ފެނަކައިގައި މުވައްޒަފުންގެ އޮނިގަނޑު އިސްލާހުކޮށް ގެންނަންޖޭހޭ ބަދަލުތައް ގެންނާނަން: އަފީފް

ފެނަކަގެ މުވައްޒަފުންތަކެއް: ފެނަކަ މުއައްޒަފުންގެ އޮނިގަނޑު އިސްލާހުކޮށް ގެންނަންޖޭހޭ ބަދަލުތައް ގެންނަނީ -- ފޮޓޯ/ ފެނަކަ

ފެނަކައިގެ މުއައްޒަފުންގެ އޮނިގަނޑު އިސްލާހުކޮށް އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވިސްނާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ހުސައިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އަފީފް ވިދާޅުވީ ފެނައާ ހަވާލުވެ، މަސައްކަތްތައް ބަލާލިއިރު ކުންފުނީގެ ވަރަށް ގިނަ ކަންތައްތަކެއް ހުރީ އިސްލާހުކުރަން ޖެހިފައި ކަމަށެވެ. ކުފުނީގެ މާލީ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ އަސާސީ ތަކެތީގެ ވެސް އެކަށީގެންވާ ސްޓޮކް ނެތްކަން އަފީފް ވިދާޅުވިއެވެ.

އަފީފް ވަނީ ފަނަކައިގެ ބައެއް ދާއިރާތަކުގައި މުއައްޒަފުންގެ އަދަދު ވެސް އެކަށީގެންވާ މިންވަރަށްވުރެ ގިނަކަމަށާއި ކުންފުނި ހިންގުމަށް އެންމެ ބޭނުންވާ މިންގަނޑަކީ ކޮބައިތޯ މިހާރު ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން ކުންފުނީގެ އޮނިގަނޑު އިސްލާހުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ ކޮބަައިތޯއާއި ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އެންމެ ރަނގަޅު އަދި އެންމެ އިތުބާރުހިފޭނެ ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތުގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވުނީ އަޅުގަނޑަށް ރަނގަޅުކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުރިކަން. އެންމެ ފުރަތަމަ ކަމަކަށް ކުންފުނި ރައީޓް ސައިޒް ކުރުމުގެ މަސައްކަތް އެބަކުރަންޖެހޭ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ހުސައިން

އޭނާ ވިދާޅުވީ އެ ކުންފުނީގައި މިހާރު ވެސް 8000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ގިނަ އަދަދެއްގެ މުއައްޒަފުން މަސައްކަތްކުރާއިރު އެންމެ އެކަށޭނެ ގޮތެއްގައި މަސައްކަތްކުރާ މުއައްޒަފުންނާއި އެކަށޭނެ ގޮތެއްގައި މަސައްކަތް ނުކުރެވޭނެ މުއައްޒަފުން ތިބޭނެކަމަށާއި އެ ކަންކަން ބަލައި އިސްލާހުކުރާނެކަން އަފީފް ވަނީ ފާހަގަކުރައްވާފައެވެ.

މުވައްޒަފުންގެ އޮނިގަނޑު އިސްލާހުކޮށްގެން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެސް އެބަ ވިސްނަން. ވަރަށް ގިނަ ކަންކަން އިސްލާހުކޮށްގެން ނޫނީ ކުންފުނި ދެމެހެއްޓެނިވި މަގެއްގަ ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ފޯރުކޮށްދިނުމުގަ ރައްޔިތުންގެ އިތުބާރު އޮންނަ ކުންފުންޏެއްގެ ގޮތުގަ ހިންގުމަށް ދަތިވާނެކަން އަޅުގަނޑަށް ފާހަގަކުރެވެނީ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ހުސައިން

އަފީފް ވަނީ ކުންފުނީގެ މާޒީގައި ކުންކުފުނީގެ މެނޭޖްމެންޓުން މަސައްކަތްކޮށްފައިވާ ގޮތުން, އޮޑިޓުތަކުންނާއި އެހެނިހެން އިދާރާތަކުން ބެލި ބެލުންތަކުން ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅުކުރަން ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނާ ހަވާލުވެވަޑައިގަތުމަށްފަހު، ކުންފުނީގެ ހާލަތު ވަޒަންކުރެއްވިއިރު، މާލީ އަދި ހިންގުމުގެ ދާއިރާއިން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވަނީ ފާހަގަކުރައްވާފައެވެ. ޚިދުމަތް ދިނުމަށް ބޭނުންވާ އަސާސީ ސާމާނު ނެތުމާއި، އަށްހާހެއްހާ މުވައްޒަފުން ތިބުމުގެ ސަބަބުން ކުންފުނި ހިންގުމަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައެވެ. އެހެންކަމުން، ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި، ކުންފުނީގެ އޮނިގަނޑު އިސްލާހުކޮށް، މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

  • މާލީ ހާލަތު ދަށްވެ، ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އަސާސީ ތަކެތީގެ ސްޓޮކް އެކަށީގެންވާ މިންވަރަކަށް ނެތުން.
  • އަށްހާހެއްހާ މުވައްޒަފުންނާއެކު ބައެއް ދާއިރާތައް އޮތީ ބޭނުންވާ ވަރަށްވުރެ ބޮޑަށް ފުރިފައިކަން ދެނެގަތުން.
  • ކުންފުނި ހިންގުމުގެ އޮނިގަނޑު އިސްލާހުކޮށް، މުވައްޒަފުންގެ އަދަދު އެންމެ އެކަށީގެންވާ މިންގަނޑަކަށް ބަދަލުކުރުން.
  • އޮޑިޓުތަކުން ފާހަގަވެފައިވާ މައްސަލަތައް ހައްލުކޮށް، ރައްޔިތުން އިތުބާރުކުރާ ކުންފުންޏަކަށް ފެނަކަ ހެދުން.
comment ކޮމެންޓް