ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މިރޭ ފަތިހު އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރާ މެޗަށް އާޖެންޓީނާގެ ކެޕްޓަން އަދި މުޅި ދުނިޔޭގެ އެންމެ އުންމީދީ ފުޓްބޯޅަ ތަރި ލިއޮނަލް މެސީ ފިޓުކަމަށާއި ފުރަތަމަ އެގާރައިގައި ހިމެނުމުގެ ފުރުސަތު ބޮޑުކަމަށް އެ ގައުމުގެ ހެޑް ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.
ގްރޫޕް ޖީން ކޮލިފައިވި ވަރުގަދަ އަލްޖީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ހާމަކުރި ގޮތުގައި، ފާއިތުވި ހަފުތާތަކުގައި މެސީގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ސަޕޯޓަރުންގެ ކަންބޮޑުވުންތަކަށް މިހާރު ވަނީ ނިމުމެއް އައިސްފައެވެ.
މެސީގެ އިތުރުން ޓީމުގެ އެހެން މުހިންމު ކުޅުންތެރިން ވެސް މެޑިކަލް ޓެސްޓުތަކުން ފާސްވެ، މެޗަށް މުޅިން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި އާޖެންޓީނާގެ ފަރިތަކުރުންތަކުގެ ތެރެއިން ކެޕްޓަން ލިއޮނަލް މެސީ--
މެސީގެ އިތުރުން އާޖެންޓީނާ ޓީމަށް ލިބުނު އަނެއް ހިތްހަމަޖެހުމަކީ ފޯވާޑް ހޫލިއަން އަލްވަރޭޒްގެ ފަޔަށޤ ލިބުނު އަނިޔާ މުޅިން ރަނގަޅުވުމާއި، ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒްގެ އިނގިއްޔަށް ލިބުނު އަނިޔާއިން ސަލާމަތްވެ ފުރަތަމަ އެގާރައިގައި ހިމެނެން ތައްޔާރަށް ހުރުމެވެ.
މިވަގުތު ކުޑަކޮށް މޮނިޓަރ ކުރަމުންދަނީ ހަމައެކަނި ތަޖުރިބާކާރު ޑިފެންޑަރު ނިކޮލަސް ޓަގްލިއަފިކޯއެވެ. ކޯޗު ސްކަލޯނީ ބުނި ގޮތުގައި މެސީ ދަނޑުމަތިން ފެނުމަކީ މުޅި ދުނިޔެ ވެސް އިންތިޒާރުކުރާ ކަމެއް ކަމަށާއި މިހާރު މެސީ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަނުން މި މުބާރާތާ ކުރިމަތިލަނީ އެންމެ ފަހުން އެ ޓީމު ކުޅެފައިވާ 7 މެޗުން މޮޅުވެފައިވާ ރެކޯޑަކާއެކުގައެވެ.
ސްކަލޯނީ ވަނީ ފުރަތަމަ މެޗަކީ މުހިންމު މެޗަކަށް ވިޔަސް، މުޅި މުބާރާތުގެ ނަތީޖާ އެ މެޗަކުން ނުނިންމާނެ ކަމަށޭވެ. ވޭތުވެދިޔަ ވޯލްޑް ކަޕްގެ ތަޖުރިބާއިން ގިނަ ފިލާވަޅުތަކެއް ލިބިފައިވާތީ، ޓީމު އޮތީ ތަށި ދިފާއުކުރުމުގެ ވަރުގަދަ އަޒުމެއްގައި ކަމަށް ކޯޗު ބުންޏެވެ.
އާޖެންޓީނާ އާއި އަލްޖީރިއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ކެންސަސް ސިޓީގައެވެ.
މި މެޗު ކުރިއަށްދާނީ އެ ސިޓީގައި ހުންނަ މަޝްހޫރު ކެންސަސް ސިޓީ ސްޓޭޑިއަމްގައެވެ. މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ މިރޭ ފަތިހު ރާއްޖެގަޑިން 06:00 ގައެވެ.