އެމްއައިބީ އޭޖީއެމް ބާއްވައިފި، ޑިވިޑެންޑްގެ ގޮތުގައި 5.41 ރުފިޔާ ދޭން ފާސްކުރި

އެމްއައިބީގެ އޭޖީއެމް ބާއްވައި ޑިވިޑެންޑްގެ ގޮތުގައި 5.41 ރުފިޔާ ދޭން ވަނީ ފާސްކޮށްފައި --- ފޮޓޯ/ އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ 16 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައި، ޑިވިޑެންޑުގެ ގޮތުގައި 5.41 ރުފިޔާ ދޭން ފާސްކޮށްފިއެވެ.

އެމްއައިބީއިން ޑިވިޑެންޑްގެ ގޮތުގައި ފާސްކޮށްފައި ވަނީ 5.41 ރުފިޔާއެވެ. އެއީ ޖުމްލަ 129.6 މިލިއަން ދިވެހި ރުފިޔާއެވެ.

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީން ތައްޔާރުކޮށްފައިވާ ފަހިވޯޓް ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި އެ ޖަލްސާގައި 57 ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ވަނީ ބައިވެރިވެފައެވެ.

އެއީ އެމްއައިބީގެ ޖުމްލަ ހިއްސާގެ 79.74 އިންސައްތަ ތަމްސީލުކުރާ މިންވަރު ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

އެމްއައިބީގެ އޭޖީއެމްގެ ތެރެއިން: ޑިވިޑެންޑްގެ ގޮތުގައި 5.41 ރުފިޔާ ދޭން ވަނީ ފާސްކޮށްފައި --- ފޮޓޯ/ އެމްއައިބީ

އެ ޖަލްސާގައި ނިމުނު އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް، ވޯޓުގެ 100 އިންސައްތަ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އަދި އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިމުނު އަހަރަށް، ކޮންމެ އާދައިގެ ހިއްސާއަކަށް ހުށަހެޅި 5.41 ރުފިޔާ ޑިވިޑެންޑް ބެހުމަށް 99.99 އިންސައްތަ ވޯޓުން ފާސްކޮށްފައެވެ.

އަދި މި އަހަރު ބޭންކުގެ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި އާންސްޓް އެންޑް ޔަންގް އައްޔަންކުރުމަށް 99.95 އިންސައްތަ މީހުންގެ ތާއީދާއެކު ވަނީ ފާސްކޮށްފައެވެ.

އެ ބޭންކުން ބުނީ 2025 ވަނަ އަހަރު އެ ބޭންކުގެ ޖުމްލަ އެސެޓު، އެއް ބިލިޔަން އެމެރިކާ ޑޮލަރުން މައްޗަށް އަރުވައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ބޭއްވި 16 ވަނަ އަހަރީ އާންމު ޖަލްސާގައި، ކޮންމެ ހިއްސާއަކަށް 5.41 ރުފިޔާގެ މަގުން ޖުމްލަ 129.6 މިލިއަން ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ބެހުމަށް ވަނީ ފާސްކޮށްފައެވެ. މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ ފަހިވޯޓް ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި މި ޖަލްސާގައި، ބޭންކުގެ ޖުމްލަ ހިއްސާގެ 79.74 އިންސައްތަ ތަމްސީލުކުރާ 57 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި ޖަލްސާގައި ނިމިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް 100 އިންސައްތަ ވޯޓުން ފާސްކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް އަހަރަށް އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި އާންސްޓް އެންޑް ޔަންގް ވަނީ އައްޔަންކޮށްފައެވެ. މީގެ އިތުރުން 2025 ވަނަ އަހަރު ބޭންކުގެ ޖުމްލަ އެސެޓު އެއް ބިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

  • އެމްއައިބީގެ 16 ވަނަ އަހަރީ އާންމު ޖަލްސާ އޮންލައިންކޮށް ބާއްވައިފިއެވެ.
  • ކޮންމެ ހިއްސާއަކަށް ޑިވިޑެންޑްގެ ގޮތުގައި 5.41 ރުފިޔާ ބަހަން ވަނީ ނިންމާފައެވެ.
  • ބަހާ ޑިވިޑެންޑްގެ ޖުމްލަ އަދަދަކީ 129.6 މިލިއަން ދިވެހި ރުފިޔާއެވެ.
  • އާންސްޓް އެންޑް ޔަންގް ވަނީ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި އައްޔަންކޮށްފައެވެ.
  • ބޭންކުގެ ޖުމްލަ އެސެޓު އެއް ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެއްޖެކަން ވަނީ ހާމަކޮށްފައެވެ.
comment ކޮމެންޓް