ކޭވް ޑައިވިން ސްޕެޝަލިސްޓެއް ހިމެނޭހެން، ގެއްލުނު ފަތުރުވެރިން ހޯދަން ބޭރުގެ މާހިރުން ގެންނަނީ

މީހަކު ޑައިވިންއަށް ތައްޔާރުވެފައި: އިޓަލީ ސަރުކާރުން ރިކޮމެންޑް ކުރުމުން ފަރުރުވެރިން ހޯދުމަށް ބޭރުގެ މާހިރުން ގެންނަނީ -- ސަން ފޮޓޯ/ އަހުމަދު މިޒްޔާލް

ވ. އަތޮޅު ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީއަށް ނިސްބަތްވާ ހަތަރު ފަތުރުވެރިން ހޯދުމަށް ބޭރުގެ މާހިރުން ގެނައުމަށް އިޓަލީ ސަރުކާރުން އިރުޝާދު ދިނުމުން އެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ބުނެފިއެވެ.

ބުރާސްފަތި ދުވަހު ގެއްލުނު އެ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ އެންމެ މީހެކެވެ. އެ މީހާ ފެނިފައި ވަނީ މަރުވެފައި އޮއްވައެވެ. ބާކީ ހަތަރު ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފުން އަންނަނީ ފުޅާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ކުއިއަށްގެންދަމުންނެވެ.

އެ އޮޕަރޭޝަނުގެ ތެރެއިން ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި ފީނަން އުޅުނު ސިފައިންގެ މީހަކު މިއަދު ވަނީ މަރުވަނީ މަރުވެފައެވެ.

https://sun.mv/222067

'ސަން' އަށް މައުލޫމާތު ދެމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ، މާހިރުން ގެންނަނީ އިޓަލީގެ ސަރުކާރުން އިރުޝާދު ދީގެން ކަމަށެެވެ. އަދި ގެންނަނީ އިޓަލީ ސަރުކާރުން ލަފާ ދޭ ބައެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މުންދު ވިދާޅުވީ އެ މީހުން ރާއްޖެ އަންނާނެ ވަކި އިރެއް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް އެމީހުންގެ މަސައްކަތުގައި ފަންނީ ގޮތުން ނުވަތަ ބޭނުންކުރާ ޓެކްނިކަލް ބައެއް ސާމާނާއި ބައެއްކަހަލަ އެހީތެރިކަން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއިން ފޯރުކޮށްދެއްވާ ކަމަށް މުންދު ވަނީ މައުލޫމާތު ދެއްވާފައެވެ.

"އިޓަލީއިން ރެކޮމެންޑުކުރި ބައެއް އެ އަންނަނީ. އެކަމު އެމީހުންގެ މަސައްކަތުގަ ފަންނީ ގޮތުން ނޫނީ ޓެކްނިކަލީ ބޭނުންވާ ބައެއް ސާމާނާ ބައެއްކަހަލަ އެހީތެރިކަން އިނގިރޭސިވިލާތުންވެސް ދެއްވާ، އޮސްޓްރެލިއާއިންވެސް ދެއްވާ. އިނގޭތޯ. އެ ދެ ގައުމުގެ މީހުންނެއް ނާދޭ,"

މުންދު ވިދާޅުވީ ފަތުރުވެރިން ހޯދުމަށް ރާއްޖެއަށް އަންނަ މާހިރުންގެ ޓީމަކީ އިޓަލީއާއި އޮސްޓްރޭލިއާއި އިނގިރޭސިވިލާތުން މުއާމަލާތު ކުރެވި ތިން ގައުމުން ގުޅިގެން އަދި ރާއްޖެއާވެސް އަންނަ ޓީމެއް ކަމަށެވެ. އެ ޓީމުގައި ކޭވް ޑައިވިން ސްޕެޝަލިސްޓެއް ވެސް ހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މުންދު ވަނީ އެމްއެންޑީއެފްގެ ރެސްކިއު ސާޗްގައި މިއަދު ބައިވެރިންގެ ތެރެއިން އެކަކު ހާލުދެރަވެ ނިޔާވުމުން އެކަމާ ހިތާމަކުރާ ކަމަށް ވިދާޅުވެފައެވެ. ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވެ ނިޔާވެފައި ވަނީ އެމްއެންޑިއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީއެވެ.

https://sun.mv/222055

ވ. އަތޮޅު ކައިރިއަށް ޑައިވްކުރަން ގޮސް އުޅެނިކޮށް އިޓަލީއަށް ނިސްބަތްވާ ހަތަރު ފަތުރުވެރިން ގެއްލުނު މި ހާދިސާއާ ގުޅިގެން ފަތުރުވެރިން ޑައިވިންއަށް ދިޔަ ސަފާރީގެ އޮޕަރޭޓިން ލައިސެންސް ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފައެެވެ.

comment ކޮމެންޓް