ކޮންމެ އާއިލާއަކަށް 60،000 ރުފިޔާގެ އާމްދަނީއެއް ލިބެން ޖެހޭ، އެމްޑީޕީން އެކަން ކޮށްދޭނަން: ނަޝީދު

ނަޝީދު ކުޑަފަރީގައި --- ފޮޓޯ/ ހުސައިން ޝާފިއު

ކޮންމެ އާއިލާއަކަށް، ގޭބީސީއަކަށް 60،000 ރުފިޔާގެ އާމްދަނީއެއް ލިބެން ޖެހޭ ކަމަށާއި އެމްޑީޕީން އެ ކަން ކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ ނަޝީދު އަންނަނީ، ކެމްޕެއިން ދަތުރުތައް ކުރައްވަމުންނެވެ. އެ ދަތުރުފުޅުތަކުގައި ރާއްޖޭގެ އެކި ރަށްތަކަށް އަންނަނީ ވަޑައިގަންނަވަމުންނެވެ.

މިގޮތުން، އިއްޔެ ނ. ކުޑަފަރިއަށް ވަޑައިގެން އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ދައުލަތުގެ ދަރަނިތައް ދައްކަނީ އިތުރު ދަރަންޏެއް ނަގައިގެންނާއި ސަބްސިޑީ ދަށްކޮށްގެން ކަމަށެވެ.

ބޭސް އެތެރެނުކޮށް، އާސަންދަ ނުދޭނަމަ، ސަރުކާރުގެ އަތުގައި ފައިސާ އިތުރުވާނެ ކަން ފާހަގަކުރައްވައި، ނަޝީދު ވަނީ ދަރަނި ދައްކަނީ އެ ފައިސާއިން ކަމަށް ތުހުމަތުކުރައްވާފައެވެ.

ނަޝީދާއި ފައްޔާޒް އެކުގައި ---- ފޮޓޯ/ ހުސައިން ޝާފިއު

އެމްޑީޕީގެ، ތަޞައްވުރަކީ ރައްޔިތުން މުއްސަނދިކޮށް، ދަރަނި ދެއްކުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ، މިހާރު ލިބޭ އާމްދަނީ ދެ ގުނަ ވާން ޖެހޭ ކަމަށް ނަޝީދު ގަބޫލުކުރައްވައެވެ.

"60،000 ރުފިޔާ ކޮންމެ ގެއަކަށް އެބަ ވަންނަން ޖެހޭ. ކޮންމެ އާއިލާއަކަށް މި މިންވަރު އެބަ ވަންނަން ޖެހޭ. އިރާދަކުރެއްވިއްޔާ އެމްޑީޕީން މި ކަން ކޮށްދޭނަން," އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވަނީ، އެ ވަރުގެ އާމްދަނީއެއް ލިބޭ ގޮތަށް ސިޔާސަތުތައް ބަދަލު ކުރައްވާނެކަން ވެސް ހާމަކުރައްވާފައެވެ. މިގޮތުން، މަހަށް ދިޔުމާއި ކޭކު އެޅުމާއި ހެދިކާ ހެދުން ފަދަ އަމިއްލަ މަސައްކަތްތައް ކުރާ މީހުންނަށް އެ ޕާޓީން ސިޔާސަތުތައް އެކުލަވާލާނެކަން ފާހަގަކުރެއްވިއެވެ.

ނަޝީދުގެ ވެރިކަމުގައި ރާއްޖެއަށް ވަނީ މީގެ ކުރިން ވެސް ސަބްސިޑީގެ ގިނަ ކަންތައްތަކެއް ތައާރަފު ކުރައްވައިފައެވެ. އޭގެ ތެރޭގައި އާސަންދަ އާއި އުމުރުން ދުވަސް ވުމުން ދޭ އެލަވަންސާއި އެކަނިވެރިމައިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތް ހިމެނެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިނަށް ނ. ކުޑަފަރިއަށް ކުރެއްވި ދަތުރުފުޅުގައެވެ. އެ މަނިކުފާނު ވަނީ މިހާރުގެ ސަރުކާރުން ދަރަނި އަދާކުރަނީ އިތުރު ދަރަނި ނަގައިގެންނާއި، އާސަންދަ ފަދަ މުހިންމު ސަބްސިޑީތައް ކުޑަކޮށްގެން ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. ސަރުކާރުން ބޭސް އެތެރެނުކޮށް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ނުދީ ހިފެހެއްޓުމުން އިތުރުވާ ފައިސާއިން ދަރަނި ދައްކަމުންދާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެމްޑީޕީގެ އަމާޒަކީ ރައްޔިތުން މުއްސަނދިކޮށްގެން ގައުމުގެ ދަރަނި އަދާކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިހާރު ލިބޭ އާމްދަނީ ދެގުނަ ކުރުމަކީ އެ ޕާޓީގެ ތަސައްވުރު ކަމަށާއި، ކޮންމެ އާއިލާއަކަށް މަހެއްގެ މައްޗަށް ފަސްދޮޅަސް ހާސް ރުފިޔާ ވަންނަން ޖެހޭނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ. މިކަން ހާސިލުކުރުމަށްޓަކައި، މަހަށް ދިޔުމާއި، ކޭކު އެޅުމާއި، އަދި ހެދިކާ ހެދުން ފަދަ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ފަހިވާނެހެން ސިޔާސަތުތައް ބަދަލުކޮށް އެކުލަވާލާނެކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ނަޝީދުގެ ވެރިކަމުގައި ތައާރަފުކުރެވުނު އާސަންދައާއި، އުމުރުން ދުވަސްވީ މީހުންގެ އިނާޔަތާއި، އެކަނިވެރި މައިންގެ އެލަވަންސް ފަދަ އިޖުތިމާއީ ރައްކާތެރިކަމުގެ މަޝްރޫއުތަކަށް އިޝާރާތްކުރައްވައި، ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް އެމްޑީޕީން ކުރިންވެސް ކޮށްދީފައިވާކަން އެ މަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

  • ކޮންމެ އާއިލާއަކަށް 60،000 ރުފިޔާ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ އެމްޑީޕީގެ އަމާޒު.
  • ސަރުކާރުން ސަބްސިޑީތައް ކުޑަކޮށްގެން ދަރަނި ދައްކާކަމަށް ނަޝީދު ތުހުމަތުކުރެއްވުން.
  • ރައްޔިތުން މުއްސަނދިކޮށްގެން ގައުމުގެ ދަރަނި އަދާކުރުމަކީ އެމްޑީޕީގެ ތަސައްވުރުކަން ހާމަކުރުން.
  • އަމިއްލަ މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށްގެން ސިޔާސަތުތައް އެކުލަވާލާނެކަމަށް ވިދާޅުވުން.
  • ކުރީގެ ސަރުކާރުގައި ތައާރަފުކުރި އިޖުތިމާއީ ރައްކާތެރިކަމުގެ މަޝްރޫއުތަކުގެ މަތިން ހަނދާންކޮށްދެއްވުން.
comment ކޮމެންޓް