ދިރާގު އެލީޓް ކްލަބްގެ މެންބަރުންނަށް ރާއްޖޭގެ ފުރަތަމަ ޒިޕްލައިން ހިމެނޭ ވަށްމާފުށިން ޑިސްކައުންޓް

ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް ވަށްމާފުށި --- ފޮޓޯ: ދިރާގު

ދިރާގު އެލީޓް ކްލަބުގެ މެންބަރަކަށްވެ، އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދަމުން އަންނަ ރާއްޖޭގެ ފުރުތަމަ ޒިޕްލައިން އެޑްވެންޗާއިން ޑިސްކައުންޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގުން ވަނީ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައި، އެ ކްލަބުގެ މެންބަރުންނަށް ހިތްގައިމު އައު ތަޖުރިބާތަކާއި ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ މަގު ފަހިކޮށްދީފައެވެ.

ދިރާގުން ބުނީ، މި ޕާޓްނަޝިޕްގެ ދަށުން ވަށްމާފުށީގެ ތަފާތު ޚިދުމަތްތަކުން ދިރާގު އެލީޓް ކްލަބުގެ މެންބަރުންނަށް ޚާއްސަ ޑިސްކައުންޓްތައް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދަމުން އަންނަ ރާއްޖޭގެ ފުރުތަމަ ޒިޕްލައިން އެޑްވެންޗާ ހިމެނޭނެއެވެ.

އަދި، މީގެ އިތުރުން ވެސް ބީޗް ޑިނާ، ބީޗް ޕިކްނިކް، ފުލް މޫން ޑިނާ، ބޮންފަޔާ، ގްރިލް ހަޓްގެ އިތުރުން 'އެކްސްޕްލޯ ވަށްމާފުށި' ހަރަކާތްތައް ވެސް ހިމެނޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މި ޕާޓްނާޝިޕްގެ ދަށުން ދިރާގުގެ އެލީޓް މެންބަރުންނަށް މި ހުރިހާ ޚިދުމަތްތަކުން ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށާއި އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާއިން 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

https://sun.mv/221586

ދިރާގުން ވަނީ ކަސްޓަމަރުން ބުކިން ހަދާއިރު ޑިސްކައުންޓްތައް ބޭނުންކުރުމަށް ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ ކަމަށް ބުނެފައެވެ.

ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައެވެ.

އަދި، ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.

ދިރާގުން ވަނީ އެ ކުންފުނީގެ އެލީޓް ކްލަބުގެ އާ ޕާޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައި، އެ ކްލަބުގެ މެންބަރުންނަށް ގިނަ ލުއިތަކެއް ހޯދައިދީފައެވެ. މި ޕާޓްނަޝިޕްގެ ދަށުން، ރާއްޖޭގައި ގާއިމުކުރި ފުރަތަމަ ޒިޕްލައިން އެޑްވެންޗާގެ އިތުރުން، ބީޗް ޑިނާ، ބީޗް ޕިކްނިކް، ފުލް މޫން ޑިނާ، ބޮންފަޔާ އަދި ގްރިލް ހަޓް ފަދަ ތަފާތު ހަރަކާތްތަކުން މެންބަރުންނަށް އަގުހެޔޮކޮށް ޚިދުމަތް ލިބޭނެއެވެ. މި ޕްރޮގްރާމަކީ ކަސްޓަމަރުންގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެލީޓް ޕާޓްނަރުންނާ ގުޅިގެން މިފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.

  • ދިރާގު އެލީޓް ކްލަބުގެ އާ ޕާޓްނަރެއްގެ ގޮތުގައި ވަށްމާފުށި ވަނީ ހަމަޖައްސާފައެވެ.
  • އެލީޓް މެންބަރުންނަށް ވަށްމާފުށީގެ ހުރިހާ ޚިދުމަތަކުން 5 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.
  • އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާއިން 10 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެއެވެ.
  • ޑިސްކައުންޓް ހޯދުމަށް ބުކިން ހަދާއިރު ދިރާގު އެޕްގައިވާ އެލީޓް ޑިޖިޓަލް ކާޑު ދައްކާލަން ޖެހޭނެއެވެ.
comment ކޮމެންޓް