ގަވައިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރަން ހަ މަހުގެ މުއްދަތެއް ދީފި

ގަވައިދާ ޚިލާފަށް ކުރިން ބަންދުކޮށްފައި ހުރި ޕެކެޓުތަކެއް: ގަވައިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރަން ހަ މަހުގެ މުއްދަތެއް ވަނީ ދީފައި --- ފޮޓޯ/ އިމިގްރޭޝަން

ކާބޯތަކެތި ބަންދު ކުރުމާއި ލޭބަލް ކުރުމުގެ ގަވައިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް ހަ މަހުގެ މުއްދަތެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދީފިއެވެ.

މިދިޔަ އަންގާރަ ދުވަހު އެމްއެފްޑީއޭއިން ވަނީ، އެ ގަވައިދު ގެޒެޓުކޮށް އަމަލުކުރަން ފަށާފައެވެ. އެގޮތުން، ގަވައިދުގައިވާ ކަންކަމާ ޚިލާފުވެއްޖެނަމަ، ބޮޑެތި އަދަދުތަކުން އެ އޮތޯރިޓީއަށް ޖޫރިމަނާ ކުރެވެއެވެ.

އެ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އެ ގަވައިދަށް އަމަލުކުރަން ފަށާއިރު، ޕެކެޓުކޮށް ލޭބަލް ކޮށްފައިވާ ތަކެތި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ހަ މަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެހެންވެ، ދީފައިވާ މުއްދަތުގެ ތެރޭގައި ގަވައިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް ސަމާލުކަން ދިނުމަށް އެމްއެފްޑީއޭއިން އެދިފައިވެއެވެ.

https://sun.mv/223152

ފާހަގަކުރެވޭ ގޮތުގައި، މި ގަވައިދުގެ ހަދާފައި ވަނީ، ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އިމްޕޯޓު އަދި އެކްސްޕޯޓު ކުރާ ކާބޯތަކެތި ގޯސްކޮށް ލޭބަލްކުރާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށެވެ. އަދި ފަސް ފަހަރަށް ވުރެ ގިނައިން ކުށް ތަކުރާރުކޮށްފި ނަމަ، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން ލައިސެންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރުމުގެ އިޚްތިޔާރު ވެސް އެ އޮތޯރިޓީއަށް އޮންނާނެއެވެ.

ގަވާއިދުގައި ބަޔާންކުރާ ގޮތުން، ލޭބަލް ނުކޮށް ނުވަތަ އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްގެން މުދާ ވިއްކުމަކީ މަނާ ކަމެކެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަލަށް ގެޒެޓުކޮށް އަމަލުކުރަން ފަށާފައިވާ ކާބޯތަކެތި ލޭބަލްކުރުމުގެ ގަވާއިދަށް ފުރިހަމައަށް އަމަލުކުރުމަށް ވިޔަފާރިވެރިންނަށް ހަ މަސްދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ. މި މުއްދަތުގެ ތެރޭގައި ބާޒާރުގައި ހުރި ޕެކެޓުކޮށްފައިވާ އުފެއްދުންތައް އާ މިންގަނޑުތަކަށް ފެއްތުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ. މި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ކަނޑައެޅިފައެވެ. އެގޮތުން، ގަވާއިދާ ޚިލާފަށް ނުވަތަ އޮޅޭގޮތަށް ލޭބަލްކޮށްގެން މުދާ ވިއްކާނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމާއި، ކުށް ތަކުރާރުކުރާނަމަ ވިޔަފާރީގެ ހުއްދަތައް ބާތިލުކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

  • އަލަށް އެކުލަވާލި ކާބޯތަކެތި ލޭބަލްކުރުމުގެ ގަވާއިދަށް އަމަލުކުރަން ވަނީ ފަށާފައި.
  • މިންގަނޑުތަކަށް ފެއްތުމަށްޓަކައި ވިޔަފާރިވެރިންނަށް ހަ މަސްދުވަހުގެ ފުރުސަތެއް ދީފައިވޭ.
  • ގަވާއިދާ ޚިލާފަށް ކާބޯތަކެތި ލޭބަލްކުރާނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެ.
  • ފަސް ފަހަރަށްވުރެ ގިނައިން ކުށް ތަކުރާރުކޮށްފިނަމަ ޖޫރިމަނާކުރުމާއެކު ލައިސަންސް ނުވަތަ ރަޖިސްޓަރީ ބާތިލުކުރެވޭނެ.
  • ލޭބަލް ނުކޮށް ނުވަތަ ކަސްޓަމަރުންނަށް އޮޅޭގޮތަށް ލޭބަލްކޮށްގެން ތަކެތި ވިއްކުމަކީ މަނާކަމެއް.
comment ކޮމެންޓް