އެލްޖީއޭގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު

އެލްޖީއޭގެ ރައީސްގެ މަގާމަށް އައްޔަންކޮށްފައިވާ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު --- ފޮޓޯ/ ރައީސް އޮފީސް

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.

އެލްޖީއޭގެ ރައީސްކަމުގައި މީގެ ކުރިން ހުންނެވީ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރެވެ. ފިނޭންސް މިނިސްޓަރުގެ މަގާމަށް ޒަރީރު އައްޔަންކުރެއްވީ އެ މަގާމުގައި ހުންނެވި ޒަމީރު އިސްތިއުފާ ދެއްވުމުންނެވެ.

https://sun.mv/221021

މީރާގެ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޙަސަން ޒަރީރު، ފިނޭންސް މިނިސްޓަރުގެ މަގާމަށް ރައީސް އައްޔަންކުރެއްވީ މިދިޔަ ހޯމަ ދުވަހުގައެވެ. ޒަރީރަކީ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. ޚާއްސަކޮށް މީރާގެ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

މި ސަރުކާރުގައި ފުރަތަމަ ލޯކަލް ގަވަމެންޓް މިނިސްޓްރީއެއް އޮތް ނަމަވެސް، މިދިޔަ އޭޕްރިލް މަހު ރައީސް ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން އެ މިނިސްޓްރީ ވަނީ އުވާލައްވައިފައެވެ. އެއަށްފަހު ފިނޭންސް މިނިސްޓަރު ކައުންސިލްތައް ރެގިއުލޭޓްކުރާ އޮތޯރިޓީގެ ރައީސްކަމަށް އައްޔަންކުރެއްވިއިރު، މީގެ ކުރިން އެ މަގާމުގައި ހުންނަވަނީ ހޯމް މިނިސްޓަރެވެ.

މި ސަރުކާރުގައި އެލްޖީއޭގެ ސީއީއޯގެ މަގާމު ވެސް ދެ ފަހަރެއްގެ މަތިން ބަދަލުކުރިއިރު ފުރަތަމަ ހުންނެވީ ޑރ. މަރިޔަމް ޒުލްފާއެވެ. އެއަށްފަހު މިހާރު ހުންނެވީ ފެނަކައިގެ ކުރީގެ އެމްޑީ މުޙައްމަދު ނިމާލެވެ.

ކައުންސިލްތަކާ ގާތުން މަސައްކަތްކުރުމަކީ ރައީސް އިސްކަންދެއްވާ ކަމެއްކަމަށް މީގެ ކުރިން އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ހުރިހާ ރަށަކަށް ރައީސް ދަތުރުފުޅު ވެސް ކުރައްވައި، އެ ރަށްރަށުގެ ކައުންސިލްތަކާ ރައީސްވަނީ ބައްދަލު ވެސް ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވަނީ އައްޔަންކުރައްވާފައެވެ. މީގެ ކުރިން މި މަގާމުގައި ހުންނެވީ ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރެއްކަމަށްވާ ޒަރީރު ފިނޭންސް މިނިސްޓަރުކަމަށް އައްޔަންކުރެއްވީ، މީރާގެ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައި ވަނިކޮށެވެ. މި ސަރުކާރުން ވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ލޯކަލް ގަވަމެންޓް މިނިސްޓްރީ އުވާލައްވައި، ކައުންސިލްތައް ރެގިއުލޭޓްކުރުމުގެ ޒިންމާ ފިނޭންސް މިނިސްޓަރާ ހަވާލުކުރައްވާފައެވެ. މީގެ އިތުރުން، އެ އޮތޯރިޓީގެ ސީއީއޯގެ މަގާމު ވެސް ދެ ފަހަރެއްގެ މަތިން ބަދަލުކުރައްވައި، ފުރަތަމަ ޑރ. މަރިޔަމް ޒުލްފާ އައްޔަންކުރެއްވުމަށްފަހު، މިހާރު އެ މަގާމުގައި ހުންނެވީ މުޙައްމަދު ނިމާލެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރައްވައި، ކައުންސިލްތަކާ ގާތުން މަސައްކަތްކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވާކަން ހާމަކުރައްވާފައެވެ.

  • އެލްޖީއޭގެ ރައީސްކަމަށް އަލަށް އައްޔަންކުރެއްވީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރެވެ.
  • މި މަގާމުގައި ކުރިން ހުންނެވީ ދާދި ފަހުން އިސްތިއުފާދެއްވި މޫސާ ޒަމީރެވެ.
  • ލޯކަލް ގަވަމެންޓް މިނިސްޓްރީ އުވާލެއްވުމަށްފަހު، ކައުންސިލްތައް ބެލެހެއްޓުން މާލީ ވަޒީރާ ވަނީ ހަވާލުކުރައްވާފައެވެ.
  • ސަރުކާރުން ގެންދަވަނީ ކައުންސިލްތަކާ ގާތުން މަސައްކަތްކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވަމުންނެވެ.
comment ކޮމެންޓް