ކުރީގެ އެކްޓަރު ދަރުމެންދްރާގެ އާއިލާއިން 'ޕަދްމާ ވިބޫޝަން'ގެ ޝަރަފާ ހަވާލުވެއްޖެ

އިންޑިއާގެ ކުރީގެ އެކްޓަރު ދަރުމެންދްރަ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ހިންދީ ސިނަމާގެ ލެޖެންޑަރީ އެކްޓަރު ދަރްމެންދުރަ ސިނަމާއަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް އިންޑިއާގެ ސަރުކާރުން ދޭ ދެވަނައަށް އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ "ޕަދްމާ ވިބޫޝަން" އެކްޓަރަށް އަރުވައިފިއެވެ.

މި ޝަރަފު އެރުވީ އިންޑިއާގެ ރިޔާސީ ގަނޑުވަރު "ރާޝްތުރަޕަތީ ބަވަން" ގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ގައުމުގެ ރައީސާ ދުރޫޕަދީ މުރުމޫއެވެ.

ކުރީގެ އެކްޓަރު ދަރްމެންދުރަގެ ފަރާތުން މި ޝަރަފާ ހަވާލުވީ އެކްޓަރުގެ ހަގު އަނބިމީހާ، ކުރީގެ މަޝްހޫރު ބަތަލާ އަދި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ހެމާ މާލިނީއެވެ. ހެމާއާ އެކު މި ރަސްމިއްޔާތުގައި އާއިލާގެ ފަރާތުން ދެން ބައިވެރިވީ ދަރިފުޅު އަހާނާ ޑިއޯލްއެވެ. އަހާނާ އަކީ ހެމާ އާއި ދަރޭގެ ކައިވެންޏަށް ލިބުނު ދެ އަންހެން ކުދިންގެތެރެއިން ހަގު ކުއްޖާއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު ދަރްމެންދުރަ މަރުވީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ހިންދީ ސިނަމާގެ "ހީ-މޭން"ގެ ނަމުން މަޝްހޫރުވި ދަރްމެންދުރާއަށް 2012 ވަނަ އަހަރު ވަނީ އިންޑިއާގެ ތިންވަނައަށް އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ "ޕަދްމާ ބޫޝަން" ވެސް އަރުވާފައެވެ.

ދަރުމެންދްރަގެ ފަރާތުން ހެމާ "ޕަދްމާ ވިބޫޝަން" އެވޯޑާ ހަވާލުވަނީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ދަރްމެންދުރާ ފިލްމީ ދާއިރާއަށް ތައާރަފްވީ 1960 ވަނަ އަހަރު ނުކުތް "ދިލް ބީ ތޭރާ ހަމް ބީ ތޭރޭ"އިންނެވެ. ދަރޭއަށް ބޮޑު މަގުބޫލުކަމެއް ލިބުނީ 60ގެ އަހަރުތަކުގައި ނުކުތް "އަންޕަޅު"، "ބަންދިނީ"، "އަނޫޕަމާ" އަދި "އާޔާ ސާވަން ޖޫމް ކޭ" ފަދަ ފިލްމުތަކުންނެވެ.

އޭގެ ފަހުން "ޝޯލޭ"، "ދަރަމް ވީރް"، "ޗުޕްކޭ ޗުޕްކޭ"، "މޭރާ ގާއޮން މޭރާ ދޭޝް" އަދި "ޑްރީމް ގާލް" ފަދަ ފިލްމުތަކުން ދަރޭ ވަނީ ހިންދީ ސިނަމާގެގެ އެންމެ ކުރީ ސަފުގެ ބަތަލެއްގެ ގޮތުގައި ފާހަގަވެފައެވެ. ދަރޭ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ފިލްމު "އިއްކީސް"ގެ ރޯލަކުންނެވެ.

ހިންދީ ސިނަމާގެ މަޝްހޫރު އެކްޓަރު ދަރްމެންދުރަ ފިލްމީ ދާއިރާއަށް ކޮށްދީފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އިންޑިއާ ސަރުކާރުން ދޭ ދެވަނައަށް އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ "ޕަދްމާ ވިބޫޝަން" ވަނީ އޭނާއަށް އަރުވާފައެވެ. އިންޑިއާގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޝަރަފު އެރުވީ އެ ޤައުމުގެ ރައީސާ ދުރޫޕަދީ މުރުމޫއެވެ. މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ދަރްމެންދުރަ ނިޔާވެފައިވާއިރު، އޭނާގެ ފަރާތުން މި ޝަރަފާ ހަވާލުވީ އަނބިމީހާ ހެމާ މާލިނީއެވެ. މި ރަސްމިއްޔާތުގައި އެ ދެމަފިރިންގެ ހަގު ދަރިފުޅު އަހާނާ ޑިއޯލްވެސް ވަނީ ބައިވެރިވެފައެވެ. މީގެ ކުރިން 2012 ވަނަ އަހަރު ދަރްމެންދުރައަށް ވަނީ "ޕަދްމާ ބޫޝަން" ގެ ޝަރަފުވެސް ލިބިފައެވެ.

  • އިންޑިއާގެ ދެވަނައަށް އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ "ޕަދްމާ ވިބޫޝަން" މަރުހޫމް ދަރްމެންދުރައަށް ވަނީ އަރުވާފައެވެ.
  • ރިޔާސީ ގަނޑުވަރުގައި އޮތް ރަސްމިއްޔާތުގައި މި ޝަރަފާ ހަވާލުވީ އޭނާގެ އަނބިމީހާ ހެމާ މާލިނީއެވެ.
  • ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ދަރްމެންދުރަ ނިޔާވީ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
  • 1960 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ދަރްމެންދުރައަށް 2012 ވަނަ އަހަރު "ޕަދްމާ ބޫޝަން" ވެސް ލިބިފައިވެއެވެ.
  • ހިންދީ ސިނަމާގެ "ހީ-މޭން" ގެ ގޮތުގައި މަޝްހޫރުވި ދަރްމެންދުރަ ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައެވެ.
comment ކޮމެންޓް