ޝައިޚް އަލީ އަލް ހުޛައިފީ ހައްޖު ޚުތުބާ ދެއްވާއިރު، ނަބަވީގައި އީދު ޚުތުބާ ދެއްވާނީ ދަރިކަލުން ޝައިޚް އަހްމަދު

ޝައިޚް އަލީ އަލް ހުޛައިފީ [ކ]އާއި ދަރިކަލުން ޝައިޚް ޑރ. އަހުމަދު ބިން އަލީ ބިން އަބްދުއްރަހުމާން އަލް ހުޛައިފީ: ޝައިހް އަލީ ހައްޖު ޚުތުބާ ދެއްވާއިރު، މާދަމާ މަސްޖިދުއް ނަބަވީގައި ޚުތުބާ އިއްވާނީ ޝައިޚް އަހުމަދު -----

މި އަހަރު އަރަފާތުގައި ހައްޖު ޚުތުބާ ދެއްވުމަށާއި މަސްޖިދުއްނަބަވީގައި އީދު ޚުތުބާ ދެއްވުމަށް, ސައުދީގެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ދެބަފައިން ހަމަޖައްސައިފިއެވެ.

މިގޮތުން، މިއަދު މަސްޖިދް ނަމިރާހްގައި ހައްޖު ޚުތުބާ ދެއްވާނީ، ޝައިޚް އަލީ ބިން އަބްދުއްރަހުމާން ބިން އަޙްމަދު އަލް ހުޛައިފީއެވެ.

އޭގެއިތުރަށް، މާދަމާ މަސްޖިދުއް ނަބަވީގައި އީދު ޚުތުބާ ދެއްވާނީ، ދަރިކަލުން ޝައިޚް ޑރ. އަހުމަދު ބިން އަލީ ބިން އަބްދުއްރަހުމާން އަލް ހުޛައިފީއެވެ.

އަހުމަދަކީ، ހާފިޒު ކަމުގެ ސަނަދު ހާސިލުކުރައްވާފައިވާ ސައުދީގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާއިރު، އޭނާއަކީ، މަސްޖިދުއް ނަބަވީގެ އިމާމެކެވެ.

އޭގެއިތުރަށް، ބައްޕާފުޅު އަލީ ބިން އަބްދުއްރަހްމާނަކީ، ހާފިޒެކެވެ. އަދި، އޭނާގެ ކިޔެވުމުގެ ރާގު ދުނިޔޭގެ ގިނަ ބައެއްގެ ތެރޭގައި މަގުބޫލުއިރު، އެ ކިޔެވުންތައް ފުޅާ ދާއިރާއެއްގައި ލިބެން ހުރެއެވެ.

މިއަދަކީ އަރަފާތު ދުވަސް ކަމަށްވާއިރު، ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ގާތްގަނޑަކަށް 1.5 މިލިއަން މީހުން ސައުދީއަށް ދަތުރުކުރިއެވެ. މިހާރު ހުރިހާ ހައްޖުވެރިން ތިބީ އަރަފާތުގައެވެ.

https://sun.mv/222517

މި ދުވަސްވަރު ސައުދީއަށް ވަރަށް ހޫނު ގަދައެވެ. އެއާއެކު، މައްކާގެ ފިިނިހޫނުމިން 47 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ލަފާކުރެވޭތީ، ހޫނުވުމާ ގުޅިގެން ދިމާވެދާނެ ނުރައްކާތައް ކުޑަ ކުރުމަށް ހައްޖުވެރިން ކުޑަ ބޭނުން ކުރުމާއި އެނޫންވެސް ރައްކާތެރި ފިޔަވަޅުތައް އަޅަން ސައުދީ އަރަބިއްޔާގެ ސިއްޙަތާބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި އަހަރުގެ ހައްޖު ދުވަހު އަރަފާތު ބިމުގައި ހުންނަ މަސްޖިދް ނަމިރާހްގައި ޚުތުބާ ވިދާޅުވުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިއްޔާގެ މަޝްހޫރު އިލްމުވެރިޔާ ޝައިޚް އަލީ ބިން އަބްދުއްރަހުމާން ބިން އަޙްމަދު އަލް ހުޛައިފީއެވެ. އަދި މާދަމާ މަސްޖިދުއްނަބަވީގައި އީދު ޚުތުބާ ދެއްވާނީ އެމަނިކުފާނުގެ ދަރިކަލުން ޝައިޚް ޑރ. އަހުމަދު ބިން އަލީ އަލް ހުޛައިފީއެވެ. މިއަދު ގާތްގަނޑަކަށް 1.5 މިލިއަން ހައްޖުވެރިން އަރަފާތުގައި ތިބިއިރު، މައްކާގެ ހޫނުމިން 47 ޑިގްރީ ސެލްސިއަސްއަށް އަރާނެކަމަށް ލަފާކުރެވޭތީ ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

  • ހައްޖު ޚުތުބާ ދެއްވާނީ ޝައިޚް އަލީ ބިން އަބްދުއްރަހުމާން އަލް ހުޛައިފީއެވެ.
  • މަސްޖިދުއްނަބަވީގައި އީދު ޚުތުބާ ދެއްވާނީ ދަރިކަލުން ޝައިޚް ޑރ. އަހުމަދު އަލް ހުޛައިފީއެވެ.
  • މި އަހަރު ގާތްގަނޑަކަށް 1.5 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކުރެއެވެ.
  • މައްކާގެ ހޫނުމިން 47 ޑިގްރީއަށް އަރާނެތީ، ހޫނުން ރައްކާތެރިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
comment ކޮމެންޓް