ވޯލްޑް ކަޕާ ގުޅޭ ފާޑުކިޔުންތަކަށް އިންފަންޓީނޯގެ ޖަވާބަކީ ''ޗިލް އެންޑް ރިލެކްސް''

ފީފާގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިންފަންޓީނޯ--

ވޯލްޑް ކަޕާ ގުޅިގެން ރެފްރީންނާއި، ކުޅުންތެރިންގެ އިތުރުން ގައުމުތަކުގެ ސަޕޯޓަރުންނާ މެދު އެމެރިކާއިން އަޅަމުންގެންދާ ފިޔަވަޅުތަކާ ގުޅިގެން ފީފާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް ކަމަށާއި އެކަންކަމާ ގުޅޭ ވާހަކަނުދައްކާ '' ޗިލް އެންޑް ރިލެކްސް'' ނުވަތަ ހަމަޖެހިލުމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުން ރެފްރީންނާއި، ކުޅުންތެރިންނާއި، ނޫސްވެރިންގެ އިތުރުން ސަޕޯޓަރުން ބޭންކުރުމާ ގުޅޭގޮތުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެއްކެވި މި ވާހަކަތަކަކާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން މި ވާހަކަތަކަށް ހުއްޓިފައިވާއިރު، ގިނަ ބަޔަކު ދަނީ މި ވާހަކަތަކަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

https://sun.mv/223094

އިންފަންޓީނޯ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ސަރުކާރުތަކެއް އޮންނާނެ ކަމަށާއި އެ ގައުމެއްގެ ކަންކަން ހިންގާ ބަލަހައްޓާނީ އެ ގައުމެއްގެ ސަރުކާރުން ކަމަށެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕާއި ގުޅިގެން އެމެރިކާއިން ވެސް ނިންމާފައިވާ ނިންމުން ތަކަކީ އެ ގައުމުގެ އަމިއްލަ ނިންމުންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިފަދަ ނިންމުންތަކާއި މެދު ފީފާއިން ކަންބޮޑުވި ނަމަވެސް އެކަމާއި ކުރެވޭނޭ މާބޮޑު ކަމެއް ނޯންނާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/222998

ނަމަވެސް، އިންފަންޓީނޯގެ މި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެއީ މީގެ ކުރިން ސަރުކާރުތަކުގެ ސިޔާސީ ނިންމުންތަކާ ގުޅިގެން ފީފާއިން ހަރުކަށި ފިޔަވަޅުތައް އަޅާފައިވާތީއެވެ.

އެގޮތުން 2023 ވަނަ އަހަރު އިންޑޮނޭޝިއާއިން އިޒްރޭލުގެ 23 އަހަރުން ދަށުގެ ޓީމަށް ވިސާ ދިނުމަށް އިންކާރު ކުރުމާ ގުޅިގެން، ފީފާއިން ވަނީ ވަގުތުން އެ މުބާރާތް އިންޑޮނޭޝިއާ އަތުން އަތުލައި އާޖެންޓީނާއަށް ބަދަލުކޮށްފައެވެ.

https://sun.mv/222930

މި ހާދިސާއަށް ރިއާޔަތްކޮށް ގިނަ ފަރާތްތަކުން ސިފަކުރާ ގޮތުގައި އިންފަންޓީނޯގެ މިހާރުގެ ވާހަކަތަކަކީ ފީފާގެ ކުރީގެ އަމަލުތަކާ ފުށުއަރާ ވާހަކަތަކެކެވެ. ސަރުކާރުތަކުގެ ނުފޫޒުގެ ސަބަބުން ފިޔަވަޅު ނޭޅޭނެ ކަމަށް ވިދާޅުވާއިރު، މީގެ ކުރިން އަމަލުކޮށްފައިވާ ގޮތުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި މިފަދަ ކަންކަން އިސްލާހުކުރުމުގެ ބާރު ފީފާއަށް އޮންނަކަން ހާމަވެއެވެ.

މި މައްސަލައިގައި ފީފާގެ ރައީސްގެ ބަޔާނާ ގުޅިގެން، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވާ ކުޅުންތެރިންނާއި، ނޫސްވެރިން އަދި ސަޕޯޓަރުންގެ ހައްގުތައް ހިމާޔަތްކުރުމުގައި ފީފާގެ ދައުރާމެދު މިހާރު ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފައެވެ.

ފީފާ ވޯލްޑް ކަޕާ ގުޅިގެން ކުޅުންތެރިންނާއި، ރެފްރީން އަދި ސަޕޯޓަރުންނާމެދު އެމެރިކާއިން އަޅާ ފިޔަވަޅުތަކަށް ފީފާއަށް ކުރެވޭނެ ކަމެއް ނެތްކަމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ގައުމުތަކުގެ ސަރުކާރުތަކުގެ ނިންމުންތަކަކީ އަމިއްލަ ނިންމުންތަކެއް ކަމަށާއި، އެކަންކަމާމެދު ކަންބޮޑުނުވެ ހަމަޖެހިލުމަށް ނުވަތަ ޗިލް އެންޑް ރިލެކްސް ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން ފީފާއިން ކަންބޮޑުވި ނަމަވެސް އެމެރިކާގެ ނިންމުންތަކަށް ބަދަލުގެނައުމުގެ ބާރު ނެތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ފީފާއަށް ފާޑުކިޔަމުންނެވެ. ސަބަބަކީ، މީގެ ކުރިން 2023 ވަނަ އަހަރު އިންޑޮނޭޝިއާއިން އިޒްރޭލު ޓީމަށް ވިސާ ނުދިން މައްސަލައިގައި ފީފާއިން ހަރުކަށި ފިޔަވަޅު އަޅައި، މުބާރާތް އިންޑޮނޭޝިއާ އަތުން އަތުލާފައިވުމެވެ. އެހެންކަމުން މިއީ ފީފާގެ ކުރީގެ އަމަލުތަކާ ފުށުއަރާ، އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމާމެދު ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

  • ފީފާގެ ރައީސް ވިދާޅުވީ އެމެރިކާގެ ނިންމުންތަކަށް ފީފާއަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ.
  • މައްސަލަތަކާމެދު ކަންބޮޑުނުވެ ހަމަޖެހިލުމަށް އިންފަންޓީނޯ ވަނީ ގޮވާލައްވާފައެވެ.
  • އިންފަންޓީނޯގެ ވާހަކަތަކާ ގުޅިގެން އާންމުންނާއި ނޫސްވެރިންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
  • 2023 ވަނަ އަހަރު އިންޑޮނޭޝިއާއާމެދު ފީފާއިން އެޅި ހަރުކަށި ފިޔަވަޅާ މިހާރުގެ އަމަލުތައް ފުށުއަރައެވެ.
  • މިއީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހައްގުތައް ހިމާޔަތްކުރުމުގައި ފީފާގެ ދައުރާމެދު ބަހުސް އުފެދިފައިވާ މައްސަލައެކެވެ.
comment ކޮމެންޓް