ކަަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފި

ސްޓެލްކޯގެ މުވައްޒަފެއް ކަރަންޓު މަސައްކަތެއް ކުރަނީ: ކަަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފި --- ފޮޓޯ/ ސްޓެލްކޯ

މިއަދު ހެނދުނު މާލޭގެ ކޯރުކެނޑިމަގާއި، ބިންހިމަ ގޯޅި އަދި ބަޑިފަސްގަނޑު މަގުގައި ހިމެނޭ ގެތަކުން ކަރަންޓު ކެނޑުމާ ގުޅިގެން ދިމާވި ދަތިތަކަށްފަހު، ސްޓެލްކޯއިން ވަނީ އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދީފައެވެ. މި މައްސަލަ ދިމާވީ ކަރަންޓު ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން، މިފަހަކަށް އައިސް މާލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ މައްސަލަތައް އާންމުވެފައިވާއިރު، މިދިޔަ މަހުވެސް ކޭބަލަކަށް ގެއްލުންވެގެން ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން އަށް ގަޑިއިރަށް ކަރަންޓު ކެނޑިފައިވެއެވެ.

  • މިއަދު ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނެވެ.
  • ކަރަންޓު ކެނޑުނީ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
  • ސްޓެލްކޯއިން މިހާރު ވަނީ މައްސަލަ ހައްލުކޮށް ކަރަންޓު ދީފައެވެ.
  • މިފަހަކަށް އައިސް މާލެ އަދި ހުޅުމާލޭގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.

މިއަދު ހެނދުނު ކަރަންޓު ދިޔަ މާލޭގެ ކޯރުކެނޑިމަގާއި، ބިންހިމަ ގޯޅި އަދި ބަޑިފަސްގަނޑު މަގުގައި ހިމެނޭ ގެތަކަށް އަލުން ކަރަންޓު ދީފިއެވެ.

ސްޓެލްކޯއިން ގަޑިއިރެއް ކުރިން ވަނީ އެ ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ކަރަންޓު ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބުނެފައެވެ.

އަދި މިހާރު އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދީފައިވާ ކަމަށް ވެސް ސްޓެލްކޯއިން ދެންމެ ބުންޏެވެ.

ސްޓެލްކޯއިން ވަނީ ދިމާވާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

މިފަހަކަށް އައިސް، މާލެ އަދި ހުޅުމާލެއިން ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.

ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން މިދިޔަ މަހުގެ 12 ވަނަ ދުވަހު ވެސް ކަރަންޓު ކެނޑި، އަށް ގަޑިއިރުވިއެވެ. އޭރު ކަރަންޓު ކެނޑިފައިވަނީ، ކޮނުމުގެ ތެރެއިން ކޭބަލަށް ގެއްލުންވެގެން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް