ގެމަނަފުށީގައި ވެސް ބިދޭސީންގެ މާރާމާރީއެއް؛ އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ގެމަނަފުށީގައި މާރާމާރީ ހިންގި ސަރަހައްދު: އެ މާރާމާރީގައި އަނިޔާވި މީހަކަށް ދަނީ ފަރުވާ ދެމުން -- ފޮޓޯ/ އެމްވީކްރައިސިސް

ގއ. ގެމަނަފުށީގައި ދެ ބީދޭސީއެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި އެކަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ގެމަނަފުށީގައި ދެ ބީދޭސީއެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގި ކަމަށް 23:00 އެހާކަންހާއިރު މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި މީހާއަށް ގެމަނަފުށީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެ ހާދިސާ ހިނގި ސަރަހައްދުން ބިދޭސީ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ޚިދުމަތުން ފާހަގަކުރިއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

https://sun.mv/222651

އެ ހާދިސާ ހިނގިއިރު، އިއްޔެ އާޓިފިޝަލް ބީޗުގައި ބިދޭސީންގެ ގުރޫޕަކުން މާރާމާރީ ހިންގި މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.

ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އޮންނައިރު، ޖިނާއީ ކުށްތަކަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރު މީގެ ކުރިން ހޯމް މިނިސްޓްރީން ދީފައިވެއެވެ.

ގއ. ގެމަނަފުށީގައި ރޭގަނޑު އެގާރަ ޖަހާކަންހާއިރު ދެ ބިދޭސީއެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ވަނީ މާރާމާރީއެއް ހިންގާފައެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް ގެމަނަފުށީ ސިއްހީ މަރުކަޒުން ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން ކުށުގެ ވެށިން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައިވެސް ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ވަގުތުން ޑީޕޯޓުކުރާނެކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައެވެ.

  • ގއ. ގެމަނަފުށީގައި ދެ ބިދޭސީއެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގުން.
  • ހަމަލާގައި އަނިޔާވި މީހާއަށް ގއ. ވިލިނގިލި ހޮސްޕިޓަލުގައި އިތުރު ފަރުވާދޭން ފެށުން.
  • މާރާމާރީއާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދުން ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން.
  • ޖިނާއީ ކުށްކުރާ ބިދޭސީން ވަގުތުން ޑީޕޯޓުކުރާނެކަމުގެ ސިޔާސަތު ތަންފީޒުކުރުމަށް އިސްކަންދިނުން.
comment ކޮމެންޓް