މޯނާ: އުމުރަށް ބެލުމެއްނެތި ޕްރޮޑިއުސަރުން ހުށަހަޅާ ރޯލްތައް ކުޅުމުގައި ސާބިތުވެހުރި ބަތަލާއެއް

އިންޑިއާގެ ބަތަލާ މޯނާ ސިންގް--ފޮޓޯ/ބޮލީވުޑްހަންގާމާ

ސޮނީ ޓެލެވިޒަންއިން ގެނެސްދިން މަގުބޫލު ސިލްސިލާ "ޖެސީ ޖެސީ ކޮއީ ނެހީ"ގެ ލީޑް ބަތަލާ މޯނާ ސިންގް އަކީ، އިންޑިއާގެ ފިލްމީ ދާއިރާގައި، އުމުރަށް ބަލައިގެން ދެވޭ މަގާމުތަކާއި ހަމައެކަނި ރީތިކަމަށް އިސްކަންދޭ ރޯލުތަކާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ފަންނާނެކެވެ.

މޯނާ ވަނީ، އުމުރަށް ބެލުމެއްނެތި ބަތަލާގެ އުމުރަށްވުރެ ދޮށީ އެކްޓަރުންނާ އެކު މަސައްކަތްކޮށް، ކޮންމެ ފަދަ ރޯލެއްވެސް ކުޅެވިދާނެކަން ސާބިތުކޮށްދީފައެވެ.

ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި މޯނާ ވަނީ އުމުރާ ގުޅުވައިގެން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލައި، ފިލްމުތަކާއި އޯޓީޓީ ޕްލެޓްފޯމްތަކުން ލިބުނު ގިނަ އުފެއްދުންތަކުގައި ތަފާތު މޮޅު ރޯލުތަކެއް ކުޅެފައެވެ.

އެގޮތުން މިދިޔަ އަހަރު އެކަނިވެސް 'ބޯޑާ 2' އާއި 'ކޯރާ ސީޒަން 2' ފަދަ މަޝްރޫއުތަކުން މޯނާގެ ހުނަރުވެރިކަން ވަނީ ދައްކުވައިދީފައެވެ. މޯނާގެ ކާމިޔާބީގެ ސިއްރަކީ ލިބިފައިވާ ރީތިކަމަށް ވުރެ ބޮޑަށް، ކުޅޭ ކެރެކްޓާގެ ހަގީގީ ސިފަތައް ބެލުންތެރިންނަށް ގެނެސްދިނުމަށް ކުރާ މަސައްކަތެވެ.

އާރްޔަން ޚާންގެ އަލަތު ވެބް ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ މަންޒަރެއްގައި މޯނާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ވޭތުވެދިޔަ ދެ އަހަރު ތެރޭގައި މޯނާ ކުޅުނު ކޮންމެ ކެރެކްޓާ އަކީވެސް ފެންވަރުގެ ގޮތުން މަތީ، އަދި ބަލާލަން ބޭނުންވާ ފަދަ މާނަވީ މަސައްކަތްތަކެކެވެ.

މޯނާ އަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ފަންނުވެރިކަމުގެ އެންމެ އުސްމިނަށް ދިއުމަށް މަސައްކަތްކުރާ ފަންނާނެކެވެ. މިއަދު 'މޯނާ ސިންގް'ގެ ނަމަކީ ކާމިޔާބީގެ ރަމްޒެކެވެ. އެހެންވެ ބަތަލާގެ ހުނަރުވެރިކަމަށް ގިނަބަޔަކު ދީފައިވާ ނަމަކީ 'މޯނާ ކާ މެޖިކް'އެވެ.

މޯނާ ބުނާ ގޮތުގައި އެންމެ ބޮޑު ހިތްހަމަޖެހުމެއް ބަތަލާއަށް ލިބެނީ ފިލްމީ މަސައްކަތުގެ ތެރޭގައި ކެރެކްޓައަކަށް ބަދަލުވުމުންނެވެ.

"މި އަހަރު އަހަރެން ފުލުހެއްގެ ރޯލާއި، ގޭންގްސްޓަރެއްގެ ރޯލުގެ އިތުރުން ތަފާތު އެތައް ބަޔަކަށް ބަދަލުވެއްޖެއިން. މިއީ އަހަރެންގެ ހަޔާތުގެ ވަރަށް އުފާވެރި ދުވަސްތަކެއް،" މޯނާ ބުންޏެވެ.

މޯނާ ޓީވީ ސީރީޒް "ޖެސީ ޖެސީ ކޮއީ ނެހީ"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

"މިއަދު އަންހެނުންނަކީ ހަމައެކަނި ފިރިހެން ބަތަލުގެ ފަހަތުގައި ހުންނަ މީހެއް ނޫން. މިއަދު އަންހެނުންގެ ވާހަކަތަކަކީ މުޅި ފިލްމުގެ އަސްލު" ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ސަބަބުން އުމުރުން 40 އަހަރުން މަތީގެ އަންހެން ފަންނާނުންނަށް މިއަދު ފުރުސަތުތައް އިތުރުވެފައިވާކަން ފާހަގަކުރަމުން މޯނާ ބުނެފައިވެއެވެ.

މޯނާގެ މި ކާމިޔާބީ އަކީ ކުއްލިއަކަށް ލިބުނު އެއްޗެއް ނޫނެވެ. އެއީ އެތައް އަހަރެއްގެ ކެތްތެރިކަމާއި ބުރަ މަސައްކަތުގެ ނަތީޖާއެވެ. ޓީވީ ދާއިރާއިން މޯނާ ދުރަށްދިޔައީ ކުރިއަށްދާނެ އިތުރު ފުރުސަތެއް ނެތްކަމަށް ފެނުމުންނެވެ.

