މިދިޔަ ހަ މަހުން ނައިބު ރައީސަށް ތިން ލައްކަ ރުފިޔާގެ އާމްދަނީއެއް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް: އެ މަނިކުފާނަށް ހަ މަހުން ވަނީ ތިން ލައްކަ ރުފިޔާގެ އާމްދަނީއެއް ލިބިފައި ---- ފޮޓޯ/ ރައީސް އޮފީސް

ރައީސް އޮފީހުން މިއަދު އާންމުކުރި މާލީ ބަޔާންތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފަށް އާމްދަނީގެ ގޮތުގައި ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މިއީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން މި ދެބޭފުޅުންގެ މާލީ މަޢުލޫމާތުތައް ރައްޔިތުންނަށް ހާމަކުރެއްވި ފުރަތަމަ ފަހަރެވެ. މި ބަޔާނުގައިވާ ގޮތުން ނައިބު ރައީސަށް އާމްދަނީގެ ގޮތުގައި 314،664.07 ރުފިޔާ ލިބިވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ ބޭންކް އެކައުންޓުތަކުގެ ބާކީ ހުރި މިންވަރުވެސް ވަނީ ތަފްސީލުކޮށްދީފައެވެ. ހަމައެހެންމެ، ރައީސުލްޖުމްހޫރިއްޔާއަށްވެސް ތިން ލައްކަ ރުފިޔާގެ އާމްދަނީއެއް ލިބިވަޑައިގެންފައިވާއިރު، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީއަށް ދައްކަވަންޖެހޭ 1.3 މިލިއަން ރުފިޔާގެ ލޯނެއް އޮތްކަންވެސް ބަޔާނުން އެނގެން އޮވެއެވެ.

  • ރައީސާއި ނައިބު ރައީސްގެ މާލީ ބަޔާން ސަރުކާރުން ފުރަތަމަ ފަހަރަށް އާންމުކުރުން.
  • ނައިބު ރައީސަށް ވޭތުވެދިޔަ ހަ މަހުން އާމްދަނީގެ ގޮތުގައި 314،664.07 ރުފިޔާ ލިބިވަޑައިގަތުން.
  • ނައިބު ރައީސްގެ ބީއެމްއެލް އެކައުންޓުގައި 8،390 ރުފިޔާ އަދި އިސްލާމިކް ބޭންކުގައި 39 ރުފިޔާ ހުރުން.
  • ރައީސުލްޖުމްހޫރިއްޔާއަށް އާމްދަނީގެ ގޮތުގައި ތިން ލައްކަ ރުފިޔާ ލިބިވަޑައިގަތުން.
  • ރައީސުލްޖުމްހޫރިއްޔާގެ ނަމުގައި 1.3 މިލިއަން ރުފިޔާގެ ލޯނެއް އޮތްކަން ހާމަވުން.
  • --
  • މަސްދަރު: ސަން އޮންލައިން (ނަންބަރު 222165)

މިދިޔަ ހަ މަހުން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް ތިން ލައްކައަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށް އެ މަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ.

މިއަދު ރައީސް އޮފީހުން އާއްމުކުރި ނައިބު ރައީސްގެ މާލީ ބަޔާނުން އެނގޭ ގޮތުގައި، މިދިޔަ ހަ މަހުން 314،664.07 ރުފިޔާ އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

މިއަދާ ހަމައަށް ނައިބު ރައީސްގެ ބީއެމްއެލް ރުފިޔާ އެކައުންޓުގައި 8،390 ރުފިޔާ އެބަހުއްޓެވެ. ނަމަވެސް، އެމަނިކުފާނުގެ ޑޮލަރު އެކައުންޓުގައި މިއަދާ ހަމައަށް ހުރީ، މައިނަސް 61 ޑޮލަރެވެ.

އޭގެއިތުރަށް، ނައިބު ރައީސްގެ އިސްލާމިކް ބޭންކް ރުފިޔާ އެކައުންޓުގައި 39 ރުފިޔާ ހުރިއިރު، އެ ބެންކުގެ ޑޮލަރު އެކައުންޓުގައި 397 ޑޮލަރު އެބަ ހުއްޓެވެ.

ފާހަގަކުރެވޭ ގޮތުގައި، ނައިބު ރައީސްގެ އިތުރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މިއަދު މާލީ ބަޔާން ހާމަކުރައްވާފައެވެ.

މިގޮތުން، ރައީސަށް މިދިޔަ ހަ މަހުން ވަނީ، ތިން ލައްކަ ރުފިޔާގެ އާމްދަނީއެއް ލިބިވަޑައިގެންފައެވެ. އަދި، އެ މަނިކުފާނު މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީއަށް ލޯނުގެ ގޮތުގައި، 1.3 މިލިއަން ރުފިޔާ ބާކީ ދައްކަން އެބަ އޮތް ކަމަށް މާލީ ބަޔާނުގައި ބުނެފައިވެއެވެ.

https://sun.mv/222165

މިއީ، ރައީސާއި ނައިބު ރައީސް މި ސަރުކާރާއި ހަވާލުވި ފަހުން، މާލީ ބަޔާން ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް