ފަޅާލި ފިޔޯރީ ފޮށީގެ ވޯޓު ބާތިލުކޮށް، އެހެން ދުވަހަކަށް ވޯޓު ފަސްކޮށްފި

ފަޅާލި ފިޔޯރީ ފޮށީގެ ވޯޓު ބާތިލުކޮށް، އެހެން ދުވަހަކަށް ވޯޓު ފަސްކޮށްފި --

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވުމަށް މިއަދު ކުރިއަށްދާ އިންތިޚާބުގެ ތެރެއިން ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލުމާއެކު، އެ ފޮއްޓަށް ލީ ވޯޓު ބާތިލުކޮށް، އެހެން ދުވަހަކުން ވޯޓުލާ ގޮތަށް ފަސްކޮށްފިއެވެ.

ފިޔޯރީގައި ހުރި ވޯޓު ފޮށި ފަޅާލާފައިވާކަން އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ މުބާޙު ވެސް ވަނީ "ސަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. މުބާޙު ވިދާޅުވި ގޮތުގައި ވޯޓު ފޮށި ފަޅާލި މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

https://sun.mv/223255

އެ ރަށުން "ސަން" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ވޯޓު ފޮށި ފަޅާލާފައި ވަނީ ރަސްމީ ފާހެއް ނެތި ވޯޓުލާ މަރުކަޒުގައި މަޑުކުރަން ބޭނުންވި މީހެކެވެ. އޭނާއަކީ ކެންޑިޑޭޓެއްގެ މަންދޫބެއް ކަމަށް ބުނި ނަމަވެސް އޭނާގެ އަތުގައި އެކަން އަންގައިދޭ ފާހެއް ނެތް ކަމަށާއި ވޯޓާސް ލިސްޓުގައި ވެސް އޭނާގެ ނަމެއް ނެތް ކަމަށް އެ މީހާ މައުލޫމާތު ދިނެވެ.

ފިޔޯރީގެ އިތުރުން ފ. ފީއަލީގައި ވެސް ވަނީ އިންތިޚާބާ ގުޅޭ ސީރިއަސް މައްސަލައެއް ފެންމަތިވެފައެވެ. ފީއަލީގައި ބެހެއްޓި ވޯޓު ފޮށި ވަގަށް ނަގައިގެން ގެންގޮސް ގެއެއްގެ ތެރޭގައި ބަހައްޓާފައިވާ ކަމަށް އެ ރަށުން "ސަން" އަށް މައުލޫމާތު ދިން މީހަކު ވަނީ ބުނެފައެވެ. އޭނާ ބުނި ގޮތުގައި އެކަން ކުރީ ރައީސް ނަޝީދަށް ތާއީދު ކުރާ ބައެކެވެ. އަދި މިއަދު މެންދުރު ފަހު 2:45 ހާއިރުން ފެށިގެން އެ ވޯޓު ފޮށި ވަނީ ވަގަށް ގެންގޮސް ފޮރުވާފައި ކަމަށް އޭނާ މައުލޫމާތު ދިނެވެ.

މީގެ އިތުރުން ފީއަލީގައި ވޯޓުލުން ކުރިއަށްދަނީ ރަސްމީ ލިސްޓަށް ނޫން ކަމަށް ބުނެ، ކެންޑިޑޭޓް މީކާއީލް އަހުމަދު ނަސީމުގެ ޓީމުން ވެސް ވަނީ މައްސަލަ ހުށަހަޅާފައެވެ.

މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ ހަ ވަނަ އިންތިޚާބެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލުމާ ގުޅިގެން، އެ ފޮއްޓަށް ލީ ވޯޓުތައް ބާތިލުކޮށް އެ ރަށުގެ ވޯޓުލުން އެހެން ދުވަހަކަށް ވަނީ ފަސްކޮށްފައެވެ. މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާއިރު، މި އަމަލު ހިންގާފައިވަނީ ވޯޓުލާ މަރުކަޒުގައި ހުރުމުގެ ރަސްމީ ހުއްދައެއް އަދި ވޯޓާސް ލިސްޓުގައި ނަމެއް ވެސް ނެތް ފަރާތަކުންނެވެ. މީގެ އިތުރުން ފ. ފީއަލީގައި ވެސް ވަނީ އިންތިޚާބާ ގުޅޭ ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައެވެ. އެގޮތުން، އެ ރަށުގައި ބެހެއްޓި ވޯޓު ފޮށި ވަގަށް ނަގައިގެން ގެއެއްގައި ފޮރުވާފައިވާ ކަމަށާއި، އަދި ރަސްމީ ލިސްޓާ ޚިލާފަށް ވޯޓުލުން ކުރިއަށްދާ ކަމުގެ ޝަކުވާތައް ކެންޑިޑޭޓުންގެ ފަރާތުން ވަނީ ހުށަހަޅާފައެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް މީހަކު އައްޔަންކުރުމަށް ބާއްވާ ހަވަނަ އިންތިޚާބެވެ.

  • ގދ. ފިޔޯރީގެ ވޯޓު ފޮށި ފަޅާލުމުގެ ސަބަބުން އެ ފޮށީގެ ވޯޓުތައް ވަނީ ބާތިލުކޮށްފައެވެ.
  • ފިޔޯރީގައި ވޯޓުލުން އެހެން ދުވަހަކަށް ފަސްކޮށް، ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
  • ފ. ފީއަލީގެ ވޯޓު ފޮށި ބަޔަކު ވަގަށް ނަގައިގެން ގެއެއްގެ ތެރޭގައި ފޮރުވާފައިވާ ކަމުގެ މައްސަލަ ވަނީ ފެންމަތިވެފައެވެ.
  • ރަސްމީ ވޯޓާސް ލިސްޓާ ޚިލާފަށް ފީއަލީގައި ވޯޓުލުން ކުރިއަށްދާތީ ކެންޑިޑޭޓުންގެ ފަރާތުން ވަނީ ޝަކުވާ ހުށަހަޅާފައެވެ.
  • އިންތިޚާބުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތައް އެޅުން.
  • ވޯޓުލާ މަރުކަޒުތަކަށް ވަންނަ ފަރާތްތަކުގެ ހުއްދަތައް ހަރުކަށިކޮށް ބެލެހެއްޓުން.
  • ވޯޓާސް ލިސްޓުގެ ސައްހަކަން ކަށަވަރުކޮށް، ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދިނުން.
comment ކޮމެންޓް