ސިޔާމް އިލްތިމާސްކުރެއްވީ، ތިމާވެށި ހިމާޔަތް ކުރެއްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި، ތަންފީޒު ކޮށްދެއްވުމަށް

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރެއްވުމަށް މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި އެ ކަންކަން ތަންފީޒު ކުރައްވަން ޖެހޭ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ތިމާވެށި ހިމާޔަތް ކުރެއްވުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި، އެ ކަންކަން ތަންފީޒު ކޮށްދެއްވުމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ފާހަގަކުރާ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި ޚިތާބުގައި ވަނީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

މިގޮތުން، މިއަދަކީ އަހަރެމެންގެ ވަށައިގެންވާ ނިޒާމާމެދު ފުންކޮށް ވިސްނައި، އެއިން އަގުހުރި ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ދުވަހެއް ކަމަށާއި ތިމާވެއްޓަކީ އަހަރެމެންގެ ބާއްޖަވެރި ދިރިއުޅުމުގެ މައިގަނޑު އަސާސްކަމަށް ސިޔާމް ވިދާޅުވިއެވެ.

ތިމާވެށި ރައްކާތެރިކުރުމުގައި ކުޑަ މިންވަރަކަށް ވެސް އިހުމާލުވުމަކީ ކުރެވެން އޮތް ކަމެއް ނޫންކަން ގަބޫލުކުރަން ޖެހޭކަން އެ މަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ސިޔާމް މީހަކާ ސަލާންކުރައްވަނީ: ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރެއްވުމަށް މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި އެ ކަންކަން ތަންފީޒު ކުރައްވަން ޖެހޭ ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

އެކަމަކު، އަހަރަމެންގެ އަމަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ފެންނަން ފަށާފައިވާކަން ހިތާމައާއެކު، ފާހަގަކުރައްވައި ސިޔާމް ވަނީ އެފަދަ ކަންކަމަށް ވެސް އަލިއަޅުވާލައްވާފައެވެ.

އެގޮތުން، ކަނޑުތަކަށް ކުނި އެޅުމާއި ގޮނޑުދޮށްތަކުން ވެއްޔާއި އަކިރި ނެގުމާއި ހޭޅިފަށުން ރުއްގަސް ކެނޑުމާއި ފަރުތަކާއި ހާހަލަށް ގެއްލުންދޭ ފަދަ އަމަލުތައް ތަކުރާރުވަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންވެ، އެ ތަންތަން ހިމާޔަތްކުރެއްވުމަށް އެންމެނަށް ސިޔާމް ވަނީ އިލްތިމާސްކުރައްވާފައެވެ. ފަރުދީ ފެންވަރުގައި ތިމާވެއްޓަށް ގެއްލުންދޭ ކަންކަމުން ދުރުވެ، ތިމާވެށި ރައްކާތެރިކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.

އަޅުގަނޑުގެ އިޚުލާސްތެރި ދުއާއަކީ، ތިމާވެށި ހިމާޔަތްކުރުމަށްޓަކައި، ގައުމީ ފެންވަރުގައި މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ކަމާ ބެހޭ ފަރާތްތަކުން އެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކޮށްދެއްވުންމީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު

ސިޔާމްގެ ޚިތާބު ނިންމަވާލެއްވީ، ތިމާވެށީގެ ނުރައްކާތެރި ކާރިސާތަކުން ރާއްޖެ ސަލާމަތްކޮށް، ސާފުތާހިރު ވެއްޓެއްގައި ދިރިއުޅުމުގެ ހެޔޮ ތައުފީގު އަހަރެމެންނަށް މިންވަރު ކޮށްދިނުމަށް އެދި ދުއާކުރައްވަމުންނެވެ.

https://sun.mv/221449

ސިޔާމް އެ ފަދައިން އިލްތިމާސްކުރެއްވިއިރު، ތިމާވެއްޓަށް ނޭދެވޭ އަސަރުތައް ކުރާ އެކި ކަންކަން ރާއްޖޭގައި އަންނަނީ ތަކުރާރުވަމުންނެވެ.

މިގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގައި ތިމާވެށި ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށް އިހުމާލުވަމުންދާކަމުގެ ޝަކުވާ ލިބޭތީ، އެ ކަމާ ގުޅޭގޮތުން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އިން މި ފަހުން ވެސް ކަންބޮޑުވުން ފާޅުކުރިއެވެ.

މިއަދު ފާހަގަކުރާ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބެއްގައި، ތިމާވެށި ރައްކާތެރިކުރުމުގައި ކުޑަ މިންވަރަކަށް ވެސް އިހުމާލުނުވުމަށް އެމްޑީއޭގެ ރައީސް އަދި ދާލު މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވަނީ ގޮވާލައްވާފައެވެ. އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކަނޑުތަކާއި ގޮނޑުދޮށްތަކަށް ލިބެމުންދާ ގެއްލުންތައް ފާހަގަކުރައްވައި، ފަރުދީ އަދި ގައުމީ ފެންވަރުގައި ތިމާވެށި ހިމާޔަތްކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެ މަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން، ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގައި ތިމާވެއްޓަށް އިހުމާލުވަމުންދާތީ، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއިން ވެސް ވަނީ ދާދިފަހުން ކަންބޮޑުވުން ފާޅުކޮށްފައެވެ. ސިޔާމްގެ މި އިލްތިމާސަކީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ގައުމީ ސަމާލުކަމަށް މި މައްސަލަ ގެނައުމަށް ކުރެއްވި މުހިންމު މަސައްކަތެކެވެ.

  • ގައުމީ ފެންވަރުގައި ތިމާވެށި ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅުތައް ހަރުދަނާކޮށް ތަންފީޒުކުރުން.
  • ކަނޑުތަކަށް ކުނިއެޅުމާއި، ވެލިނެގުމާއި، ގަސްކެނޑުން ފަދަ ގެއްލުންދެނިވި އަމަލުތައް ހުއްޓުވުން.
  • ފަރުދީ ފެންވަރުގައި ވެސް ތިމާވެށި ރައްކާތެރިކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުން.
  • ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު ތިމާވެށީގެ މިންގަނޑުތަކަށް ޢަމަލުކުރުން ކަށަވަރުކުރުން.
  • ތިމާވެއްޓަކީ ބާއްޖަވެރި ދިރިއުޅުމުގެ މައިގަނޑު އަސާސްކަމުގައި ބަލައިގަތުން.
  • ތިމާވެއްޓަށް ގެއްލުންދޭ އަމަލުތަކުން ދުރުހެލިވުމަށް އާންމު ފަރުދުންނަށް ބާރުއެޅުން.
  • ޤާނޫނީ ފިޔަވަޅުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލުން.
  • --
  • މަސްދަރު: ސަން އޮންލައިން
comment ކޮމެންޓް