ހުޅުމާލޭގައި ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި، މީހަކަށް އަނިޔާވެއްޖެ

ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި ހުޅުމާލޭގައި ހިނގި އެކްސިޑެންޓް --- ފޮޓޯ: އެމްވީކްރައިސިސް

ހުޅުމާލޭގައި މިރޭ ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި، މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނީ، ހުޅުމާލޭ ނިރޮޅުމަގުގެ ހަތްތެރި މާޓް ކައިރިން ތެޔޮ ބައުޒަރަކާއި ސައިކަލެއް އެކްސިޑެންޓް ވެފައިވާ ކަމަށް މިރޭގެ 22:21 ހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަަކަށް ކަމަށާއި އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ލިބިފައިނުވެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އާންމުވެފައިވާއިރު، ބައެއް އެކްސިޑެންޓުތަކުގައި ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތައް ލިބިފައިވެއެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެ މުއައްސަސާއަށް 1,320 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވެއެވެ.

ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ ހަތްތެރި މާޓް ކައިރިން ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ، ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ފުލުހުންގެ އިދާރާއިން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މާލެ ސަރަހައްދުގައި މަގުމަތީގެ އެކްސިޑެންޓުތައް އާންމުވެ، ބައެއް ހާދިސާތަކުގައި ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި އަނިޔާތައް ލިބެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން، މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ވަނީ 1320 އެކްސިޑެންޓް ރިޕޯޓުކޮށްފައެވެ. މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން އަންގައިދޭ ކަމެކެވެ.

  • ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅުމަގުގެ ހަތްތެރި މާޓް ކައިރީގައެވެ.
  • އެކްސިޑެންޓްވެފައިވަނީ ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހިގެންނެވެ.
  • މި ހާދިސާގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ ފަރުވާދޭން ވަނީ ފަށާފައެވެ.
  • މި އަހަރުގެ މިހާތަނަށް ފުލުހުންނަށް 1320 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ.
comment ކޮމެންޓް