މޯނާ ފިލްމު "ބޯޑާ 2"ގެ މަންޒަރެއްގައި އެކްޓަރު ސަނީއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މޯނާގެ ފިލްމީ ދަތުރު ފެށުނީ އެއްވެސް ނުފޫޒެއް ނުވަތަ ވަކި ބަޔަކާ ހާއްސަ ގުޅުމެއް އޮވެގެންނެއް ނޫނެވެ. ބަތަލާ މުމްބާއީއަށް އައީ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ އަޒުމުގައެވެ. މިއަދު އެއީ ހަމައެކަނި ކާމިޔާބު ފިލްމީ ތަރިއެއް ނޫނެވެ. ރެސްޓޯރެންޓް ވިޔަފާރީގައި ވެސް ފާހަގަކޮށްލެވޭ ނަމެކެވެ.

މޯނާގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ރާޖްކުމާރު ހިރާނީގެ 'ޕްރީތަމް އެންޑް ޕެޑްރޯ' އާއި 'ޕާން ޕަރުދާ ޒަރުދާ' ހިމެނެއެވެ. އޭނާގެ ހަޔާތުން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ކާމިޔާބުވުމަށްޓަކައި އަބަދުވެސް އަމިއްލަ ނަފުސަށް އިތުބާރުކޮށް ދިރިއުޅުމުގައި ކުރިއަށްދިއުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި މޯނާ ސިންގް ވަނީ ފިލްމުތަކާއި އޯޓީޓީ ޕްލެޓްފޯމްތަކުގައި ތަފާތު ގިނަ ރޯލުތަކެއް ކުޅެ، ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައެވެ. ސީރީޒް "ޖެސީ ޖެސީ ކޮއީ ނެހީ" އިން މަޝްހޫރުކަން ހޯދި މި ބަތަލާގެ އެންމެ ބޮޑު ކާމިޔާބީއަކީ، ހަމައެކަނި ބޭރުފުށުގެ ރީތިކަމަށް ބަރޯސާވުމުގެ ބަދަލުގައި، ކެރެކްޓާގެ އަސްލު ސިފަތައް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ. މިގޮތުން، ފަހުގެ އުފެއްދުންތައް ކަމަށްވާ "ބޯޑާ 2" އަދި "ކޯރާ ސީޒަން 2" ފަދަ މަޝްރޫއުތަކުން އޭނާގެ ފުރިހަމަ ހުނަރު ވަނީ ފެނިގެންގޮސްފައެވެ. މިހާރުގެ ޑިޖިޓަލް ޕްލެޓްފޯމްތަކާއެކު އުމުރުން 40 އަހަރުން މަތީގެ އަންހެނުންނަށް ލިބޭ ފުރުސަތުތައް ފުޅާވެފައިވާކަން މޯނާ ފާހަގަކުރެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިއަދުގެ އަންހެން ފަންނާނުންނަކީ ފިލްމުތަކުގެ މައިގަނޑު އަސްލެވެ. ކާމިޔާބު އެކްޓަރެއްގެ އިތުރުން ރެސްޓޯރެންޓް ވިޔަފާރީގައިވެސް ކުރިއަރަމުން އަންނަ މޯނާގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި "ޕްރީތަމް އެންޑް ޕެޑްރޯ" ފަދަ ފިލްމުތައް ހިމެނެއެވެ. މިއަދު އޭނާގެ ނަމަކީ ފިލްމީ ދާއިރާގައި ކާމިޔާބީގެ ރަމްޒެކެވެ.

  • އުމުރާއި ސިފައަށް ބިނާކޮށް އިންޑިއާގެ ފިލްމީ ދާއިރާގައި އޮންނަ ހުރަސްތައް މޯނާ ވަނީ ކާމިޔާބުކަމާއެކު ގިރާކޮށްފައެވެ.
  • އޯޓީޓީ ޕްލެޓްފޯމްތަކުގެ ސަބަބުން އުމުރުން ދުވަސްވީ އަންހެން ފަންނާނުންނަށް ފިލްމުތަކުގެ މުހިންމު ރޯލުތައް ކުޅުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.
  • "މޯނާ ކާ މެޖިކް" ގެ ނަމުން އޭނާ މަޝްހޫރުވެފައިވާއިރު، އޭނާގެ އެންމެ ބޮޑު އުފަލަކީ ފުލުހެއް ނުވަތަ ގޭންގްސްޓަރެއް ފަދަ ތަފާތު އެކި ކެރެކްޓާތަކަށް ބަދަލުވުމެވެ.
  • ފިލްމީ ދާއިރާގެ އިތުރުން، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ގޮތުން މޯނާ އަންނަނީ ރެސްޓޯރެންޓް ވިޔަފާރީގައިވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދަމުންނެވެ.
  • ބޭރުފުށުގެ ރީތިކަމަށްވުރެ ބޮޑަށް އެކްޓިންގ ހުނަރާއި ކެރެކްޓާގެ އަސްލު ދައްކުވައިދިނުމަށް ސަމާލުކަން ދިނުން.
  • ޑިޖިޓަލް އަދި އޯޓީޓީ ޕްލެޓްފޯމްތަކުން ލިބޭ އައު ފުރުސަތުތަކުގެ ބޭނުން ހިފައި ފަންނުވެރިކަން ކުރިއެރުވުން.
  • އެހެން މީހުންގެ ނުފޫޒަކާ ނުލައި، އަމިއްލަ ނަފުސަށް އިތުބާރުކޮށްގެން ބުރަ މަސައްކަތުން ކާމިޔާބީ ހާސިލުކުރުން.
comment ކޮމެންޓް