އެލްޖީއޭގެ ރައީސްކަމަށް މިނިސްޓަރު ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: --- ފޮޓޯ: ރައީސް އޮފީސް

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަގާމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އައްޔަންކުރައްވާފައެވެ. މީގެ ކުރިން މި މަގާމު ފުރުއްވަމުން ގެންދެވީ ހޯމް މިނިސްޓަރެވެ. ނަމަވެސް ލޯކަލް ކައުންސިލްތަކާ ބެހޭ މިނިސްޓްރީ އުވާލުމާ ގުޅިގެން، ކައުންސިލްތައް ރެގިއުލޭޓްކުރާ އިދާރާގެ އެންމެ އިސްވެރިޔަކަށް ފިނޭންސް މިނިސްޓަރު ވަނީ ހަމަޖައްސަވާފައެވެ. މީގެ އިތުރުން މި ސަރުކާރުން ވަނީ އެ އޮތޯރިޓީގެ ސީއީއޯގެ މަގާމަށް ވެސް ދެ ފަހަރެއްގެ މަތިން ބަދަލު ގެނެސްފައެވެ. އެގޮތުން ފުރަތަމަ އެ މަގާމުގައި ޑރ. މަރިޔަމް ޒުލްފާ ހުންނެވިއިރު، މިހާރު އެ މަގާމު ފުރުއްވަމުން ގެންދަވަނީ ފެނަކައިގެ ކުރީގެ އެމްޑީ މުޙައްމަދު ނިމާލެވެ.

  • އެލްޖީއޭގެ ރައީސްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އައްޔަންކުރެއްވުން
  • މީގެ ކުރިން މި މަގާމުގައި ހުންނެވީ ހޯމް މިނިސްޓަރުކަން
  • ލޯކަލް ކައުންސިލްތަކާ ބެހޭ މިނިސްޓްރީ އުވާލުމާ ގުޅިގެން ގެނައި ބަދަލެއްކަން
  • މި ސަރުކާރުގައި އެލްޖީއޭގެ ސީއީއޯގެ މަގާމު ދެ ފަހަރަށް ބަދަލުކޮށްފައިވުން

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އައްޔަންކޮށްފިއެވެ.

އެ އޮތޯރިޓީން ވަނީ ޒަމީރު އެ މަގާމަށް އައްޔަންކުރުމުން މަރުހަބާ ކިޔައިފައެވެ.

ލޯކަލް ކައުންސިލްތަކާ ބެހޭ މިނިސްޓްރީ އުވާލުމަށްފަހު، ފިނޭންސް މިނިސްޓަރު ކައުންސިލްތައް ރެގިއުލޭޓްކުރާ އޮތޯރިޓީގެ ރައީސްކަމަށް އައްޔަންކުރެއްވިއިރު، މީގެ ކުރިން އެ މަގާމުގައި ހުންނަވަނީ ހޯމް މިނިސްޓަރެވެ.

މި ސަރުކާރުގައި އެލްޖީއޭގެ ސީއީއޯގެ މަގާމު ވެސް ދެ ފަހަރެއްގެ މަތިން ބަދަލުކުރިއިރު ފުރަތަމަ ހުންނެވީ ޑރ. މަރިޔަމް ޒުލްފާއެވެ. އެއަށްފަހު މިހާރު ހުންނެވީ ފެނަކައިގެ ކުރީގެ އެމްޑީ މުޙައްމަދު ނިމާލެވެ.

ކައުންސިލްތަކާ ގާތުން މަސައްކަތްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިސްކަންދެއްވާ ކަމެއްކަމަށް މީގެ ކުރިން އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ހުރިހާ ރަށަކަށް ރައީސް ދަތުރުފުޅު ވެސް ކުރައްވައި، އެ ރަށްރަށުގެ ކައުންސިލްތަކާ ރައީސްވަނީ ބައްދަލު ވެސް ކުރައްވައިފައެވެ.

comment ކޮމެންޓް