ނަމާދު ނުކުރުމަކީ ނުރައްކާތެރިކަން ބޮޑު މައްސަލައެއް

ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. ނަމާދު ނުކުރާ ނަމަ އެ މީހެއްގެ ދީން އެ މީހެއްގެ ކިބައިން ފިލާ ހިނގައިދާނެއެވެ. ނަމާދު ނުކުރުމަކީ ނުރައްކާތެރިކަން ބޮޑު މައްސަލައެކެވެ.

މުސްލިމުންނާ ކާފިރުންނާ ދެމެދު ފަރަޤުކުރާ އެއްޗަކީ ނަމާދެވެ. ނަބަވީ މިންކުރުމުގައި އައިސްފައި އޮތީ އެފަދައިންނެވެ. عَنْ بَرِيْدَة رَضِيَ اللهُ عَنْهُ عَنَّ النَّبِي صَلَّى اللهُ عَلَيْهِ وَسَلَّم أَنَّهُ قَالَ: "الْعَهْدُ الَّذِي بَيْنَنَا وَبَينَهُم الصَّلَاةُ، فَمَنْ تَرَكَهَا فَقَدْ كَفَرَ" (صحيح ابن ماجه) މާނައީ: ބަރީދާ رضي الله عنهގެ ކިބައިން ރިވާވެގެން ވިއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "އެބައިމީހުންނާ (އެބަހީ ކާފިރުންނާ) އަހަރުމެންނާ (އެބަހީ މުސްލިމުންނާ) ދެމެދު ވާ އަހުދަކީ (އިންފާރަކީ) ނަމާދެވެ. ނަމާދު އަޅައިފި މީހާ ކާފިރު ވެއްޖެއެވެ."

ކަމަކީ ބޮޑުކަމެކެވެ. ވިސްނަންވީ މުހިންމު ކަމެކެވެ. ހަނދާންނެތުމުގެ ސަބަބުން ނުވަތަ އެނޫން ވެސް އުޒުރެއް ދިމާވުމުގެ ސަބަބުން ނަމާދު ދޫވި މީހާގެ ވާހަކައެއް ނޫނެވެ. އެއްގޮތަކަށް ނަމާދު ނުކުރާ މީހާގެ ވާހަކައެވެ. ނަމާދަކީ ކުރަން ޖެހޭ އެއްޗެއްކަން ޤަބޫލު ވެސް ނުކުރާމީހާގެ ވާހަކައެވެ. އެ ފަދަ މީހާއީ މުސްލިމުން ތެރޭ އުޅުނެއް ކަމަކު މުސްލިމަކަށް ނުވާނެއެވެ.

އިސްލާމީ މުޖުތަމަޢުތަކުން މިއަދު ފެންނަ އެންމެ ހިތްދަތި އެއް މަންޒަރަކީ ނަމާދަށް އަހައްމިއްޔަތު ކުޑަވަމުން ދާ މަންޒަރެވެ. ދިރިއުޅުމަށް ކުރާ މަސައްކަތްތަކުގައި އެ މީހުން މަޝްޣޫލުވެ ދުނިޔެއަށް ފޮނުއްވައިފައިވާ އަސްލު މަޤްޞަދު ވެސް ހަނދާން ނެތިފައި ތިބި ކަހަލައެވެ. މަރުވާނެކަމެއް ހިސާބުބެލެވޭނެ ކަމެއް ނުދަނެއެވެ.

ދުނިޔޭގެ ޙަޔާތުގައި އެކު އުޅޭ މީހުންނަކީ ނަމާދު ނުކުރާ ބަޔަކަށް ވާ ނަމަ، އެ ކަމުގެ ނުރައްކާ އަދި މާ ބޮޑެވެ. އެ މީހުންނާ އެކު ހޭދަވާ ވަގުތު ތަކުގައި ނަމާދަށް ދާނެ އަވައްޖެއް ހޯދަން އުނދަގޫ ވެއެވެ. އެކުވެރިންނާއި ގާތްތިމާގެ މީހުންގެ ތެރޭ އެފަދަ މީހުން އެބަ އުޅެއެވެ. ދެމަފިރިންގެ ތެރެއިން އެކަކު ނަމާދު ކޮށްފައި އަނެކަކު ނަމާދު ނުކުރާ ނަމަ މަސްލަޙަތު ފުށޫއަރާނެ ވަރު ވިސްނާށެވެ.

