ޑުރަގު އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރުމުން ބުނީ، ރާއްޖެ އައީ ގުރުއަތުން ހޮވިގެން ލިބުނު ފުރުސަތެއްގައި ކަމަށް

ދަނޫޝްކާދަންއާއެކު ހައްޔަރުކުރި މީހުން --- ފޮޓޯ/ ފުލުހުން

ރާއްޖެ އައީ، ގުރުއަތުން ހޮވިގެން ލިބުނު ފުރުސަތެއްގައި ކަމަށާއި 'ޑުރަގު' ހަވާލުކުރީ ރާއްޖެއަށް ވިއްކަން ގެންނަ ސާމްޕަލްތަކެއްގެ ގޮތުގައި ކަމަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީއަކު ކޯޓުގައި ބުނެފިއެވެ.

މި މައްސަލައިގައި ހިމެނެނީ، މިދިޔަ މާރިޗު މަހު ތިނެއްގައި ހައްޔަރުކުރި އިންޑިއާއަށް ނިސްބަތްވާ 19 އަހަރުގެ ދަނޫޝްކާދަން ގޯޕާލެވެ. އޭނާގެ އިތުރަށް އިންޑިއާއަށް ނިސްބަތްވާ 21 އަހަރުގެ މަނިމަރަންއާއި ގދ. ގައްދޫ، ހިތިލާގެ، ޢަލީ ޢިރުފާނު ވެސް މި މައްސަލައިގައި އޭރު ހައްޔަރުކުރިއެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކާއި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ. އޭރު ދެ ބިދޭސީންގެ މައްޗަށް ފަސް ދުވަސް ޖެހިނަމަވެސް، އިރުފާން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ފުލުހުން މީހަކު ހައްޔަރުކުރަނީ --- ފޮޓޯ ފުލުހުން

ދަނޫޝްކާދަން އިތުރު 45 ދުވަހަށް ބަންދުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުން ކުރި އަމުރުން އެނގޭ ގޮތުގައި، އޭނާއަކީ އޮޅުވާލުމެއްގެ ތެރެއިން ރާއްޖެއަށް ޑުރަގު އެތެރެކުރުމަށް ބަޔަކު ބޭނުންކުރި މީހެކެވެ.

އޭނާގެ ވަކީލާ ހަވާލާދީ ކޯޓު އަމުރުގައި ވަނީ، އޭނާއަކީ ޔުނިވާސިޓީއެއްގައި ކިޔަވާ ޒުވާނެއް ކަމަށާއި ރާއްޖެ އައީ ގުރުއަތުން ހޮވިގެން ފުރުސަތެއްގައި ކަމަށެވެ. އޭނާއާ ތަކެތި ހަވާލުކުރީ ރާއްޖެއަށް ވިއްކަން ގެންނަ ސާމްޕަލްތަކެއްގެ ގޮތުގައި ކަމަށް ކޯޓު އަމުރުގައިވެއެވެ.

ދަނޫޝްކާދަން ރާއްޖެ ފޮނުވި މީހުންނާ ކަން ހިނގާދިޔަ ގޮތް ތަފުސީލުކޮށް ތަހުގީގަށް ކިޔައިދީފައިވާ ކަމަށް ވަކީލާ ހަވާލާދީ އަމުރުގައި ބުނި ނަމަވެސް، އެ ތަފުސީލުތަކެއް ހާމަކޮށްފައެއްނުވެއެވެ.

https://sun.mv/221056

ދިފާއީ ވަކީލު ބުނި ގޮތުގައި، މި ބާވަތުގެ އެއްގޮތް ކޭސްތަކެއް ހިނގަމުން އެބަދެއެވެ. .އެގޮތުން، މި ޕެޓާނަށް ކުށުގެ އަމަލު ހިންގާފައިވާ ހަތަރު ކޭސް އެބަ އޮތް ކަމަށާއި ކަން ކޮށްފައި އޮތް ގޮތާއި މީހުންގެ ބައިވެރިވުން ތަފާތު ކަމަށް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވިދާޅުވިއެވެ. އެކަން މޯބައިލް ފޮރެންސިކް ރިޕޯޓަށް ބަލާއިރު އެނގޭކަން އަމުރުގައި ފާހަގަކުރިއެވެ.

