6 ފުރާނަ ގެއްލުނު ހާދިސާ: ފަހު ޑައިވްގައި 3 ގަޑިއިރު ހޭދަކޮށް، ބޭނުންވާ ތަކެތި ނަގައި އޮޕަރޭޝަން ނިންމައިފި

ވ. އަތޮޅު އަލިމަތާ ނުވަަތަ ދެކުނު ކަނޑު ކޭވްއަށް މިދިޔަ ހަފުތާގެ ބުރާސްފަތި ޑައިވިންއަށް ދިޔަ އިޓަލީ ފަސް ފަތުރުވެރިން ގެއްލުނު ހާދިސާއާ ގުޅިގެން، ހިންގި ރިކަވަރީ އޮޕަރޭޝަންގެ ކަނޑުއަޑީގެ ހުރިހާ މަސައްކަތްތަކެއް ނިންމާލާފައިވާކަން ޑައިވާޒް އެލާޓް ނެޓްވާކް- ޔޫރަޕް (ޑޭން) އިން މިރޭ ބުނެފިއެވެ.

އިޓަލީގެ ފަސް ފަތުރުވެރިންގެ އިތުރުން، އެ މީހުންގެ ހަށިތައް ރިކަވާކުރަން އިސްކޮށް މަސައްކަތްކުރި ދިވެހި ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ފުރާނަ ވެސް ވަނީ މި މަސައްކަތުގެ ތެރެއިން ގެއްލިފައެވެ.

https://sun.mv/222283

ޑޭން ޔޫރަޕުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދު ކުރިއަށްގެންދިޔަ އެންމެ ފަހު ޑައިވްއަކީ އެ ޖަމިއްޔާގެ އިރުޝާދުގެ ދަށުން ފިންލޭންޑްގެ މާހިރުންގެ ޓީމާއި، އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޑައިވިން ޔުނިޓްތަކުގެ އިތުރުން މާލޭގައި ހުންނަ އިޓަލީގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.

މިއަދުގެ ޑައިވް ކުރިއަށްދިޔަ ވަގުތު މޫސުން ގޯސްވެ، ވައި ބާރުވުމާއި އޮއިގަދަވުމުގެ ސަބަބުން މަސައްކަތް ފެށުން ގަޑިއެއްހާއިރު ލަސްވިކަމަށް ޑޭން އިން ބުންޏެވެ.

ނަމަވެސް، ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވި މި ޑައިވްގައި ހޮހަޅައިގެ ތެރޭގައި 50 މިނެޓުގެ މަސައްކަތް ފުރިހަމަކޮށްފައިވާކަމަށް ޑޭން އިން ބުނެއެވެ.

https://sun.mv/222158

މިއަދުގެ މައިގަނޑު ބޭނުމަކީ މަސައްކަތް ކުރި ސަރަހައްދު ސާފުކުރުމާއި، ބޭނުންކުރި ގައިޑްލައިންތަކާއި އާލާތްތައް ނެގުން ކަމަށާއި ތަހުގީގަށް ބޭނުންވެދާނެ އިތުރު ތަކެތި ހުރިތޯ ބަލައި، އެ ސަރަހައްދު ކުރިން އޮތް ހާލަތަށް ރުޖޫއަކުރުން ކަމަށް ޑޭން އިން ބުންޏެވެ.

އެގޮތުން އެ ތަނުން ނެގުނު ހުރިހާ ސާމާނެއް މިހާރު ވަނީ ތަހުގީގަށް ޓަކައި ފުލުހުންނާ ހަވާލުކުރެވިފައި ކަމަށް ވެސް ބުންޏެވެ.

ޑޭން އިން ބުނި ގޮތުގައި މި އޮޕަރޭޝަންގައި ޑައިވަރުން ބޭނުންކޮށްފައިވަނީ ކްލޯޒްޑް-ސާކިޓް ރީބްރީތާ (ސީސީއާރް) އާއި ޑީޕީވީ ފަދަ ޒަމާނީ ވަސީލަތްތަކެވެ.

ޑޭން އިން ވަނީ މި މިޝަން ކާމިޔާބުކަމާއެކު ނިންމުމަށް އެހީތެރިވި ފިންލޭންޑްގެ ޑައިވިން ރެސްކިއު ޓީމުގެ މެންބަރުން ކަމަށްވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓާލުންޑް، އަދި ޕެޓްރިކް ގްރޮންކްވިސްޓްއަށް ޝުކުރު އަދާކޮށްފައެވެ.

