް ކުރިއަށްދާނީ މިރޭ 20:00 އިން 22:00 އަށެވެ.

އެމްއައިބީގެ މި ޓްރިވިއާ ކުއިޒްގައި ބޭންކިންއާ ގުޅޭގޮތުން އަހާ ފަސް ސުވާލުގެ ތެރެއިން ތިން ސުވާލަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކަށް، ފައިސާވެއާ ރިންގެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. އެމްއައިބީން ބުނި ގޮތުގައި ރޭ ވެސް މި ހަރަކާތައް ވަރަށް ހޫނު ތަރުހީބެއް ވަނީ ލިބިފައެވެ.

ފުޑް ކާނިވަލުގައި އެމްއައިބީ ސްޓޯލް --

މީގެ އިތުރުން، މި އަހަރުގެ ފުޑް ކާނިވަލުގައި 15 އައުޓްލެޓަކުން އެމްއައިބީގެ ކާޑު ނުވަތަ ވެއަރަބަލް ޕޭމަންޓް މެދުވެރިކޮށް ކުރާ ކޮންމެ ވިޔަފާރިއަކުން 10 ޕަސެންޓް ޑިސްކައުންޓް ލިބޭ ކެމްޕޭނެއް ވެސް އެމްއައިބީން ކުރިޔަށް ގެންދާކަމަށް އެ ބޭންކުން ބުނެއެވެ.

މި 15 އައުޓްލެޓްގެ ތެރޭގައި ހިމެނެނީ ސާދާ އެންޓަޓެއިންމަންޓް، ހަބް ޝޯރޫމް، ހޮރޯ ހައުސް، އައިއްޓޭ ސީފުޑް، މެލްޓްސް، ކްލަބް 99 ބޮނޑިބަތް، އައިލެންޑް ފްލޭވަސް، މަމަކް، ސޫޝީ ސްނެޕް، ބުރުޒު ޕޭސްޓްރީ، ޝަވަރުމާޝީ، ސޯސްޑް އަޕް ބައި ލޫސީސް، ބެޓޮއިޑް ލޮޖިސްޓިކްސް، މާސް ކެރަމެލް، އަދި ޕެޓިސްއެވެ.

މިއަދަކީ، ވަރަށް ގިނަ ބަޔެއްގެ ތަރުހީބު ލިބެމުން އޮންނަ ފުޑް ކާނިވަލްގެ އެންމެ ފަހު ދުވަހެވެ.

comment ކޮމެންޓް