މޯލްޑިވް ގޭހުން 45 ކިލޯއާއި 22 ކިލޯގެ ގޭސް ފުޅި ރީފިލްކޮށްދޭ އަގު ބޮޑުކޮށްފި

މޯލްޑިވް ގޭހުގެ މުވައްޒަފުންތަކެއް: އެ ކުންފުނިން 45 ކިލޯއާއި 22 ކިލޯގެ ގޭސް ފުޅި ރީފިލްކޮށްދޭ އަގު ވަނީ ބޮޑުކޮށްފައި--

ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި، މޯލްޑިވް ގޭހުން 45 ކިލޯއާއި 22 ކިލޯގެ ގޭސް ފުޅި ރީފިލްކޮށްދޭ އަގު ބޮޑުކޮށްފިއެވެ.

މިއަދު 'ސަން'އިން ސުވާލުކުރުމުން އެ ކުންފުނިން ބުނީ، 22ކިލޯއާއި 45 ކިލޯގެ ގޭސް ފުޅިއެއް ރީފިލްކޮށްދޭ އަގު ބޮޑުވެފައިވާ ކަމަށެވެ.

އެގޮތުން، ކުރިން 1،170 ރުފިޔާއަށް ރީފިލްކުރެވޭ 45 ކިލޯގެ ގޭސް ފުޅިއެއް މޯލްޑިވް ގޭސްއިން މިހާރު ރީފިލްކޮށްދެނީ، 1،345.50 ރުފިޔާއަށެވެ. އަދި، މިހާރު 22 ކިލޯގެ ގޭސް ފުޅިއެއް އެ ކުންފުނިން ރީފިލްކޮށްދެނީ، 500 ރުފިޔާއަށެވެ.

މޯލްޑިވްސް ގޭސް: މޯލްޑިވް ގޭހުން 45 ކިލޯއާއި 22 ކިލޯގެ ގޭސް ފުޅި ރީފިލްކޮށްދޭ އަގު ވަނީ ބޮޑުކޮށްފައި -- ސަންފޮޓޯ/ ނާއިލް ހުސައިން

ކުރިން އެ ވަރުގެ ފުޅިއަކަށް ގޭސް އަޅައިދެނީ 400 ރުފިޔާއަށް ކަމަށްވާއިރު، އެ ވަރުގެ ގޭސް ފުޅިއެއް ވިއްކަނީ 500 ރުފިޔާއަށެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭހުން މި ބަދަލުތައް ގެނައި ސަބަބެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު މޯލްޑިވް ގޭސްއިން، ވަނީ ގޭސް ލިބުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން, މީގެ ކުރިން ވިއްކަމުން އައި 10 ކިލޯގެ ގޭހުގެ ބަދަލުގައި ހަތް ކިލޯގެ ގޭސް ފުޅި ވެސް ވިއްކައިފައެވެ. ނަމަވެސް ފަހުން ވަނީ އެ މައްސަލަ ހައްލު ކޮށްފައެވެ.

ގޭހަށް އޯޑަރު ދިނުމުން، ގޭސް ލިބުން އިންތިހާއަށް ލަސްވާ ކަމުގެ ޝަކުވާތައް އެ ދުވަސްވަރު ފެންމަތިވި ވެސް ވިއެވެ.

އެ މައްސަލަ ހައްލުކޮށް، މޯލްޑިވް ގޭހާއި ވިލާއިން އާންމު މިންވަރަށް ގޭސް ވިއްކަން ފެށުނީ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

https://sun.mv/217706

މީގެ ކުރިން މޯލްޑިވް ގޭހާ ގުޅުން ހުރި ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އެގޮތުން، އޮކްޓޯބަރު 2024ގައި އޯޑަރުކުރި އަށްލައްކަ ޑޮލަރުގެ ގޭސް ޝިޕްމަންޓްގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ދެއްކި 250،000 އެއްހާ ޑޮލަރު "ގެއްލުނު" މައްސަލައެއް ބަލަމުން އަންނަކަން މިދިޔަ އޭޕްރިލް މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ބުނެފައެވެ. ފަހުން އެ މައްސަލައަށް ވީ ގޮތެއް ހާމައެއް ނުކުރެއެވެ.

ރާއްޖެއަށް ގޭސް އެތެރެކުރާ މައި ސަރުކާރު ކުންފުނި ކަމަށްވާ މޯލްޑިވް ގޭހުން ވަނީ، ރައްޔިތުން އާންމުކޮށް ބޭނުންކުރަމުން އަންނަ ބޮޑެތި ގޭސް ފުޅިތަކުގެ ރީފިލްކުރާ އަގުތައް ވަރަށް ބޮޑަށް އުފުލާފައެވެ. އެގޮތުން 22 ކިލޯއާއި 45 ކިލޯގެ ގޭސް ފުޅި ރީފިލްކޮށްދޭ އަގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގަމުން އަންނަ މި ކުންފުނިން، މިފަދަ ބޮޑު ބަދަލެއް ގެނައި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. މިއީ އާންމު ރައްޔިތުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. މި އަގުތަކަށް ގެނެވުނު ބަދަލަކީ ކަސްޓަމަރުންނަށް އަންނާނެ އިތުރު މާލީ ބުރައެކެވެ. މީގެ ކުރިންވެސް ގޭސް ލިބުމުގެ ދަތިކަމާއި، ކުންފުންޏާ ގުޅުންހުރި ކޮރަޕްޝަންގެ ބައެއް މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެގޮތުން ގޭސް ޝިޕްމަންޓަކާ ގުޅޭ ފައިސާގެ މައްސަލައެއް ތަހުގީގުކުރަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ. އެހެންކަމުން، މި ބަދަލާއެކު އާންމުންގެ ކަންބޮޑުވުންތައް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން މާޒީގައި ކުންފުނީގެ ހިންގުމުގައި ހުރި ބައެއް ދޯދިޔާ ކަންކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވެއެވެ.

  • 45 ކިލޯގެ ގޭސް ފުޅިއެއް ރީފިލްކޮށްދޭ އަގު 1،170 ރުފިޔާއިން 1،345.50 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
  • 22 ކިލޯގެ ގޭސް ފުޅިއެއް ރީފިލްކޮށްދޭ އަގު 400 ރުފިޔާއިން 500 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
  • އަގަށް ބަދަލުގެނައި ސަބަބު މޯލްޑިވް ގޭހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
  • މީގެ ކުރިން ގޭސް ލިބުމުގެ ދަތިކަމާ ގުޅިގެން 10 ކިލޯގެ ބަދަލުގައި 7 ކިލޯގެ ފުޅި ވެސް ވިއްކާފައިވެއެވެ.
  • އަށްލައްކަ ޑޮލަރުގެ ޝިޕްމަންޓަކުން ގެއްލުނު 250،000 ޑޮލަރުގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއިން އަންނަނީ ތަހުގީގުކުރަމުންނެވެ.
  • ގޭސް ރީފިލްކުރުމުގެ އަގުތައް އުފުލުން: ވިޔަފާރިތަކާއި އާންމުންނަށް މާލީ ބުރައެއް ކުރިމަތިވުން.
  • ސަބަބު ހާމަނުކުރުން: ކުންފުނީގެ ނިންމުންތަކުގައި ދެފުށްފެންނަ މިންވަރު ކުޑަވުން.
  • ކޮރަޕްޝަނާއި ހިންގުމުގެ މައްސަލަތައް: ކުރިން ހިނގާފައިވާ މައްސަލަތަކުގެ ސަބަބުން ކުންފުނީގެ އިތުބާރަށް ނޭދެވޭ އަސަރުކުރުން.
comment ކޮމެންޓް