ހުރިހާ މަސައްކަތަކުން މަގުފަހި މި ކުރަނީ، 2040އަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހަދަން: ރައީސް

ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު: ވިދާޅުވީ، ހުރިހާ މަސައްކަތަކުން މަގުފަހި މި ކުރަނީ، 2040އަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހަދަން ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

ހުރިހާ މަސައްކަތަކުން މަގުފަހި ކުރަނީ، 2040އަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހަދަން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެތައް ބަޔަކު އިންތިޒާރު ކުރަމުން އައި، ޕޭޕަލްގެ ޚިދުމަތް މިއަދު ވަނީ ރާއްޖެއަށް ތައާރަފުކޮށްފައެވެ. މި ޚިދުމަތް ތައާރަފުކޮށްދެއްވީ، ރައީސް މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ޕޭޕަލް ޚިދުމަތް ރާއްޖެއަށް ތައާރަފުކުރުމަކީ އަދި ދާން ބޭނުންވާ ހަގީގީ މަންޒިލް ނޫން ކަމަށެވެ. އެއީ، ގައުމީ އުންމީދުތަކާ ގުޅުވައިދޭ ވަސީލަތެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ---- ފޮޓޯ/ރައީސް އޮފީސް

ހުރިހާ މަސައްކަތެއް ކޮށްގެން މަގުފަހި މި ކުރަނީ 2040އަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ތަޞައްވުރު ހާސިލުކުރުމަށް. ގައުމުގެ އިގުތިޞާދު ސިންދަފާތު ނުކޮށް މި ކަމެއް ނުކުރެވޭނެރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް ވަނީ، 2030 ވަނަ އަހަރު އަންނައިރު ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާކުރާނީ ޑިޖިޓަލް އިގުތިސާދުން ކަމަށް ވިދާޅުވެފައިވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ. މިގޮތުން، ގޫގުލްއާއެކު ދިވަރު އިންޓަނޭޝަލް ސަބްމެރިން ގެނައުމުގެ މަސައްކަތް ފެށީ ވެސް އެ ތަޞައްވުރާ އެއްގޮތަށްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ދިވެހި ކާބަފައިން ރާއްޖެއާ ދުނިޔެ ގުޅުވައިދިނީ، ކަނޑުމަގުން ކަމަށާއި މިއަދު އެ ކަން ކުރަނީ ޑިޖިޓަލް އިގުތިޞާދުގެ ތެރެއިން ކަމަށެވެ.

ރައީސް ވަނީ، ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ ބާޒަރުން މި ލިބުނު ފުރުސަތާއެކު، އޭގެ ފައިދާ ނެގުމަށް ގޮވާލައްވާފައެވެ.

https://sun.mv/197146

ފާހަގަކުރެވޭ ގޮތުގައި، 2040އަށް ރާއްޖެއަކީ އެއްކޮށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަކީ އަމާޒެއްކަން ރައީސް ހާމަކުރެއްވީ، ސެޕްޓެމްބަރު 24، 2024ގައި އދ.ގެ އާންމު މަޖިލީހުގައި ތަގުގީރު ކުރައްވަމުންނެވެ.

އޭރު ރައީސް ވިދާޅުވީ، ތަރައްގީވެފައިވާ ގައުމަކަށްވުމަކީ ދަތި އަދި އުނދަގޫ ކަމެއްގެ ގޮތުގައި މިހާރު ފެނުނު ނަމަވެސް ހަރުދަނާ ޕްލޭނެއް އޮތްނަމަ އެއީ ހާސިލުނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެ ލަނޑުދަނޑި ހާސިލުކުރަން މުހިންމު ފިޔަވަޅުތަކެއް އަޅަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ 2040 ވަނަ އަހަރު އަންނަންވާއިރަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، ދިވެހިން އެތައް ދުވަހަކުއްސުރެ އިންތިޒާރުކުރަމުން އައި ޕޭޕަލްގެ ޚިދުމަތް މިއަދު ވަނީ ރާއްޖެއަށް ރަސްމީކޮށް ތަޢާރަފުކޮށްފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ޕޭޕަލް ތަޢާރަފުކުރުމަކީ ހަމައެކަނި މަންޒިލެއް ނޫނެވެ. އެއީ ޤައުމީ އުންމީދުތައް ޙާސިލުކުރުމަށް އޮތް މުހިންމު ވަސީލަތެކެވެ. ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު ރާއްޖޭގެ ޖީޑީޕީގެ ފަނަރަ އިންސައްތަ ޑިޖިޓަލް އިޤުތިޞާދުން ޙިއްޞާކުރުމެވެ. މިކަމަށް މަގުފަހިކުރުމުގެ ގޮތުން ގޫގުލްއާ ގުޅިގެން ބައިނަލްއަޤުވާމީ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

  • 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ.
  • ދިވެހިންގެ ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި މިއަދު ވަނީ ތަޢާރަފުކޮށްފައެވެ.
  • 2030 ވަނަ އަހަރާ ހަމައަށް ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ ފަނަރަ އިންސައްތަ ޑިޖިޓަލް އިޤުތިޞާދަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
  • ދުނިޔޭގެ ބާޒާރަށް ދިވެހި އުފެއްދުންތެރިން ނުކުތުމަށް ލިބުނު ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
  • ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަން އދ. ގެ އާންމު މަޖިލީހުގައިވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.
comment ކޮމެންޓް