ޕްރިތީ މުހިއްމު ރޯލެއް ކުޅޭ ފިލްމު 'ވައިބް' ސެޕްޓެމްބަރު މަހު

ބޮލީވުޑްގެ ބަތަލާ ޕްރިތީ ޒިންތާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޕްރިތީ ޒިންތާ އަލުން ފިލްމީ ދާއިރާގައި މަސައްކަތްކުރަން ފަށާފައިވާއިރު ބެލުންތެރިންނަށް ޕްރިތީ މި އަހަރު ފެންނާނެ ދެވަނަ ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 18ގައި ރިލީޒްކުރާ މި ފިލްމަކީ، އެކްޓަރު ކުނާލް ކޭމޫ ލިޔެ ޑައިރެކްޓްކޮށް "ވައިބް"ގެ ނަމުގައި ގެނެސްދޭ ފިލްމެކެވެ.

ކުނާލް މި ފިލްމު ގެނެސްދެނީ އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސް އިންޑިއާއާ ގުޅިގެންނެވެ. ފިލްމުގެ މުހިއްމު ރޯލަކުން ޕްރިތީއާ އެކު ކުނާލް ފެންނާނެއިރު އިތުރު ތަރިންގެތެރޭ، ވަންޝިކާ ދީރު އަދި ސްޕާޝް ޝްރިވަސްތަވާ ހިމެނެއެވެ.

ފިލްމު "ވައިބް"ގެ މަސައްކަތުގެ އިތުރުން ޕްރިތީ އަންނަނީ ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު "ލާހޯރު 1947"ގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ފިލްމުގައި ޕްރިތީ ފެންނާނީ އެކްޓަރު ސަނީ ޑިއޯލްއާ އެކުއެވެ. އާމިރު ޚާން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހަށެވެ.

އެކްޓަރު/ޑައިރެކްޓަރު ކުނާލު ކޭމޫ އަދި ބަތަލާ ޕްރިތީ ޒިންތާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ ބަތަލާއިންގެތެރެއިން ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ޕްރިތީ އެންމެފަހުން ފެނިފައި ވަނީ 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބެއްޔާޖީ ސުޕަހިޓް"އިންނެވެ.

ބޮޑު ދެ ފިލްމަކުން ޕްރިތީ މި އަހަރު ބެލުންތެރިންނަށް ފެންނާނެކަން ކަށަވަރުވުމާ އެކު ބަތަލާގެ އިތުރު ފިލްމުތައް ކުރިމަގުގައި ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިތީ ޒިންތާ ގިނަ ދުވަސްތަކަކަށްފަހު ފިލްމީ ދާއިރާއަށް އެނބުރި އައިސް، މިއަހަރު ފެންނާނެ ދެވަނަ ފިލްމު ކަމަށްވާ "ވައިބް" ރިލީޒްކުރާ ތާރީޚު މިހާރު ވަނީ އިއުލާނުކޮށްފައެވެ. އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސް އިންޑިއާއާ ގުޅިގެން ކުނާލް ކޭމޫ ލިޔެ ޑައިރެކްޓްކުރާ މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މިއީ 2018 ވަނަ އަހަރު ނެރުނު ފިލްމަށްފަހު ޕްރިތީ ބޮޑުސްކްރީނުން ފެންނާނެ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ ފިލްމު "ލާހޯރު 1947" ގައި ވެސް ޕްރިތީ ހަރަކާތްތެރިވެއެވެ. އާމިރު ޚާން ޕްރޮޑިއުސްކުރާ އަދި ސަނީ ޑިއޯލް އާއެކު ޕްރިތީ ފެނިގެންދާ މި ފިލްމު އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ސިނަމާތަކަށް ގެނައުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ދެ ފިލްމާއެކު ކުރިމަގުގައި އޭނާގެ އިތުރު ފިލްމުތައް ފެނުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓުތައް ބުނެއެވެ.

  • ކުނާލް ކޭމޫ ޑައިރެކްޓްކުރާ ފިލްމު "ވައިބް" މިއަހަރުގެ ސެޕްޓެމްބަރު 18 ގައި ރިލީޒްކުރާނެއެވެ.
  • "ވައިބް" ގެ މުހިންމު ރޯލުތަކުން ޕްރިތީ، ކުނާލް، ވަންޝިކާ އަދި ސްޕާޝް ފެނިގެންދާނެއެވެ.
  • ސަނީ ޑިއޯލް އާއެކު ޕްރިތީ ކުޅޭ "ލާހޯރު 1947" އޮގަސްޓް 13 ގައި ނެރޭނެއެވެ.
  • މިއީ 2018 ވަނަ އަހަރުގެ ފަހުން ޕްރިތީ ބޮޑުސްކްރީނަށް އެނބުރި އަންނަ ފުރަތަމަ ފަހަރެވެ.
comment ކޮމެންޓް