ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެއްވި ޞާދިގު އަންނަ ހޯމަ ދުވަހު ހުވާ ކުރައްވަނީ

ސާދިގު: އޭނާ މަގާމާ ހަވާލުވުމަށް ހުވާ ކުރައްވާ ރަސްމިއްޔާތު އޮތީ އަންނަ ހޯމަ ދުވަހު ---- ފޮޓޯ/ އެމްޑީޕީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެއްވި އަބްދުﷲ ޞާދިގު (ސޯބެ) އަންނަ ހޯމަ ދުވަހު ހުވާކުރައްވައި، މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިއްޖެއެވެ.

ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި ޞާދިގު އިންތިޚާބު ކާމިޔާބުކުރެއްވީ 1،375 ވޯޓު ހޯއްދަވައިގެންނެވެ. ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ސޯބެއާ ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އަށް ލިބުނީ 1،313 ވޯޓެވެ.

މަޖިލީހުގެ އިދާރާއިން މިރޭ ބުނީ، ޞާދިގު މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހުގެ ހެނދުނު 08:30ގައި މަޖިލީސް ކުރާ ގޭގައި އޮންނާނެ ކަމަށެވެ.

ހޯމަ ދުވަހު ޞާދިގު ހުވާކުރައްވާއިރު، މި ހަފުތާގައި ފަށަން ބުނި މި ދައުރުގެ ޖަލްސާތައް ވެސް ވަނީ އަންނަ ހޯމަ ދުވަހު ފަށަން ލަސްކޮށްފައެވެ.

https://sun.mv/222982

ސާދިގު މެންބަރުކަމުގެ ހުވާ ކުރެއްވުމުން މަޖިލީހުގައި ތިއްބަވާ އެމްޑީޕީ މެންބަރުންގެ އަދަދު 13އަށް އިތުރުވާނެއެވެ. މަޖިލީހުގައި މިހާރު ވެރިކަން ކުރާ ޕީއެންސީގެ 74 މެންބަރުން ތިއްބަވައެވެ.

ފާހަގަކުރެވޭ ގޮތުގައި، ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ)ގެ ގޮނޑި ގެއްލުމުންނެވެ. އެއީ އޭނާއާއި އިތުރު ބަޔަކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ 12ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަން ކާމިޔާބުކުރެއްވި އަބްދުﷲ ޞާދިގު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު، އަންނަ ހޯމަ ދުވަހުގެ ހެނދުނު 08:30 ގައި ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދައުރުގެ މަޖިލީހުގެ ޖަލްސާތައް ފެށުންވެސް ވަނީ ޞާދިގު ހުވާކުރައްވާ ދުވަހާ ގުޅުވައި، އަންނަ ހޯމަ ދުވަހަށް ފަސްކޮށްފައެވެ. މި އިންތިޚާބުގައި ޞާދިގު ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދާ ވާދަކުރައްވައި 1375 ވޯޓު ހޯއްދަވައިގެންނެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މުޙައްމަދު ސިނާން ބޭންކަކުން ނަންގަވާފައިވާ ލޯނެއް ނުދެއްކެވުމުގެ ސަބަބުން، ސުޕްރީމް ކޯޓުން އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅުމާ ގުޅިގެންނެވެ.

  • ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެއްވީ އަބްދުﷲ ޞާދިގު.
  • މަގާމުގެ ހުވާކުރެއްވުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 08:30 ގައި މަޖިލީހުގައި.
  • ޞާދިގު އިންތިޚާބު ކާމިޔާބުކުރެއްވީ 1375 ވޯޓު ހޯއްދަވައިގެން.
  • މި ދައުރުގެ މަޖިލީސް ޖަލްސާތައް ފެށުން ވަނީ ހޯމަ ދުވަހަށް ފަސްކުރެވިފައި.
  • މި ގޮނޑި ހުސްވީ ކުރީގެ މެންބަރު ސިނާންގެ ސާބިތު ދަރަންޏަކާ ގުޅިގެން އޭނާގެ ގޮނޑި ގެއްލުމުން.
comment ކޮމެންޓް