މާދަމާ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް އަލުން ފަށަން އޮތް ނަމަވެސް، އަންނަ ހަފުތާއަށް ފަސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލީހުގެ ޖަލްސާތައް އަންނަ ހަފުތާއަށް ވަނީ ފަސްކޮށްފައި --- ފޮޓޯ/ މަޖިލިސް

މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ބުނި ނަމަވެސް، ޖަލްސާތައް ދެން ފަށާނީ އަންނަ ހަފުތާގައި ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފިއެވެ.

މި އަހަރުގެ ދެވަނަ ދައުރު ފެށީ، މިދިޔަ ހޯމަ ދުވަހު ކަމަށްވާއިރު، އެ ދުވަހުގެ ޖަލްސާއަށް ފަހު ހަފުތާއަކަށް މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލާފައެވެ.

އެ ދުވަހުގެ ޖަލްސާ ނިންމަވައިލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މި ހަފުތާގެ ހޯމަ ދުވަހު ކަމަށެވެ.

https://sun.mv/222978

ނަމަވެސް، މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، އެ މުއްދަތު އިތުރު ހަފުތާއަކަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ކަމަށް އެ އިދާރާއިން ބުންޏެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، މި ދައުރުގެ ޖަލްސާތައް އަންނަ އޮގަސްޓު 15ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން -- ފޮޓޯ/ މަޖިލިސް

ގަވައިދުގައި އޮންނަ ގޮތުން، ފުރަތަމަ ދައުރުގެ ޖަލްސާތައް އޮންނާނީ ކޮންމެ އަހަރެއްގެ ވެސް ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނިމިދިޔަ މެއި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރުމަށްޓަކައި މިދިޔަ މަހުގެ ނިޔަލަށް މިއަހަރުގެ ފުރަތަމަ ދައުރު ވަނީ ދަންމާލައިފައެވެ.

އެކަމަކު މިދިޔަ ހޯމަ ދުވަހުގެ، ޖަލްސާ ފެށެން ބައި ގަޑިއިރަށް ވެފައި ވަނިކޮށް، ނާޒިމް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ދައުރުގައި ވެސް މަޖިލީހުގެ ޖަލްސާތައް ގަވައިދުން ބާއްވައިފައެއް ނުވެއެވެ. އަދި، ކޮމިޓީ ބައްދަލުވުންތައް ވެސް ގަވައިދުން ބާއްވާފައެއް ނުވެއެވެ.

ސަރުކާރުގެ އަޣުލަބިއްޔަތުން ހިންގަމުން އަންނަ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައެއްގެ އިތުރުން, ގިނަ އިނާޔަތްތަކެއް ދައުލަތުން ފޯރުކޮށްދޭ ބައެކެވެ. އަދި، މަޖިލީހުގެ އިދާރާ ހިންގުމަށް ވެސް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރެއެވެ. އެކަމަކު، އެ ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުން މަސައްކަތް ނުކުރާކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.

މަޖިލީހުގެ ރައީސް ކުރިން އިއުލާނުކުރައްވާފައިވަނީ މި ހަފުތާގެ ހޯމަ ދުވަހު ޖަލްސާތައް ފަށާނެ ކަމަށެވެ. ގަވައިދުގައިވާ ގޮތުން މި ދައުރުގެ މަސައްކަތްތައް އޮގަސްޓު 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މީގެ ކުރިން ފުރަތަމަ ދައުރުގެ މުއްދަތު އިތުރުކުރެވުނީ މަޖިލީހުގެ ނައިބު ރައީސްކަމުން އަޙްމަދު ނާޒިމް ވަކިކުރުމަށެވެ. ނަމަވެސް، އެ ޖަލްސާގެ ކުރިން އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ފުރަތަމަ ދައުރުގައި ވެސް ޖަލްސާތަކާއި ކޮމިޓީތައް ގަވައިދުން ބާއްވާފައެއް ނުވެއެވެ. އަދި ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު، މެންބަރުންގެ މަސައްކަތްތައް މަދުވުމުގެ ޝަކުވާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

  • ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށުން އަންނަ ހަފުތާގެ ހޯމަ ދުވަހަށް ފަސްކުރުން.
  • މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު އޮގަސްޓު 15 ވަނަ ދުވަހުގެ ނިޔަލަށް ދެމިއޮތުން.
  • ފުރަތަމަ ދައުރުގައި ޖަލްސާތަކާއި ކޮމިޓީތައް ގަވައިދުން ބާއްވާފައި ނުވުން.
  • މެންބަރުންނަށް ދެވޭ ބޮޑު މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މަސައްކަތް ނުކުރާކަމުގެ އާންމުންގެ ޝަކުވާ އިތުރުވުން.
ގުޅޭ ޓެގު
comment ކޮމެންޓް