ދިވެހިރާއްޖެ ފަދަ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގައި ނަމާދަށް ދެވޭ އަހައްމިއްޔަތު ކުޑަވާ ކަމުގެ އެންމެ ބޮޑު އެއް ނިޝާނަކީ މިސްކިތްތަކުގެ ޖަމާޢަތްތަކުން މީހުން މަދުވަމުން ދިޔުމެވެ. މި ކަމަށް އެދެވޭ ޙައްލެއް ލިބޭނީ ޒުވާނުންނާއި ކުޑަކުދިން މިސްކިތްތަކުގެ ޖަމާޢަތަށް ގެންގޮސް، އެ ކުދިން ނަމާދާ ގާތްކޮށްގެންނެވެ. އެ ކުދިންގެ ތަރުބަވީ ޢުމުރުގައި ދުވަހުގެ ތާވަލު ރާވަންވާނީ ނަމާދަށް އިސްކަންދޭގޮތަށެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއް ވެސް ތަރުތީބަކުން ކުރަން ދަސްކުރާ ގޮތަށް ނަމާދުގެ ތަރުތީބުތައް ވެސް ދަސްކޮށް އެ ކަމަށް ފަރިތަކުރުވަން ޖެހެއެވެ. ވަގުތު ޖެހުމުގެ ކުރިން ނަމާދަށް ތައްޔާރުވުމެވެ. ކުރިޔައިލައި މިސްކިތައް ގޮސް ނަމާދަށް އިންތިޒާރުކުރުމެވެ. ނަމާދު ކުރުމަށް ލޯބި ކުރުމެވެ. ނަމާދެއް އެޅިއްޖެ ނަމަ އެ ކަމުން ލިބިދާނެ ޢަޒާބަށް ބިރުވެތިވުމެވެ. މި ތަރުތީބުތަކަށް ތަރުބިއްޔަތު ކުރެވިގެން ނޫނީ ނަމާދުކުރާ ޖީލެއް ބިނާ ނުކުރެވޭނެއެވެ.

ނަމާދަކީ އިސްލާމްދީނުގެ މައިގަނޑު ތަނބެވެ. މުސްލިމުންނާއި ކާފިރުންނާ ދެމެދުވާ ފަރަޤަކީ ނަމާދެވެ. ނަމާދު ފަރުޟުކަން ޤަބޫލުނުކޮށް ގަސްތުގައި ނަމާދު ދޫކޮށްލާ މީހާ އިސްލާމްދީނުން ބޭރުވެއެވެ. މިއަދުގެ މުޖުތަމަޢުގައި ދުނިޔަވީ ކަންކަމުގައި މަޝްޣޫލުވެ، ނަމާދަށް ދެވޭ ސަމާލުކަން ވަނީ ކުޑަވެފައެވެ. ނަމާދު ނުކުރާ މީހުންނާ އެކު އުޅުމަކީ ނަމާދާ ދުރުކުރުވާ އަދި ޢާއިލީ މައްސަލަތައް އުފެދޭ ކަމެކެވެ. މުސްތަޤުބަލުގެ ޖީލުތައް ނަމާދަށް އަހުލުވެރިކޮށް، މިސްކިތުގެ ޖަމާޢަތަށް ޙާޟިރުވުމަށް ބާރުއެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

  • ގަސްތުގައި ނަމާދު އަޅާމީހާގެ ނުރައްކާތެރިކަން ދެނެގަނެ، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ ޙަދީޘްފުޅާ އެއްގޮތަށް ޢަމަލުކުރުން.
  • ދުނިޔަވީ މަސައްކަތްތަކަށްވުރެ ނަމާދަށް އިސްކަންދީ، އަމިއްލަ ދިރިއުޅުމުގެ ތާވަލު ނަމާދަށް ބިނާކޮށް ރޭވުން.
  • ނަމާދު ނުކުރާ އެކުވެރިންނާއި މާޙައުލުތަކުން ދުރުވެ، ހެޔޮލަފާ ޞާލިޙު މީހުންނާއެކު ވަގުތު ހޭދަކުރުން.
  • ޅަދަރިންނަށް ނަމާދުގެ މުހިންމުކަން އުނގަންނައިދީ، ކުޑައިރުއްސުރެ މިސްކިތުގެ ޖަމާޢަތަށް ގެންގޮސް ތަރުބިއްޔަތު ކުރުން.
  • ނަމާދަކީ މުސްލިމުންނާއި ކާފިރުން ވަކިކޮށްދޭ މައިގަނޑު އިންފާރެވެ.
  • ނަމާދަށް ފަރުވާކުޑަކުރުމަކީ އިސްލާމީ މުޖުތަމަޢުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
  • ކުޑަކުދިންނާއި ޒުވާނުން ނަމާދަށް ލޯބިޖެއްސުމަކީ މުޅި މުޖުތަމަޢު އިޞްލާޙުކުރުމުގެ ބިންގަލެވެ.
comment ކޮމެންޓް