އާމިރު އާއި ފަރުހާން ފުރަތަމަ ފަހަރަށް އެކީގައި ސްކްރީނަށް

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން އަދި ފިލްމު ޑައިރެކްޓަރު ފަރުހާން އަހުތަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެތެރޭ ހިމެނޭ އާމިރު ޚާން އާއި ޑައިރެކްޓަރު އަދި އެކްޓަރު ފަރުހާން އަހްތަރު ފުރަތަމަ ފަހަރަށް އެކީގައި ފިލްމެއްގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އެ ފިލްމަކީ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިއާއާ އެކު އާމިރު މަސައްކަތްކުރަން ހަމަޖެހިފައިވާ ކުޅިވަރު ފިލްމެކެވެ. އާމިރުއާ އެކު 2001 ވަނަ އަހަރު ފިލްމު "ލަގާން"ގައި މަސައްކަތްކުރި އަޝުތޯޝްގެ މި ފިލްމަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ލެޖެންޑް ލާލާ އަމަރުނާތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން، އާމިރަށް މި ފިލްމުގައި ހުށަހަޅާފައި ވަނީ ކްރިކެޓް ލެޖެންޑް ލާލާ އަމަރުނާތުގެ ރޯލެވެ. އަދި ފިލްމުގައި ފަރުހާންއަށް ހުށަހަޅާފައި ވަނީ އޭނާގެ ގާތް ރަހްމަތްތެރިޔާގެ ރޯލެވެ.

ޑައިރެކްޓަރު އަޝުތޯޝް ގޮވަރިއާ އާމިރު ޚާންއާ އެކު--ފޮޓޯ/ޕިންކްވިލާ

ޕިންކްވިލާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މި ފިލްމު އުފެއްދުމުގައި ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ވެސް ހިއްސާވާނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ މި ބައޮގްރަފިކަލް ޑްރާމާ ގެނެސްދިނުމުގައި ހިއްސާވާ ދެ ޑައިރެކްޓަރުންނަކީ ވެސް އާމިރުގެ ވަރަށް ގާތް މީހުންކަމެވެ. އެގޮތުން އާމިރު ވަނީ ރާޖްކުމާރު ހިރާނީއާ "3 އިޑިއަޓްސް"ގެ ހަތަރު ވަނަ ބައި އަދި އިންޑިއާގެ ސިނަމާގެ ބައްޕަ ދާދާސާހެބް ޕާލްކޭގެ ބައޮޕިކްގެ މަސައްކަތް ކުރުމަށް ވެސް ނިންމާފައެވެ.

ހަމައެއާއެކު އާމިރު އާއި ޑައިރެކްޓަރު އަޝުތޯޝް އެކީގައި ފިލްމެއްގެ މަސައްކަތް މި ފަށަނީ 25 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ފިލްމުގައި އާމިރުއާ އެކު މުހިއްމު ރޯލެއް ކުޅެން ގެންނަން ހަމަޖެހިފައިވާ ފަރުހާނަކީ އާމިރުގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމު ކަމަށް "ދިލް ޗާތާ ހޭ"ގެ ޑައިރެކްޓަރެވެ.

އާމިރު ވަނީ ފަރުހާންގެ އަމިއްލަ ފިލްމު ކުންފުނި އެކްސެލް އެންޓަޓައިންމަންޓްގެ ބައެއް އުފެއްދުންތަކުގައި ވެސް މަސައްކަތްކޮށްފައެވެ.

ފަރުހާން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ހަނގުރާމަ މަތީ ފިލްމު "120 ބަހާދުރު"އިންނެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން އާއި ފަރުހާން އަޚްތަރު ފުރަތަމަ ފަހަރަށް އެކީގައި ފިލްމެއްގައި މަސައްކަތްކުރަން ވަނީ ހަމަޖެހިފައެވެ. މިއީ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިއާ ގެނެސްދޭ ކުޅިވަރާ ގުޅޭ ބައޮގްރަފިކަލް ފިލްމެކެވެ. މި ފިލްމަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ލާލާ އަމަރުނާތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެއް ކަމަށްވާއިރު، އާމިރު ފެނިގެންދާނީ ލާލާ އަމަރުނާތުގެ ރޯލުންނެވެ. އަދި ފަރުހާން ކުޅޭނީ އޭނާގެ ގާތް ރަހުމަތްތެރިޔާގެ ރޯލެވެ. މީގެ އިތުރުން މަޝްހޫރު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ވެސް މި ފިލްމު އުފެއްދުމުގައި ހިއްސާވާނެއެވެ. މިއީ ދެހާސް އެއްވަނަ އަހަރު ނެރުނު ފިލްމު ލަގާން އަށްފަހު، ފަންސަވީސް އަހަރުގެ މެދުކެނޑުމަކަށްފަހު އާމިރު އާއި އަޝުތޯޝް އެކީގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. ހަމައެހެންމެ، ފަރުހާނަކީ އާމިރުގެ ކާމިޔާބު ފިލްމު ދިލް ޗާތާ ހޭ ގެ ޑައިރެކްޓަރެވެ.

  • އާމިރު ޚާން އާއި ފަރުހާން އަޚްތަރު ފުރަތަމަ ފަހަރަށް އެއް ސްކްރީނަކުން ފެނިގެންދާނެއެވެ.
  • މި ފިލްމު ބިނާކޮށްފައިވަނީ ކްރިކެޓް ލެޖެންޑް ލާލާ އަމަރުނާތުގެ ހަޔާތަށެވެ.
  • ފިލްމު ޑައިރެކްޓްކުރަނީ ފަންސަވީސް އަހަރު ފަހުން އާމިރުއާ އެކު މަސައްކަތްކުރާ އަޝުތޯޝް ގޮވަރިއާއެވެ.
  • ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ވެސް މި ޕްރޮޖެކްޓްގައި ބައިވެރިވާނެއެވެ.
comment ކޮމެންޓް