އަދި އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް އަޙްމަދު ސިޔާމާއި، އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޢަބްދުﷲ ނިޔާފާއި ދިވެހި ސިފައިންނާއި ފުލުހުންނަށް ޑޭން ޔޫރަޕުން ވަނީ ޝުކުރު އަދާކޮށްފައެވެ.

https://sun.mv/222336

މި ހާދިސާގެ ތަހުގީގާ ގުޅޭގޮތުން ޑޭން ޔޫރަޕްގެ ސީއީއޯ ލައުރާ މަރޯނީ އިޓަލީގެ 'ރިޕަބްލިކާ' ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ޑައިވަރުންނަށް މަގު އޮޅުނީ ހޮހަޅައިގެ ތެރޭގައި އުފެދިފައިވާ ވެލި ފުންޏެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ މައުލޫމާތު ދިން ކަމަށް ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޮހަޅައަށް ވަންނަ ހިސާބުގައި ފެން އެނބުރޭ ގޮތުން އުފެދިފައިވާ ވެލިގަނޑު މަތިން އެތެރެއަށް ވަދެވުނު ނަމަވެސް، އެނބުރި ނިކުންނަން އަންނައިރު އެ ވެލިގަނޑު ފެންނަނީ ބަންދުވެފައިވާ ފާރެއްގެ ގޮތުގައެވެ.

މީގެ ސަބަބުން އަސްލު މަގު ފޮރުވި، އޭގެ ވާތްފަރާތުން އޮތް، ފުލުން އޮމާންކޮށް އޮތް އެހެން ކޮރިޑޯއަކަށް ޑައިވަރުންނަށް ވަދެވުނީ ކަމަށް ބެލެވެއެވެ. އެއީ އެއްވެސް ނުކުމެވޭނެ މަގެއް ނެތް ބެދިފައިވާ ތަނެކެވެ.

މަރޯނީ ބުނި ގޮތުގައި ޑައިވަރުންގެ ހަށިތައް ފެނިފައިވަނީ އެ އޮޅުވާލި ކޮރިޑޯގެ ތެރެއިންނެވެ.

ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވްކުރަން ގޮސް އުޅެނިކޮށް 5 އިޓަލީ ފަތުރުވެރިންނާއި، އެ މީހުން ހޯދަން އުޅުނު އެމްއެންޑީއެފްގެ ޑައިވަރު މުޙައްމަދު މަހުދީ ނިޔާވި ހާދިސާގެ ރިކަވަރީ އޮޕަރޭޝަން ވަނީ ނިންމާލާފައެވެ. ޑައިވާޒް އެލާޓް ނެޓްވާކް (ޑޭން) ޔޫރަޕްގެ އިރުޝާދުގެ ދަށުން، ފިންލޭންޑްގެ މާހިރުންނާއި ދިވެހި ސަލާމަތީ ބާރުތައް ގުޅިގެން ކުރިއަށްގެންދިޔަ އެންމެ ފަހުގެ ޑައިވްގައި ތިން ގަޑިއިރު ހޭދަކޮށްފައިވެއެވެ. މި ޑައިވްގެ މައިގަނޑު މަޤްޞަދަކީ ހާދިސާ ހިނގި ސަރަޙައްދު ސާފުކުރުމާއި، ތަޙުޤީޤަށް ބޭނުންވާ ތަކެތި ނެގުމެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ހޮހަޅައިގެ ތެރޭގައި އުފެދިފައިވާ ވެލި ފުންޏެއްގެ ސަބަބުން ޑައިވަރުންނަށް މަގު އޮޅި، ނުކުމެވޭނެ މަގެއް ނެތް ބެދިފައިވާ ކޮރިޑޯއަކަށް ވަދެވުމުން ކަމަށް ޑޭން ޔޫރަޕްގެ ސީއީއޯ ވަނީ ވިދާޅުވެފައެވެ. ފަހު ޑައިވްގައި ނެގުނު ހުރިހާ އާލާތްތައް މިހާރު ވަނީ ފުލުހުންނާ ޙަވާލުކޮށްފައެވެ.

  • ގެއްލުނު 5 ފަތުރުވެރިންނާއި ދިވެހި ޑައިވަރު ހޯދުމުގެ ކަނޑުއަޑީގެ އޮޕަރޭޝަން ވަނީ އެއްކޮށް ނިންމާލާފައި.
  • ފަހު ޑައިވްގައި 3 ގަޑިއިރު ހޭދަކޮށް، 50 މިނެޓު ވަންދެން ހޮހަޅަ ތެރޭގައި މަސައްކަތްކޮށްފައިވޭ.
  • ކްލޯޒްޑް-ސާކިޓް ރީބްރީތާ އަދި ޑީޕީވީ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ނެގި ތަކެތި ފުލުހުންނާ ޙަވާލުކޮށްފައިވޭ.
  • ހާދިސާ ހިނގަން މެދުވެރިވީ ވެލިގަނޑެއްގެ ސަބަބުން މަގު އޮޅި، ބެދިފައިވާ މަގަކަށް ވަދެވުމުން ކަމަށް ލަފާކުރެވޭ.
comment ކޮމެންޓް