ފެނަކައިގެ އޮފީސްތަކުގެ ކުއްޔަށް އަހަރަކު 16 މިލިއަނެއްހާ ރުފިޔާ ޚަރަދުވޭ، ކުޑަވާނީ ހެޑު އޮފީހެއް އެޅިގެން: އަފީފު

ފެނަކަ އެމްޑީ: ވިދާޅުވީ، ފެނަކައިގެ އޮފީސްތަކުގެ ކުއްޔަށް އަހަރަކު 16 މިލިއަނެއްހާ ރުފިޔާ ޚަރަދުވޭ ކަމަށް ---- ފޮޓޯ/ ފެނަކަ

ފެނަކައިގެ އޮފީސްތައް މާލެ ސަރަހައްދުގައި ހިންގުމަށް އަހަރަކު ގާތްގަނޑަކަށް 16 މިލިއަނެއްހާ ރުފިޔާ ޚަރަދުވާ ކަމަށާއި އެ ކަން ހައްލުވާނީ ހެޑު އޮފީހެއް އެޅިގެން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން މިރޭ ވިދާޅުވެއްޖެއެވެ.

މީގެ އަހަރުތަކެއް ކުރިން އުފެދުނު ފެނަކަ މިހާތަނަށް ހިންގަމުން އަންނަނީ ކުލި ދައްކައިގެން އިމާރަތްތަކުގައެވެ.

އެ ކަމަށް އިޝާރަތްކުރައްވައި ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އަފީފު ވިދާޅުވީ، ކުއްޔަށް ހިފާފައި ހުންނަ އިމާރާތްތަކަށް މަހަކު 1.2 މިލިއަނެއްހާ ރުފިޔާ ޚަރަދު ކުރަން ޖެހޭ ކަމަށެވެ.

އެއީ، އަހަރެއްގެ މައްޗަށް ބަލާނަމަ، ގާތްގަނޑަކަށް 15 ނުވަތަ 16 މިލިއަނެއްހާ ރުފިޔާ ކަމަށާއި އެ ޚަރަދު ހުއްޓުވުމަށް މާލޭގައި ހެޑު އޮފީހެއް ހުންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އަފީފު ވިދާޅުވިއެވެ.

ފެނަކަ މުވައްޒަފުންތަކެއް-- ފޮޓޯ/ ފެނަކަ

މި ގޮތުން، އެ ކަމަށް ހައްލެއް ގެނައުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރެވުނު މަސައްކަތުން ހުޅުމާލޭން ހެޑު އޮފީސް އަޅާނެ ބިމެއް ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންވީމަ އެ އޮފީސް ގާއިމުކުރުމުގެ މަސައްކަތް ފެށޭތޯ އަޅުގަނޑުމެން މި ދަނީ ބަލަމުން. އޮފީސް ގާއިމުކުރެވުނީމަ އަޅުގަނޑުމެނަށް އަމިއްލަ އިމާރާތެއް ހަމަޖެހިގެން ދިޔައީ. ހިލޭ ކުންފުނީގެ މުވައްޒަފުންނަށް އޮފީހުގައި މަސައްކަތް ކުރެވޭނެއެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން

އެ ކުންފުނީގެ އެކި ބޭނުންތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާކޮށްފައި ބެހެއްޓުމަށްޓަކައި، މިނިމަމް ސްޓޮކެއް ކޮންމެ ސަރަހައްދެއްގައި ބަހައްޓަން ޖެހޭކަން ފާހަގަކުރައްވައި، އޭނާ ވަނީ އެ އޮފީހުގެ ގްރައުންޑް ފްލޯ ޚާއްސަ ކުރާނީ އެ ކަމަށް ކަމަށް ވިދާޅުވެފައެވެ. އަދި، ކ. ތިލަފުށިގައި އެ ކުންފުނީގެ ތަކެތި ރައްކާކުރުމަށް ބިމެއް ހޯދައި، ވެއާހައުސެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާކަން ވެސް އޭނާ ހާމަކުރެއްވިއެވެ.

ފެނަކައަކީ ގެއްލުމުގައި ހިންގާ ކުންފުންޏެއް ކަމަށްވާއިރު، އެ ކުންފުންޏަށް ފާއިތުވި އަހަރުތަކުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވެއެވެ. އެގޮތުން، އިންތިޚާބުތަކާ ދިމާކޮށް ކޮންމެ ސަރުކާރެއްގައި ގިނަ އަދަދަކަށް މުވައްޒަފުން ނަގާ ކަމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ.

އިއްޔެ، 8،000އެއްހާ މުވައްޒަފުން ތިބި ފެނަކައިން، ހަތަރު މަހުގެ މުސާރަ ލިބޭ ގޮތަށް އަމިއްލައަށް ކެނޑުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

https://www.sun.mv/222777

ދައުލަތުގެ ކުންފުނިތަކަށް ބޮޑު ޚަރަދެއް ކޮންމެ އަހަރަކު ވެސް ކުރަމުން އަންނައިރު، ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ވަނީ، ސަރުކާރު ކުންފުނިތަކުން 33 މުވައްޒަފުން މަދުކުރަން އަންގަން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގައިފައެވެ.

އޭގެ ފަހުން ކުންފުނިތަކުން މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ފެނަކަ ކޯޕަރޭޝަނުން މާލެ ސަރަހައްދުގައި އޮފީސްތައް ހިންގުމަށް ކުލީގެ ގޮތުގައި އަހަރަކު ގާތްގަނޑަކަށް 16 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ. މި ކަމަށް ހައްލެއް ގެނައުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ގުޅިގެން ހުޅުމާލޭގައި މައި އޮފީހެއް އެޅުމަށް ބިމެއް ހަމަޖައްސައިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން ވިދާޅުވިއެވެ. މީގެ އިތުރުން، ކުންފުނީގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

  • އޮފީސް އިމާރާތްތަކުގެ ކުއްޔަށް މަހަކު 1.2 މިލިއަން ރުފިޔާ ޚަރަދުވޭ.
  • ކުލީގެ ޚަރަދު ކުޑަކުރުމަށް ހުޅުމާލޭގައި މައި އޮފީހެއް އެޅުމަށް ބިމެއް ވަނީ ހަމަޖެހިފައި.
  • ތިލަފުށީގައި ގުދަނެއް އެޅުމަށް ބިމެއް ހޯދުމުގެ ވިސްނުން އެބަހުރި.
  • ޚަރަދު ކުޑަކުރުމަށް ޓަކައި، މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައި.
comment ކޮމެންޓް