ސަބްސްކްރިޕްޝަންތައް ލިމިޓެއް ނުކުރަން، ފައިސާ ނުދެއްކޭނަމަ ވަގުތުން ހައްލުކޮށްދޭނަން: ބީއެމްއެލް

މީހަކު ބީއެމްއެލް ކާޑެއް ހިފައިގެން: ސަބްސްކްރިޕްޝަންތައް ލިމިޓެއް ނުކުރާ ކަމަށާއި ރުފިޔާ ނުދެއްކޭނަމަ ވަގުތުން ހައްލުކޮށްދޭނެ ކަމަށް އެ ބެންކުން ވަނީ ބުނެފައި ---- ފޮޓޯ/ ބީއެމްއެލް

އާންމުކޮށް ބޭނުންކުރާ ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަންތައް ލިމިޓުކޮށްފައި ނުވާނެ ކަމަށާއި އެ މައްސަލަ ދިމާވެގެން ރިޕޯޓުކުރުމުން އެ ކަމަށް އެންމެ އެކަށީގެންވާ ހައްލު ވަގުތުން ހޯދަދޭނެ ކަމަށް ގައުމީ ބެންކު، ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްއިން ވަނީ، އީކޮމާސްއަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ ޢަދަދު 30 އަށް ކަނޑައެޅުމަށް ނިންމާފައެވެ.

އެ ނިންމުމާއެކު، ޚިދުމަތްތަކުގެ ސަބްސްކްރިޝަނަށް ފައިސާ ނުދެއްކޭ ކަމުގެ ޝަކުވާތައް އަންނަނީ ފެންމަތިވަމުންނެވެ. އަދި، އެ ބެންކަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އެ ކަމާ ގުޅިގެން އިއްޔެ ބީއެމްއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ސަބްސްކްރިޕްޝަންތައް 'ޑެއިލީ ފޮރިން ސްޕެންޑުގައި' ނުހިމެނޭ ކަމަށާއި އެ ޕޭމަންޓުތައް ލިމިޓުކޮށްފައެއް ނުވާނެ ކަމަށެވެ.

ބީއެމްއެލްގެ އިސްވެރިން: ސަބްސްކްރިޕްޝަންތައް ލިމިޓުނުކުރާ ކަމަށް އެ ބެންކުން ބުނޭ -- ސަން ފޮޓޯ/ އާއިޝް އަޝްރަފް

ނަމަވެސް، އެކި ކަންކަމާ ގުޅިގެން ބައެއް މީހުންގެ ސަބްސްކްރިޕްޝަންތައް ނުދެއްކޭ މައްސަލަ ފާހަގަވެފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ބެންކުން ބުނެފައިވެއެވެ. އަދި، އެފަދަ ޕޭމަންޓުތައް ފައިސާ ނުދެއްކޭނަމަ، ވީއެންމެ އަވަހަށް އެ ކަން އެންގުމުން ވަގުތުން މައްސަލަ ހައްލު ކޮށްދޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

އެ ބެންކުން ވަނީ، ވިޔަފާރިތަކާއި އާންމު ފަރުދުންނަށް ބޭރު ފައިސާ ފޯރުކޮށްދޭ މިންވަރު އިތުރުވާ ކަމަށް ބުނެ، ތަފާސްހިސާބުތަކެއް ވެސް އާންމުކޮށްފައެވެ.

https://sun.mv/222712

މިގޮތުން، ޑެބިޓް ކާޑާއި ކްރެޑިޓު ކާޑުގެ މުއާމަލާތްތަކަށް މިދިޔަ މަހުގެ ނިޔަލަށް 198 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. އެ ބެންކުން ބުނި ގޮތުގައި، އެވަރެޖުކޮށް، އެ ފަދަ މުއާމަލާތްތަކަށް މަހަކަށް 40 މިލިއަން ޑޮލަރު ވިއްކާ ކަމަށެވެ.

މީގެއިތުރުން، ބޭންކަށް ގަނެފައިވާ ޑޮލަރަށް ވުރެ އިތުރަށް، 69 މިލިއަން ޑޮލަރު މިއަހަރު ވިއްކާފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން އެފަދައިން ބުނިއިރު، ބީއެމްއެލްއިން ފިޔަވަޅުތައް އަޅައިފައިވަނީ އެ ބެންކަށް ދަތިތަކެއް ދިމާވުމުން ކަމަށް މިދިޔަ ހޯމަ ދުވަހު ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި، މި މަސް ނިމޭ ހިސާބުގައި، ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށް ގައުމީ ބޭންކް، ބީއެމްއެލްއިން އިޝާރާތްކޮށްފައިވާ ކަމަށް އެދުވަހު ރައީސް ވަނީ ވިދާޅުވެފައެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އީކޮމާސް މުއާމަލާތްތައް މަހަކު 30 އަށް ލިމިޓުކުރުމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ސަބްސްކްރިޕްޝަން މައްސަލަތައް ހައްލުކުރުމަށް އެ ބޭންކުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. ބޭންކުން ކަށަވަރުކޮށްދޭ ގޮތުގައި، ސަބްސްކްރިޕްޝަންތަކަކީ ދުވަހުން ދުވަހަށް ބޭނުންކުރާ ބޭރު ފައިސާގެ ލިމިޓުގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫނެވެ. މިފަދަ މުއާމަލާތެއް ފެއިލްވެއްޖެނަމަ، ލަސްނުކޮށް ބޭންކަށް ރިޕޯޓުކުރުމުން އެކަން ވަގުތުން ހައްލުކޮށްދޭނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ. ބޭންކުން މިފަދަ ފިޔަވަޅުތަކެއް އަޅާފައިވަނީ ޑޮލަރުގެ ތާށިކަމާ ހެދިކަމަށްވާއިރު، މިކަމަށް އަވަސް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

  • އީކޮމާސް މުއާމަލާތްތައް މަހަކު 30 އަށް ލިމިޓުކުރި ނަމަވެސް، ސަބްސްކްރިޕްޝަންތަކަށް އެ ލިމިޓު ނުހިނގާނެއެވެ.
  • ސަބްސްކްރިޕްޝަނަކަށް ފައިސާ ނުކެނޑިއްޖެނަމަ، ކަސްޓަމަރުން ވަގުތުން ބޭންކަށް އެންގުމަށް ވަނީ އިރުޝާދުދީފައެވެ.
  • މިހާތަނަށް ކާޑުގެ މުއާމަލާތްތަކަށް 198 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ ބޭންކަށް ލިބުނު އަދަދަށްވުރެ 69 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
  • މި މަސް ނިމޭއިރު ޑޮލަރުގެ ދަތިކަމަށް ލުޔެއް ލިބޭނެކަމަށް ބޭންކުން ލަފާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
  • ކަސްޓަމަރުންގެ ސަބްސްކްރިޕްޝަންތައް މެދުނުކެނޑި ކުރިއަށްގެންދިއުމުގެ ފުރުސަތު ބީއެމްއެލްއިން ވަނީ ފަހިކޮށްދީފައެވެ.
  • ފައިސާ ދެއްކުމުގައި ހުރަހެއް ކުރިމަތިވެއްޖެނަމަ، އެކަން ވަގުތުން ރިޕޯޓުކުރުމަކީ ކަސްޓަމަރުންގެ ޒިންމާއެކެވެ.
  • ބޭންކުން ބޭރު ފައިސާ ދޫކުރާ މިންވަރު އިތުރުވެފައިވުމަކީ، މާލީ ގޮތުން އެކުންފުންޏަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
  • ސަރުކާރާއި ބޭންކު ގުޅިގެން ޑޮލަރުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
comment ކޮމެންޓް