މިއަދު ފެށި އައު ދައުރުގެ ޖަލްސާތައް ހަފުތާއަކަށް މެދުކަނޑާލައިފި

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން: މިއަދު ފެށި އައު ދައުރުގެ ޖަލްސާތައް ހަފުތާއަކަށް މެދުކަނޑާލައިފި -- ފޮޓޯ/ މަޖިލިސް

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު މިއަދު ފެށުމަށްފަހު ހަފުތާއަކަށް ޖަލްސާތައް މެދުކަނޑާލައިފިއެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ، ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ނައިބު ރައީސްކަމުގެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމެވެ. މި ޖަލްސާގައި އެ މަގާމަށް އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ސަލީމް ވަނީ އިންތިޚާބުކޮށްފައެވެ.

އެއަށްފަހު ޖަލްސާ ނިންމަވައިލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މި ދައުރުގެ ޖަލްސާތައް މިއަދު ފަށައި، އޮގަސްޓު މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

https://sun.mv/222704

ގަވައިދުގައި އޮންނަ ގޮތުން، ފުރަތަމަ ދައުރުގެ ޖަލްސާތައް އޮންނާނީ ކޮންމެ އަހަރެއްގެ ވެސް ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނިމިދިޔަ މެއި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރުމަށްޓަކައި މިދިޔަ މަހުގެ ނިޔަލަށް މިއަހަރުގެ ފުރަތަމަ ދައުރު ވަނީ ދަންމާލައިފައެވެ.

އެކަމަކު އިއްޔެގެ ޖަލްސާ ފެށެން ބައި ގަޑިއިރަށް ވެފައި ވަނިކޮށް، ނާޒިމް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ދައުރުގައި ވެސް މަޖިލީހުގެ ޖަލްސާތައް ގަވައިދުން ބާއްވައިފައެއް ނުވެއެވެ. އަދި ކޮމިޓީ ބައްދަލުވުންތައް ވެސް ގަވައިދުން ބާއްވާފައެއް ނުވެއެވެ.

ސަރުކާރުގެ އަޣުލަބިއްޔަތުން ހިންގަމުން އަންނަ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައެއްގެ އިތުރުން, ގިނަ އިނާޔަތްތަކެއް ދައުލަތުން ފޯރުކޮށްދޭ ބައެކެވެ. އަދި، މަޖިލީހުގެ އިދާރާ ހިންގުމަށް ވެސް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރެއެވެ. އެކަމަކު، އެ ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުން މަސައްކަތް ނުކުރާކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ކުރިއަށްދިޔަ ހަމައެކަނި މަސައްކަތަކީ ހުސްވެފައިވާ ނައިބު ރައީސްކަމުގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އިންތިޚާބުކުރުމެވެ. މި މަސައްކަތް ނިންމެވުމަށްފަހު، ދެން ޖަލްސާއެއް އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހުކަމަށް ރިޔާސަތުން ވަނީ އިއުލާނުކުރައްވާފައެވެ. މި ދައުރުގެ ޖަލްސާތައް އޮގަސްޓު މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ފުރަތަމަ ދައުރުގެ މުއްދަތު ދަންމާލެވުނީ ކުރީގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެންނެވެ. ނަމަވެސް އޭނާ ވަނީ ޖަލްސާ ފެށުމުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވާފައެވެ.

  • މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށުމަށްފަހު އަންނަ ހަފުތާއާ ހަމައަށް މެދުކަނޑާލުން.
  • އައު ނައިބު ރައީސަކަށް އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އިންތިޚާބުކުރުން.
  • ދެވަނަ ދައުރުގެ ޖަލްސާތައް އޮގަސްޓު މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަން.
  • މެންބަރުންނަށް ލިބޭ ބޮޑު މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މަސައްކަތް ނުކުރާކަމުގެ ޝަކުވާ އާންމުންގެ ތެރޭގައި ބޮޑުވުން.
  • މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމާއެކު އިދާރީ ހިންގުމަށް ހަމަޖެހުމެއް އައުން.
  • ފުރަތަމަ ދައުރުގައި ޖަލްސާތަކާއި ކޮމިޓީތައް ގަވައިދުން ނުބޭއްވުމުގެ ސަބަބުން ގާނޫނީ މަސައްކަތްތަކަށް ލަސްކަމެއް އައިސްފައިވުން.
  • ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާއިރު، މަޖިލީހުގެ މެންބަރުންގެ މަސައްކަތުގެ ދުވެލި އަވަސްކުރުމުގެ މުހިންމުކަން.
ގުޅޭ ޓެގު
comment ކޮމެންޓް