ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓު ކެނޑިއްޖެ

ކަރަންޓު ބޯޑެއް: ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓު ކެނޑިއްޖެ --

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ކަމަށެވެ.

އަދި މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ސްޓެލްކޯއިން ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހު ވެސް މާލޭގެ ކޯރުކެނޑިމަގާއި، ބިންހިމަ ގޯޅި އަދި ބަޑިފަސްގަނޑު މަގުގައި ހިމެނޭ ގެތަކުން ވަނީ ކަރަންޓު ކެނޑިފައެވެ.

https://sun.mv/222062

މިފަހަކަށް އައިސް، މާލެ އަދި ހުޅުމާލެއިން ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.

ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން މިދިޔަ މަހުގެ 12 ވަނަ ދުވަހު ވެސް ކަރަންޓު ކެނޑި، އަށް ގަޑިއިރުވިއެވެ. އޭރު ކަރަންޓު ކެނޑިފައިވަނީ، ކޮނުމުގެ ތެރެއިން ކޭބަލަށް ގެއްލުންވެގެން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

މިރޭ ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ. އަދި މި މައްސަލަ ހައްލުކޮށް، ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ. މީގެ އިތުރުން، މިފަހަކަށް އައިސް މާލެ އަދި ހުޅުމާލޭގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް އާންމުވެފައިވާކަން ފާހަގަކުރެވެއެވެ.

  • ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
  • މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ.
  • ފާއިތުވި ހޮނިހިރު ދުވަހުވެސް މާލޭގެ ބައެއް މަގުތަކުން ކަރަންޓު ކެނޑިފައިވެއެވެ.
  • ކޭބަލަކަށް ގެއްލުންވެގެން މިދިޔަ މަހުވެސް ބައެއް ޓަވަރުތަކުން އަށް ގަޑިއިރަށް ކަރަންޓު ކެނޑިފައިވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް