ކަނޑުއަޑީ ހޮހޮޅައިގެ ތެރޭ އޮތް އިޓަލީ 4 ފަތުރުވެރިންގެ ތެރެއިން ދެ މީހުންގެ ހަށިގަނޑު ނަގައިފި

ވ. އަލިމަތާ ކޭވް ތެރޭ ހުރި ޑައިވަރުންގެ ހަށިތައް ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން --

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީގެ ޖުމްލަ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ކަނޑު އަޑިން ނުނެގި އޮތް ހަތަރު ހަށިގަނޑުގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ނަގައިފިއެވެ.

ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދެ މީހުންގެ ހަށިގަނޑު ވަނީ މިހާރު ނަގައިފައެވެ.

އެމްއެންޑީއެފުން އިއްޔެ ހާމަކުރި ގޮތުގައި، މި ފަތުރުވެރިން ހޯދުމަށް ހިންގި ޚާއްސަ އޮޕަރޭޝަނުގައި އެ މީހުންގެ ހަށިގަނޑުތައް ލޮކޭޓް ކުރެވިފައިވަނީ އެ މީހުން ޑައިވްކުރަން ފޭބި ހޮހޮޅައިގެ (ކޭވް) ތެރެއިންނެވެ. އެއީ ވ. އަލިމަތާ ކޭވްއެވެ.

https://sun.mv/222198

އިއްޔެ އޮޕަރޭޝަން އަލުން ފެށީ، ޑައިވްގައި ހަރަކާތްތެރިވި ސިފައިންގެ ދައިވަރު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ މަރަށްފަހު އޮޕަރޭޝަން މެދުކަނޑައިލުމަށްފަހު، ކަމުގެ މާހިރުންގެ އެހީ ހޯދަން ނިންމައި، ބޭރުގެ ޑައިވަރުން ރާއްޖެ އައުމާއެކުގައެވެ.

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި ދެން އިސްކޮށް ހަރަކާތްތެރިވާނީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައިސްފައިވާ ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި، ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން އަމިއްލަ ދެ ކުންފުންޏެއްގެ ޑައިވަރުން ފިންލޭންޑުގެ ތަޖުރިބާކާރުންނަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިންއަށް ފޭބިފަހުންނެވެ. އެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓުލިބުނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ.

ފަސް މީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑިން ހަމަ އެ ކޭވްއިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ބާކީ ހަތަރު މީހުން ވެސް ވީ 200 ފޫޓު ދިގު އެ ކޭވްގެ ތެރޭގައި ކަމަށް ބެލެވޭކަމަށް އެ ދުވަހު ބުންޏެވެ.

އެއާއެކު މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ދިވެހި ސިފައިންގެ ޑައިވް ޓީމުން ވަނީ އެ ސަރަހައްދުގައި ރިކަވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ މެންދުރުފަހު އެ ނުރައްކާތެރި އޮޕަރޭޝަނުގައި ޑައިވްކުރި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވެސް މަރުވުމާއެކު، އިތުރަށް އޮޕަރޭޝަން ކުރިއަށް ނުގެންގޮސް މެދުކަނޑައިލީއެވެ.

މި ހާދިސާއަށް މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ވަނީ ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން ނުފެނި އޮތް ހަތަރު މީހެއްގެ ހަށިގަނޑު ކަނޑުއަޑިން ހޯދައިފައެވެ. މި މީހުންގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުއަޑީގައިވާ ހޮހޮޅައެއްގެ ތެރެއިންނެވެ. ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، އިއްޔެ ފެނުނު ހަތަރު މީހުންގެ ތެރެއިން ދެ ފަތުރުވެރިއެއްގެ ހަށިގަނޑު މިއަދު ވަނީ ކަނޑުން ނަގައިފައެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލުތައް ކަމާބެހޭ ފަރާތްތަކުން އަންނަނީ ހާމަކުރަމުންނެވެ.

  • ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީގެ ފަސް ފަތުރުވެރިއަކު ވަނީ ގެއްލިފައެވެ.
  • މީގެ ތެރެއިން ނުފެނި އޮތް ހަތަރު މީހެއްގެ ހަށިގަނޑު ކަނޑުއަޑީގެ ހޮހޮޅައެއްގެ ތެރެއިން އިއްޔެ ވަނީ ފެނިފައެވެ.
  • ފެނުނު ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ވަނީ ކަނޑުން ނަގައިފައެވެ.
  • މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން ދަނީ ހޯދަމުންނެވެ.
comment ކޮމެންޓް