މީގެއިތުރުން، މިއީ ބަޔަކު ރާވައިގެން މައުސޫމް ކުދިންތަކަކަށް އޮޅުވާލައިގެން އެ ކުދިން ބޭނުންކޮށްގެން ހިންގާ ކަމެއްގެ ގޮތުގައި ވަކީލު ވަނީ ސިފަކުރައްވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާ މީހުން އިތުރުވެފައި ވަނިކޮށް، އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކަންބޮޑުވުން ފާޅުކޮށް މިދިޔަ އޭޕްރީލް ފަހުކޮޅު ޚާއްސަ އެޑްވައިޒަރީއެއް ވެސް ނެރުނެވެ.

މިދިޔަ މާރިޗު މަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި އިންޑިއާއަށް ނިސްބަތްވާ 19 އަހަރުގެ ޒުވާނެއްގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 45 ދުވަސް ޖަހައިފިއެވެ. އޭނާ ކޯޓުގައި ބުނެފައިވަނީ ރާއްޖެ އައީ ގުރުއަތަކުން ހޮވިގެން ލިބުނު ފުރުސަތެއްގައި ކަމަށާއި، ހަވާލުކުރި ތަކެއްޗަކީ ވިއްކަން ގެނައި ސާމްޕަލްތަކެއް ކަމަށެވެ. ދިފާއީ ވަކީލު ފާހަގަކުރެއްވި ގޮތުގައި މިއީ ބަޔަކު ރާވައިގެން ޔުނިވާސިޓީގައި ކިޔަވާ ކުދިންނަށް އޮޅުވާލައިގެން ހިންގާ ކުށުގެ އަމަލުތަކެކެވެ. ފުލުހުންވެސް ވަނީ މިގޮތަށް ހިނގާފައިވާ އިތުރު 4 މައްސަލައެއް ފާހަގަކޮށް، މިއީ އެއްގޮތަކަށް ހިނގަމުންދާ ކަންތައްތަކެއްކަން ކަށަވަރުކޮށްދީފައެވެ.

  • ގުރުއަތުން ހޮވިގެން ކަމަށް ބުނެ ރާއްޖެއައި އިންޑިއާގެ ޒުވާނަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކުރުން.
  • ކްރިމިނަލް ކޯޓުން މި މީހާގެ ބަންދުގެ މުއްދަތަށް އިތުރު 45 ދުވަސް އިތުރުކުރުން.
  • މި މައްސަލައިގައި ހިމެނޭ ދިވެއްސަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވުން.
  • މިއީ ބަޔަކު ރާވައިގެން ޒުވާން ދަރިވަރުންނަށް އޮޅުވާލައިގެން ކުރާ ކަމެއްކަން ފާހަގަވުން.
  • މިފަދަ މައްސަލަތައް އިތުރުވުމާ ގުޅިގެން އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވުން.
  • ރާވައިގެން ހިންގާ މަސްތުވާތަކެތީގެ ވިޔަފާރީގައި ކުށެއްނެތް ޒުވާނުން ބޭނުންކުރުން އިތުރުވެއްޖެ.
  • މިފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންގެ ތަހުގީގުތައް ފުޅާކުރުމަށް ފުލުހުންނަށް އަމާޒުކުރެވިދާނެ.
  • އިންޑިއާއިން އަންނަ ފަރާތްތަކުގެ ފަސިންޖަރުންގެ މައުލޫމާތު އިތުރަށް ކަށަވަރުކުރުމަކީ މުހިންމު ކަމެއް.
comment ކޮމެންޓް