ކުނާލްގެ އުފަންދުވަސް ފާހަގަކުރަން މި އަހަރުވެސް ރާއްޖެއަށް

ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ސޯހާ އަލީ ޚާން އާއި ކުނާލް ކެމޫ ދަރިފުޅު އިނާޔާއާ އެކު ރާއްޖޭގައި -- ފޮޓޯ/އިންޑިއާޓުޑޭ

އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ކުނާލް ކެމޫ އާއި ސޯހާ އަލީ ޚާންގެ ދެމަފިރިން ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.

ދަރިފުޅު އިނާޔާއާ އެކު ސޯހާގެ ދެމަފިރިން ރާއްޖެ އައިސްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ. ލަފާކުރެވޭ ގޮތުގައި މި އަހަރުގެ ދަތުރަކީ އިއްޔެ އުމުރުން 43 އަހަރު ފުރުނު ކުނާލްގެ އުފަންދުވަސް ފާހަގަކުރުމަށް ކުރި ޚާއްސަ ދަތުރެކެވެ.

ވޭތުވެދިޔަ ތިން އަހަރު ވެސް މި ދެމަފިރިން އެކި ފަހަރު މަތިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު މިދިޔަ އަހަރު ރާއްޖެއަށް ކުރި ހާއްސަ ދަތުރަކީ ވެސް އެކްޓަރު ކުނާލްގެ އުފަންދުވަހާ ގުޅުވައިގެން ކުރި ދަތުރެއްކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރު ސޯހާ އާއި ކުނާލް ޗުއްޓީ ހޭދަކޮށްފައި ވަނީ، ތ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓު ކޮމޯ މާލިފުށީގައެވެ.

ކުނާލް އާއި ސޮހާ 'ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް'ގައި ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ/އިންސްޓަގްރާމް

ސޯހާ އާއި ކުނާލް ވަނީ އެ ދެމަފިރިން ޗުއްޓީ ހޭދަކުރަމުން އަންނަ 'ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް'ގައި ނާގަފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އދ. އަތޮޅުގައި އޮންނަ މި ލަގްޒަރީ ރިސޯޓުގައި ނަގާފައިވާ ފޮޓޯތައް ހިއްސާކުރަމުން ދެ ތަރިން ވެސް ވަނީ ރާއްޖޭގެ ރީތިކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

އިންޑިއާގެ ފިލްމީ ތަރިންގެ އެންމެ މަގުބޫލު އެއް މަންޒިލަށް ރާއްޖެ ވެފައިވާއިރު އެކި ސީޒަންތަކާ ދިމާކޮށް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފިލްމީ ތަރިން އިތުރުވުމަކީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި ރާއްޖެ އިޝްތިހާރުވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ކުނާލް ކެމޫ އަދި ސޯހާ އަލީ ޚާން، އެ ދެމަފިރިންގެ ދަރިފުޅާއެކު ރާއްޖެއަށް ކުރާ މި ދަތުރަކީ ކުނާލްގެ 43 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ކުރާ ދަތުރެކެވެ. މި އަހަރުގެ ޗުއްޓީ ހޭދަކުރުމަށް މި ދެމަފިރިން ޚިޔާރުކޮށްފައިވަނީ އދ. އަތޮޅުގައި އޮންނަ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓެވެ. މިއީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެ ފަރާތްތަކުން ރާއްޖެއަށް ޒިޔާރަތްކުރި ގިނަ ފަހަރުތަކުގެ ތެރެއިން އެއް ފަހަރެވެ. މިފަދަ މަޝްހޫރު ފިލްމީ ތަރިން ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ ގުދުރަތީ ރީތިކަން ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ހިއްސާކުރުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުވެ، އިގުތިސާދީ ގޮތުން ކުރިއެރުން ލިބުމަށް މަގުފަހިވާނެ ވަރަށް މުހިންމު ކަމެކެވެ.

  • ކުނާލް ކެމޫގެ 43 ވަނަ އުފަންދުވަސް ފާހަގަކުރުމަށް އޭނާގެ އާއިލާ ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.
  • މިފަހަރުގެ ޗުއްޓީ ހޭދަކުރަމުންދަނީ އދ. އަތޮޅުގައި އޮންނަ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްގައެވެ.
  • މިދިޔަ އަހަރުގެ އުފަންދުވަސް ފާހަގަކުރުމަށްވެސް މި ދެމަފިރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރާއްޖޭގެ ރިސޯޓެއްގައެވެ.
  • އިންޑިއާގެ ތަރިންގެ މެދުގައި ރާއްޖެ މަގުބޫލު މަންޒިލަކަށް ވެފައިވުމަކީ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
comment ކޮމެންޓް